19:19

އިމާރާތެއްގެ ދަށުގައި އުފަންވި ކުއްޖާ ރަހީނުކުރަން ހޮސްޕިޓަލަށް ހަމަލާދީފި.

އިމާރާތެއްގެ ދަށުގައި އުފަންވި ކުއްޖާ ރަހީނުކުރަން ހޮސްޕިޓަލަށް ހަމަލާދީފި

12:50

މިދިޔަ ހަފުތާގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 37،000 އަށް ވުރެ މައްޗަށް އަރައިފި.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެގައުމުގައި މިހާތަނަށް 31،643 މީހުން މަރުވެފައިވާ ކަމަށް. އދ އާއި ސީރިއާގެ ސަރުކާރުގެ ޓެލީސްގައިވާ ގޮތުން ސީރިއާގައި މިހާތަނަށް 5،814 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި.

12:42

ތުރުކީއަށް ބިންހެލުން އައިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ފަހުން އުމުރުން 17 އަހަރުގެ ކުއްޖަކާއި، ކާކުކަން އަދި ދެނެގެނެވިފައި ނުވާ ފިރިހެނަކު ސަލާމަތްކޮށްފި.

ތުރުކީ ބިންހެލުން: 198 ގަޑިއިރު ފަހުން ދެ މީހަކު ސަލާމަތް ކޮށްފި

12:31

ސީރިޔާގެ އަލެޕޯ އިންޓަނޭޝަނަލް އެއާޕޯޓަށް ސައުދީގެ އެހީގެ މަތިންދާބޯޓެއް ޖައްސާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއ.

ސަނާ ނިއުސް އެޖެންސީން ބުނީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އެ ވެހިކަލުގައި 35 ޓަނުގެ އެހީ ހުރި ކަމަށް.

11:36

ދާދި ފަހުން ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ނަމުގައި ބޮޑެތި ސްކޭމްތައް ހިންގަމުންދާތީ ސަމާލުވުމަށް އަންގައިފި

ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ފައިސާ ހޯދުމުގެ ނަމުގައި ބޮޑު ސްކޭމެއް ހިންގަނީ

11:07

މިދިޔަ ހަފުތާގައި އައި ބިންހެލުމާ ގުޅިގެން ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ރަޝިއާގެ 300 އަށް ވުރެ ގިނަ ސިފައިންނާއި ހާއްސަ އަސްކަރީ އާލާތްތަކާއި އެކުގައި ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެފި.

09:51

މިދިޔަ ހަފްތާގެ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރޭގައި ތާށިވެފައި އޮތް އަންހެނަކު، ބުރުގާ ނާޅާ ނުކުންނަށް ދެކޮޅު ހަދާ މަންޒަރު ފެންނަ ވިޑީއޯ އެއް މީސް މީޑިއާ ގައި ދަނީ ދައުރު ވަމުން

ތުރުކީ ބިންހެލުން: އިމާރާތުގެ ދަށުން ނުކުތުމުގެ ކުރިން އެދުނީ ބުރުގާއެއް ދިނުމަށް

09:00

ތުރުކީގެ ހަޓޭ ޕްރޮވިންސްގެ އާބަން އޭރިއާއަކުން ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތައް ނެގުމުގެ މަސައްކަތް އެކްސްކަވޭޓަރުން ފަށާފައިވާ ކަމަށް ޑްރޯން ފުޓޭޖްތަކުން ދައްކައިފި. މީގެ ތެރެއިން ވެއްޓެން ކައިރިވެފައި ހުރި ބައެއް އިމާރާތައް އެއްކޮށް ބިމާ ހަމަކޮށްލުންވެސް ހިމެނޭ.

https://twitter.com/reuters/status/1625312620181082119?s=21&t=KiIevD2gBXR1SDiIteya7g

08:58

ސީރިޔާގެ ހުޅަނގު އުތުރުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ތުރުކީން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާބް އަލްސަލާމާއި އަލް ރާއިއީގެ ދެ ކްރޮސިން ޕޮއިންޓް ހުޅުވާލުމަށް ސީރިޔާގެ ރައީސް އަލް އަސަދު ނިންމެވި ނިންމެވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މަރުހަބާ ވިދާޅުވެއްޖެ.

ތުރުކީވިލާތާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމަށް ހަފްތާއެއް ވެގެން ގޮސްފައި ވާއިރު ދެން ދިރިތިއްބާ މީހުން ފެނުމުގެ އުއްމީދު ވަރަށް ކުޑައެވެ. ނަމަވެސް "މުއުޖިޒާތަކުން" އަދިވެސް މީހަކު ދިރިހުއްޓާ ފެނިދާނެއެވެ. އެފަދަ އުއްމީދެއް އޮތް ނަމަވެސް ބިންހެލުމުގައި ގެއްލިފައިވާ މީހުންގެ އާއިލާތަކުން ބުނާ ގޮތުގައި މިހާރު އޮތީ ނާއުއްމީދާއިއެކު ވަގުތުތައް ގުނާލަގުނާލައި ތިބުން ކަމަށެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 36000 އަށް އަރާފައި ވާއިރު އަދިވެސް އެއަދަދު ވަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އދ.އިން ލަފާކުރާ ގޮތުގައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 60000 އަށް ވުރެ ވެސް މައްޗަށް އެރުން އެކަށީގެންވެއެވެ.

ބިންހެލުމުގައި ސުންނާފަތިވެފައިވާ އިމާރާތްތައް ސާފު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދެއެވެ. ނަމަވެސް މިހާރު މުޅި ސަރަހައްދުން ދުވަނީ ކުނިވަސް ކަމަށް މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ މީހުން ބުނެއެވެ.

ބިންހެލުމުގައި ބޮޑު ގެއްލުމެއް ލިބުނު ތުރުކީވިލާތުގެ އިމާރާތްތަކުގެ ފެންވަރާއި މެދު ގިނަ ބަޔަކު އަންނަނީ މިހާރު ސުވާލު އުފައްދަމުންނެވެ. ތުރުކީވިލާތުގެ ސަރުކާރުން ވެސް ވަނީ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ކޮންޓެކްޓަރުންގެ މައްސަލަތައް ބަލަން ފަށާފައެވެ. އިމާރާތްތަކުގެ ކޮންޓެކްޓަރުން ހައްޔަރު ކުރުމަށް މިހާތަނަށް 100 އަށް ވުރެ ގިނަ ކޯޓު އަމުރު ނެރެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތައް ބަލާއިރު އަދިވެސް ސީރިއާގެ ބައެއް ސަރަހައްދުތަކަށް ބައިނަލްއަޤުވާމީ އެހީ ނުލިބޭ ކަމަށް ވެއެވެ. އދ.އިން ވެސް ވަނީ ސީރިއާގެ ބައެއް ސަރަހައްދަށް އެކަށީގެންވާ ގޮތެއްގައި އެހީގެ ތަކެތި ފޯރުކޮށް ނުދެވޭ ކަމަށް އިއުތިރާފު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާހިރުބެ

    މިރާއްޖޭ މީހުންވެސް ވިސްނާ ފިކުރު ކުރާށެވެ. 100% މުސްލިމުންގެ ތެރެއިން ބައެއް މީހުންގެ އުޅުން ވަރަށް ގޯހެވެ. ފާޙިޝް ނުބައި ޢަމަލުތައް އިންތިހާގައި އޮތްވާހަކަ އަޑުއިވެއެވެ. އަހަރެމްނ މިހާ ކުޑަ ތިރި ނާޒުކު ޤައުމެއްގެ ގޮތުގައި އޮތްއިރުވެސް ސަލާމަތުން މިއޮތީ މާތްﷲ އަހަރެމެންނަށް ލައްވާ ރަޙްމަތުނެވެ. މުސްލިމުންގެ ގޮތުގައި ރަނގަޅަށް އުޅެމުން ދާތީއެވެ. ނަމަވެސް މުސްލިމުން ތިއްބަސް ގޯހުންގޯހަށް ކަންކަން ދިއުމުން މާތްﷲ ގެ ކޯފާ އައުން ގާތެވެ، ވަރަށް ބނުރުވެރިއެވެ. އަވަހަށް ރަނގަޅު މަގަށް އެނބުރެން އެުޅޭށެވެ. އަދި މުންކަރާތްތައް މަނާކުރުމުގައި ވެރިން އިސްނަގާށެވެ.

    20
    1