ޔަހޫދީން ފަލަސްތީނުގެ ޣައްޒާގެ ކޭމްޕްއަކަށް ދިން ހަމަލާއެއްގައި 50 މީހުން ޝަހީދުކޮށްލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި ޣައްޒާގައި އެންމެ ތޮއްޖެހިފައިވާ އެއް ކޭމްޕް ކަމަށްވާ ޖަބަލިއާ ކޭމްޕަށް ޔަހޫދީން ދިން ވައިގެ ހަމަލާތަކުގައި 50 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކިދްރާ އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 500 އަށް އަރާ ކަމަށެވެ. އަދި 8،000 އަށް ވުރެ ގިނަ މީހުން ޒަޒަމްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ކަރަންޓު ނުލިބޭނެތީ ބުދަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލްތަކުގައި މި އަދަދު އިތުރުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަނގުރާމަ ފެށުނީ މިދިޔަ ހޮނިހިރު ދުވަހެވެ.