އީރާނުގެ މިހާރު ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން އެ ގައުމުގެ ސަރުކާރަށް ގޮން ޖަހަން އެ ގައުމުގެ ރައްޔިތަކު އަމިއްލައަށް ގެނބިގެން މަރުވެއްޖެއެވެ.

މަރުވީ ފްރާންސްގައި ކިޔަވަން އުޅުނު އީރާނުގެ ދަރިވަރެކެވެ. އަދި އޭނާ ވަނީ ކޯރަކަށް ފުންމާލައިގެން އަމިއްލައަށް މަރުވެފަ އެވެ.

މުހައްމަދު މޮރާދީ ކޯރަށް ފުންމާލުމުގެ ކުރިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ މަރުވަނީ އޭނާގެ ހަޔާތުގައި އެއްވެސް މައްސަލައެއް އުޅޭތީކީ ނޫން ކަމަށެވެ.

ނަމަވެސް ބޭނުންވަނީ އިރާނުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނާމެދު އަމަލުކުރާ ގޮތް ހުޅަނގުގެ ސަރުކާރުތަކަށް ބުނެދީ ފިޔަވަޅު އެޅުން ކަމަށް އޭނާ ބުނެފައި ވެއެވެ. އެހެންވެ އެކަން ސަމާލުކަމަށް ގެނައުމަށް އޭނާ އަމިއްލައަށް މަރުވަނީ ކަމަށް ބުނެފައި ވެއެވެ.

"މިހާރުވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ދަނީ ކުރަމުން. ފުލުހުން ވަރަށް އަނިޔާވެރިކޮށް ހަމަލާ ދެމުންދަނީ، އެތައް އަންހެން ދަރިންނާއި ފިރިހެން ދަރިންނާއި އަދި ކުޑަކުދިން ވެސް މަރުވެއްޖެ، ކޮންމެވެސް ކަމެއް އެބަ ކުރަން ޖެހޭ ހައްލެއް ހޯދަން. "މޮރާދީގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އީރާނުގައި މުޒާހަރާތައް ފެށުނީ އެ ގައުމުގައި ފެޝަން ބުރުގާ އަޅައިގެން އުޅުނު އަންހެނެއް ކަމަށްވާ މަހުސާ އަމީނީގެ މަރާ ގުޅިގެންނެވެ.

މަހުސާ ހައްޔަރުކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކޯމާއަކަށް ގޮސް ފަހުން ވަނީ މަރުވެފައެވެ. އީރާނުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

އޭނާގެ މަރާ ގުޅިގެން އީރާނުގެ ގިނަ ބަޔަކު ދަނީ މަގުތަކެއް ނުކުމެ ސަރުކާރާ ދެކޮޅަށް ޝުއޫރުތައް ފާޅުކޮށް އަދި ބުރުގާ ވެސް އަންދަމުންނެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިކިލީކްސް

    ކާފަރުން އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލާލުމުން ﷲގެ އިރާދަފުޅުން އެކަލޭގެފާނަށް އަލިފާން ވީ ފިނިއެއްޗަކަށެވެ.
    ހަނދާންވަނީ ސީދާ އެ ސްޓޯރީއެވެމ

    1
    4
    • ގިނި

      ކޮން ގުޅުމެއް މިއަކާ؟؟؟ މީހަކު މޮޔަ ކަމެއް ކުރީމަ

    • ސދސދ

      ކޮން ގުޅުމެއް އޮތީ.
      އެކަކު މަރުވީ އަމިއްލަޔަށް ކުފުރު މަރަކުން
      އިބްރާހިމް އަލައިހިއް ސަލާމްގެ ހާދިސާ މުޅިން ތަފާތު.

      އަނގަ ގަޅުއްވަން ވަކި ކަމެއް ނޯވޭ ދޯ ؟

  2. Anonymous

    މިއީ ވަރަށް ފައްކާ ގޮތެއް. މުޒާހަރާ ކުރާ ހުރިހާ މީހުން ވެސް މިގޮތަށް ސަރުކާރަށް ގޮންޖެމަށް ގޮވާލަން. ސީދަލަށް އެޅި ބުއްދިވެރި ފިޔަވަޅެއް. ލޮލް.

    3
    1
  3. ކޮސް

    ހިތުން ވަރަށް މޮޅު ކަމެއް ތި ކުރީ. ދެން އޮތީ ނަރަކައިގެ އަޒާބު. ތި ކަހަލަ ތާކުން ތާކު ނުޖެހޭ މީހުން އިރާނުގައި ގިނައީ

    3
    1