ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ދެން ދުނިޔޭގައި ހުންނާނީ ތިން އަހަރެއްހާ ދުވަހު ކަމަށް ޖާސޫސަކާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރަޝިއާގެ ފެޑްރަލް ސެކިއުރިޓީ ސާވިސްގައި މަސައްކަތް ކުރާ ޖާސޫސަކާއި ހަވާލާދީ އިނގިރޭސިވިލާތުގެ "މިރާ" އިން ބުނީ ޕޫޓިން އަށް ވަނ ކެންސަރު ޖެހިފައިވާ ކަމަށާއި އަދި އިތުރު ސީރިއަސް ސިއްހީ މައްސަލަތަކެއް ވެސް ޕޫޓިން އަށް ކުރިމަތިވެފައިވާ ކަމަށެވެ.

ޖާސޫސް ބުނާ ގޮތުގައި ދެއަހަރާއި ތިން އަހަރުގެ މުއްދަތަކަށް ވުރެ ގިނަ ދުވަހު ޕޫޓިން ދުނިޔޭގައި ހުރުމަކީ ނުވާނެ ކަމެއް ކަމަށް ޑޮކްޓަރުން މިހާރު އަންގަފައިވާ ކަމަށެވެ.

ރަޝިއާގެ ޖާސޫސެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށް ނަމަވެސް މިހާރު ފިލައިގެން އުޅޭ ބޮރިސް ކަރްޕިޗޯވް ވެސް ދާދިފަހުން ވަނީ ޕޫޓިންގެ ސިއްހީ ހާލަތާއި މެދު ސުވާލު އުފައްދައި، ގިނަ ވާހަކަތަކެއް ހާމަކޮށްފައެވެ.

ޕޫޓިން ވަނީ ކެންސަރަށް ފަރުވާ ހޯދުމުގެ ގޮތުން މިމަހު އޮޕަރޭޝަނެއް ކޮށްފައި ކަމަށާއި އެއޮޕަރޭޝަން ކާމިޔާބު ކަމަށް ރަޝިއާގެ އަސްކަރީ ސިއްރުތައް ހާމަކުރާ ޓެލެގްރާމް ގްރޫޕެއް ކަމަށްވާ "ޖެނެރަލް އެސްވީއާރް" ގައި ބުނެފައި ވެއެވެ.

ފަހަކަށް އައިސް ޕޫޓިން ފެންނަ ބައެއް ހަފްލާތަކުގައި ޕޫޓިންގެ ހަރަކާތްތައް ހުންނަ ގޮތުން ބައެއް ތަޖުރިބާކާރުން ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް ޕޫޓިންގެ ފައިގެ ހަރަކާތްތައް ހުންނަ ގޮތައް ބަލާއިރު ޕޫޓިންއަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާކަން އެނގޭ ކަމުގައި ބައެއް ފަރާތްތަކުން ބުނެއެވެ.

ޕޫޓިންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވި އިނގިރޭސިވިލާތުގެ އެމް-16 ޖާސޫސީ އިދާރާގައި ކުރިން މަސައްކަތް ކުރި މީހަކު ބުނީ ހާއްސަ ޓީމަކުން ގަވައިދުން ޕޫޓިންގެ ސިއްހީ ކަންކަން ބަލަހައްޓަމުން އަންނަ ކަމަށާއި އެހެންކަމުން ކުއްލިއަކަށް މިފަދަ ބޮޑެތި ސިއްހީ މައްސަލަތަކެއް ޕޫޓިންއަށް ކުރިމަތިވުން ދުރު ކަމަށެވެ.

ޕޫޓިންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް ރަޝިއާ ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕޮގުބާ

    ނުބައި ސައިތޯނެއް މުޅި ދުނިޔެ ބަނޑަށް ޖައްސަނީ ހަގުރާމަ ކޮއްގެން

    7
    48
    • ޒަޔަނިސްޓުންގެ ސިހުރު

      ޔަހޫދީންގެ ސިހުރުގެ ނުބައކަނަަން!

  2. މޯޑް

    ތިގޮަތަށް ކިތައްމީހުންނަށް އުމުރު ޖަހައިފި. ކޮބާ އުތުރު ކޮރެއާގެ ރައީސް ކިތައް ކިތައްފަހަރު ތިވައްތަރު ޕްރޮޕެގެންޑާ ފެތުރި. ތި ފިލައިގެން ހުރެ ތި ވާހަކަ ދަައްކާމީހާ މިހާރު މުއްސަތި ވެދާނެ. މީވެސް އާމްދަނީ ހޯދަން ކުރާ މަސައްކަތެއް.

    45
    2
  3. ލާމު

    މަރުގެ ވަގުތަަކީ އިންސާނާގެ އަތްމަތީގައި އޮތް ކަމެއްނޫން..

    64
  4. ބާގުޕޮ

    ނުބައިޝައިތޯނުންގެ ތެރެއިންވެސް އަރާހުރި ރަނގަޅުޝައިތޯނެއް ޕުޓިންއަކީ...! ހަގީގީޝައިތޯނުންތިބީ އެމެރިކާއާއި އިޒްރޭލާއި މިގައުމުތަކަށް ތާއީދުކުރާ މީހުން. ފަލަސްތީން 80 އަހަރުވެގެންދަނީ، އިރާގް ،ޔަމަން،އަފްގާން،ލީބިޔާ،ސީރިޔާ،އިރާން މިހެންގޮސް ކިޔާނެކަމެއްނެތް. އަރަންވީމަ އަރައި ތަޅައި މަރައިހުސްކޮށް ހަޒާނާލޫޓްވާލަންވީ. ހަގީގީ ޓެރެރިސްޓުންނަކީވެސް ދުނިޔެފަސާދަކުރަނީވެސް މިބައިގަނޑާހުރެ. ވަރަށްސަލާމް

    34
    9
    • ރަނގަޅުވާހަކަ

      ރަގަނޅު ވާހަކައެއް އެކަމަކު ކުޑަމިސްޓޭކެއް އެބައޮތް އެއީ އީރާނާ އަދި ކުޅިނުކުޅެވޭ

  5. ހަހަ

    މިފަދަ ނުބައި މީހުންގެ އަޖަލު އަވަސްކޮށްދެއްވާ ދުނިޔެ ފަސާދައިން ސަލާމަތްކުރައްވާށި! އާމީން!

    10
    26
  6. ފަލަޑޭ

    އާހާ! މަލަކޭ އާ ކޮންމެވެސް ގޮތަކުން "ޗެޓް" ކޮށްފި!

  7. Anonymous

    ޕުޓިން ދެން ބަދަލުވާނީ ޕުޑިންއަށް

  8. ކިޔު

    މަޖާ ވާހަކައެއް. ޕުޓިންވެސް ބައިޑަންވެސް