އިސްރާއީލްގެ ޔަހޫދީ ސިފައިން، ފަލަސްތީނުގެ ޣައްޒާ އަށް މިހާރު ދެމުން އަންނަނީ މިހާތަނަށް ޣައްޒާ އަށް ދޭ އެންމެ ވަރުގަދަ ހަމަލާތައް ކަމަށް ބޭރުގެ ރިޕޯޓުތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ. އިސްރާއީލުން މިހާރު މި ހަމަލާތައް ދޭން ފެށީ ޣައްޒާ އިން މުއާސަލާތީ ހިދުމަތްތައް ކަނޑާލުމަށް ފަހުގައެވެ.

އިސްރާއީލުން އިންޓަނެޓާއި އެހެނިހެން ހިދުމަތްތައް ކަނޑާލުމަށް ފަހު، ޣައްޒާގެ އެކި ހިސާބުތަކަށް ދަނީ ބޮން އަޅަމުންނެވެ. ޣައްޒާގައި ކަރަންޓު ނެތް އިރު، މުއާސަލާތީ ހިދުމަތް ކަނޑާލުމަކީ ޣައްޒާ އަށް އެތައް ގޮންޖެހުމަކާ ކުރިމަތިވާނެ ކަމެކެވެ.

އެގޮތުން، މީހުން ސަލާމަތް ކުރުމުގައި ވެސް ދަތިތައް ކުރިމަތިވާނެ ކަމެކެވެ.

ފަލަސްތީނުގެ ޣައްޒާގައި ތިބި ނޫސްވެރިން ބުނާ ގޮތުގައި، ޣައްޒާ އިން މިހާރު އިވެނީ ބޮމުގެ އަޑުފައްގަނޑެވެ. އަދި ހަމަލާތައް ދެނީ ކޮން ތަންތަނަކަށް ކަމާއި ޒަހަމްވެފައިވާ މީހުންނާއި ޝަހީދުވަމުންދާ މީހުންގެ މައުލޫމާތު ވެސް ނޭނގޭ ކަމަށް އެ ނޫސްވެރިން ބުނެފައިވެއެވެ.

އަދި އިސްރާއީލުން ކޮންމެ ތަނަކަށް ވެސް ބޮން އަޅާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެ ނޫސްވެރިން ދަނީ ބުނަމުންނެވެ.

މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުގެ މުޖާހިދުން ވަނީ އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް އަރައިގަނެ، އިސްރާއީލްގެ ގިނަ ބަޔަކު މަރާލައި، އެތައް ބަޔަކު ރަހީނުކޮށްގެން ޣައްޒާ އަށް ގެންގޮސްފައެވެ. އެއާ އެކު، އިސްރާއީލްގެ ސިފައިން ރުޅިގަދަވެ، ފަލަސްތީނުގެ ޣައްޒާ އަށް ވަނީ ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށްލައި، ގިނަ ބަޔަކު ޒަހަމްކޮށްލައިފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އައިއިރު ފަލަސްތީނުގެ ޣައްޒާ އިން 7،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މި ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު ވެސް 15،000 އާ ގާތް ކުރާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    އެއްގަމު މަގުން އަރާ ހަނގުރާމަކުރަން ނުކެރޭ ހިޔަޅުތަކެއް. ބޮން އަޅައިގެން ކުށެއްނެތް ކުޑަކުދިންމަރަނީ. ފިނޑި ރަނޑު އަންހެންދުޅާ ބައެއް ޔަހޫދީންނަކީ.....އިންޝާﷲ.. ފަލަސްތީނުގެ ރައްޔިތުން ގައިންލޭއޮހޮރުވައިގެންވިޔަސް ގައުމަށް މިނިވަންކަން ގެންނާނެ

  2. ކޮހެތޫރު ފަރުބަދަ

    ތިވަރުކުރާއިރު އީރާނުގެ އަސްކަރީގޮފި ހިޒްބުﷲ
    އިން ކޮންމެވެސް ކަމެއްކޮށްބަލަ