23:36

ލުބުނާނުގެ ހުޅަނގު ދެކުނުން އިސްރާއީލްގެ ޑްރޯން އެއް ވައްޓާލީ ވައިގެ މަގުން ވައިގެ މަގުން ފޮނުވާލި މިސައިލަކުން ކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ބުނެފި.

23:35

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ވާހަކަ ދައްކާފައިވާ ކަމަށް ނަތަންޔާހޫގެ އޮފީހުން ބުނެފި.

23:34

ޣައްޒާގެ އުތުރުގެ ސަރަހައްދުގައި ގިނަ ހަނގުރާމަތަކެއް ހިނގަމުންދާ ކަމުގެ އަޑުތައް އިވެމުންދާ ކަމަށް އަލްޖަޒީރާއިން ބުނެފި

މިގޮތުން އިސްރާއީލުން އުތުރަށް ހުރަސްކުރި އެރޭޒް ކްރޮސިންގައި ބޮޑު ކުރިމަތިލުމެއް ހިނގިކަމަށް ބުނެފައިވޭ.

ހަމާސް އިން ބުނަމުން ދަނީ އެމީހުން އެތައް ފަހަރެއްގެ މަތިން ހަމަލާދީ އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު މަރާލާފައިވާ ކަމަށް. އިސްރާއީލުން ބުނަމުން ދަނީ އޮފިސަރަކާއި ސިފައިންގެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް.

23:32

ޔޫއެންއާރުޑަބްލިއުއޭ: ޣައްޒާގައި ހުންނަ އެ ޖަމިއްޔާގެ ބައެއް ގުދަންތަކާއި ޑިސްޓްރިބިއުޝަން ސެންޓަރުތަކަށް ބަޔަކު ވަދެގެން އުޅޭ މަންޒަރުތަކުން ދައްކުވައިދެނީ ވަށާލާފައިވާ އެންކްލޭވްގައި އޮތް މާޔޫސްކަން ކަމަށް.

މިގޮތުން އެތައް ހާސް ބަޔަކު ގުދަންތަކަށް ވަދެ ފުށްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ގެންދިޔައިރު، އެއީ "ބްރޭކިން ޕޮއިންޓަށް" ގޮސްފައިވާ ކަމުގެ ނިޝާނެއްގެ ގޮތުގައި ކަމަށް އދ.ގެ އެޖެންސީން ބުނޭ.

23:09

ގުދުސް ހޮސްޕިޓަލު ވަށާ ޔަހޫދީން ބޮން އެޅުމުގެ ސަބަބުން އެ ހިސާބުގަނޑާއި ގުދުސް ހޮސްޕިޓަލުގެ ތެރެއަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފި.

23:02

އަލްޤާސަމް ބްރިގޭޑުން އިސްރާއީލްގެ "ރައިމް" އަސްކަރީ މަރުކަޒަށް ބޮން އަޅައިފި

22:45

އިސްރާއީލްގެ އުތުރުގައި އޮންނަ ރޯޝް ހަންކަރާ ކައިރިން ޓޭންކަރެއް ބަންޑުން ޖަހާލައިގެން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ. އަދި އިތުރު ދެ މީހަކަށްވެސް ވަނީ ކުދިކުދި އަނިޔާ ލިބިފައި

22:28

އެމެރިކާގެ ވައިގެ ސިފައިންގެ ގެ އެމްކިއު-9އޭ "ރީޕަރ" ކަމަށް ބެލެވޭ ޔޫއޭވީ އެެއް ގާޒާ މަތިން ދަތުރު ކުރާ ކަމަށް ބެލެވޭ

22:10

ހަތިޔާރު އެޅި ޖަމާއަތްތަކުން ހޮސްޕިޓަލުޔތައް ބޭނުންކުރާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފާއިތުވި އަހަރުތަކުގައި ޣައްޒާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާފައިވާ މެޑްސް ގިލްބާޓް ވިދާޅުވެއްޖެ.

"އަޅުގަނޑަށް އެނގޭ އަލްގުދުސް ހޮސްޕިޓަލް ފެނުނީއްސުރެ. އަލް ޝިފާ ހޮސްޕިޓަލުގައި ބައިނަލްއަގުވާމީ މޮނިޓަރިންގެ ހާލަތުގައި އާ މެޑިކަލް ބްލޮކެއް އެބަ ހުރި. މިހުރިހާ އަހަރުތަކެއްގެ ތެރޭގައި، މި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރިއިރު، މިތަންތަނުގައި އަސްކަރީ އަދި ސިޔާސީ ކޮމާންޑް ސެންޓަރެއްގެ އެއްވެސް ނިޝާނެއް އަޅުގަނޑަކަށް ފެނިފައެއް ނުވޭ.. އަދި އެއްވެސް ހެއްކެއް ނުދެއްކޭނެ. އިސްރާއީލުން މި ދައްކަނީ ދޮގު ވާހަކަތައް".

22:07

އެރޭޒް ކްރޮސިން ކައިރީގައި އޮންނަ އިސްރާއީލުގެ ސަރަހައްދަށް ވަންނަން އުޅުނު ހަތިޔާރު އެޅި ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެފި.

22:05

ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓަކީ ޣައްޒާގެ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އާއިލާގެ މެމްބަރުންނާ ބައްދަލުކުރެއްވި އިސްރާއީލުގެ އެންމެ އިސް އޮފިޝަލް.

22:05

ސުންނީ-އިސްލާމް ޖަމާއަތް އިސްލާމިއްޔާ ސިޔާސީ ޕާޓީގެ އަސްކަރީ ގޮފި ކަމަށްވާ އަލްފަޖުރު ސިފައިން އިސްރާއީލަށް ރޮކެޓް ހަމަލާ ދިނުމުގެ ޒިންމާ ނަގައިފި.

ޖަމާއަތު އިސްލާމިއްޔާއަކީ މުސްލިމް ބްރަދަހުޑްގެ ލުބުނާނުގެ ގޮތްޕެއް. އިސްރާއީލާ ހަނގުރާމަކުރުމުގައި ހިޒްބުاللهއާ ވަނީ ގުޅިފައި.

22:02

އަލްޤާސަމް ބްރިގޭޑްސް - ފަލަސްތީނުގެ އުތުރުގައި އޮންނަ ނަހާރިޔާ އާބާދީއަށް ލުބުނާނުން 16 މިސައިލް ބޮން އަޅައިފި

 

21:43

ލުބްނާނުން ފޮނުވާލި ރޮކެޓް ހަމަލާއެއް އަމާޒުވެ ނިރުބަވެރި އިސްރާއީލް އަވަށެއްގައި ރޯވި އަލިފާންގަނޑު ފެތުރެން ފަށައިފި

ރޮކެޓް ހަމަލާއެއް އަމާޒުވެ އިސްރާއީލް އަވަށެއްގައި ރޯވި އަލިފާންގަނޑު ފެތުރެނީ

21:06

ރަހީނުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި ލަންޑަނުގައި ހުންނަ ގަތަރު އެމްބަސީ ކައިރީގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކުރަނީ.

21:05

އިސްރާއީލުގެ އުތުރުގެ އަވަށެއްގައި ސައިރަން ގޮއްވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކިރިޔާތު ޝްމޯނާއަށް ރޮކެޓެއް ވެއްޓިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި.

20:42

އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރަބްޑޮލަހިއަން: ހަމާސް ޖަމާއަތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާއާ އީރާނާ ސީދާ ގުޅުމެއް އޮތް ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް.

20:41

ޣައްޒާގައި ފަލަސްތީނު މީހުން "ޝަހީދު" ކުރުން ހުއްޓާލުމަށް ގޮވާލައި އެތެންސްގައި 5،000 އަށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.

20:41

ހުޅަނގު އައްސޭރީގެ ދެ ރެފިއުޖީ ކޭމްޕެއްގައި ބަޑި ޖަހާ ދެ މީހަކު ޒަހަމްކޮށްލައިފި.

ޒަހަމްކޮށްލާފައި ވަނީ އުމުރުން 35 އަހަރުގެ ރަސްމީ އަރަފާތާއި 29 އަހަރުގެ ހުސައިން ރާބީ ކަމަށް ހެލްތު މިނިސްޓްރީން ބުނޭ.

20:39

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް އާއި ފަރަންސޭސި ވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފި.

20:26

އަލްޤާސަމް ބްރިގޭޑްސް: އަޅުގަނޑުމެންގެ މުޖާހިދުން މިހާރު ދަނީ ޣައްޒާގެ ހުޅަނގު އުތުރުން އެތެރެވާ އިސްރާއީލް ސިފައިންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުން.

20:24

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފި.

19:56

އުފަން ދުވަހުގެ ސެޓްފިކެޓްގެ ކުރިން ލިބުނީ މަރުގެ ސެޓްފިކެޓް

19:49

އަލްޤުދުސް ބްރިގޭޑުން ތެލްއަވީވްއަށާއި ހިފާފައިވާ ސިޓީތަކަށް ބޮން އަޅައިފި

19:14

މެޑްރިޑްގައި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާ - ފޮޓޯ: ރޮއިޓާސް
މެޑްރިޑްގައި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާ - ފޮޓޯ: ރޮއިޓާސް
މެޑްރިޑްގައި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާ - ފޮޓޯ: ރޮއިޓާސް
މެޑްރިޑްގައި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާ - ފޮޓޯ: ރޮއިޓާސް

19:12

ޣައްޒާއަށް ހިދުމަތް ދޭ ތިން ފެނުގެ ޕައިޕްލައިންގެ ތެރެއިން ދެ ވަނަ ޕައިޕްލައިނުން އަލުން ފެން ޕަމްޕް ކުރާކަން ފަލަސްތީނުގެ އޮފިޝަލުން ކަށަވަރުކޮށްދީފި.

ފަލަސްތީނުގެ ވޯޓާ އޮތޯރިޓީގެ ވެރިޔާ މަޒޭން ޣޮނީމް ވިދާޅުވީ، މިކަމުގެ ސަބަބުން ފެނުގެ ދަތިކަން ކުޑަވެގެންދާނެ ކަމަށް.

19:10

ޣައްޒާ މުޅިން އަނދިރިކަމުގެ ތެރޭގައި އޮތްއިރު، އިސްރާއީލުގެ ހަމަލާތަކުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމަށް ޓޯޗުން އަލިކޮށްގެން މަސައްކަތް ކުރަނީ

 

View this post on Instagram

 

A post shared by Eye On Palestine (@eye.on.palestine)

18:58

އަލްޤާސަމް ބްރިގޭޑުން ޣައްޒާގެ ހުޅަނގު އުތުރުން ވަންނަ ނިރުބަވެރި އިސްރާއީލްގެ އުޅަނދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

18:57

އަލްޤުދުސް ބްރިގޭޑްސް އާއި އަލްޤާސަމް ބްރިގޭޑުން ބެއިތު ލަހިޔާގެ ހުޅަނގު އުތުރުގައި އޮންނަ އަލްވަހާ ސަރަޙައްދަށް ވަންނަ ދުޝްމަނުންގެ އުޅަނދުތަކަށް ބޮމުގެ ހަމަލާތަކެއް ދީފި

18:50

އިސްރާއީލް ގުދުސް ހޮސްޕިޓަލް ކައިރިއަށް ބޮން އަޅަނީ.
އިސްރާއީލް ގުދުސް ހޮސްޕިޓަލް ކައިރިއަށް ބޮން އަޅަނީ.

18:49

އިންސާނީ އެހީ ހިފައިގެން މިއަދު އެކަނި ވެސް 10 ޓްރަކެއް ޣައްޒާ އަށް ވަދެއްޖެ. މި ޓްރަކްތައް ޣައްޒާ އަށް ވަނީ ޣައްޒާ އާއި މިސްރު ގުޅޭ ރަފާހް ބޯޑަރު ކައިރިން. މި އެހީއަކީ މިސްރުގެ ރެޑް ކްރެސެންޓުން ފޯރުކޮށްދިން އެހީ. ހަނގުރާމަ ފެށުނު ފަހުން 94 ޓްރަކެއްގައި އިންސާނީ އެހީ ވަނީ ޣައްޒާ އަށް ފޯރުކޮށްދީފައި.

18:47

އަލް ގުދުސް ހޮސްޕިޓަލް ކައިރި.
އަލް ގުދުސް ހޮސްޕިޓަލް ކައިރި.

18:34

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް ގުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު، އެ ހޮސްޕިޓަލް ކައިރިން ވަށައިގެންވާ ސަރަހައްދުތަކަށް ވަރަށް ވަރުގަދަ އަށް ބޮން އަޅަމުންދާ ކަމަށް އަލް-ޖަޒީރާ އިން ރިޕޯޓު ކުރަން ފަށައިފި.

18:00

ފަލަސްތީނުގެ ޣައްޒާ އަށް ވަތް އިސްރާއީލް ސިފައިންގެ އިތުރު ވެހިކަލްތަކެއް ހަލާކުކޮށްލާފައިވާ ކަމަށް ހަމާސް އިން ދެންމެ އިއުލާންކޮށްފި.

17:51

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ވަރަށް ގިނަ އަދަދަކަށް ބޮން އަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނޭ.

17:43

ޣައްޒާގައި ތިބި އިސްރާއީލް ސިފައިންނަށް ހަމަލާ ދިނުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައި. މިހާރު ވެސް ހަމާސް އިން ދަނީ ޣައްޒާ އަށް ވަތް އިސްރާއީލް ސިފައިންނަށް ހަމަލާ ދެމުން.

17:26

އުތުރު ޣައްޒާ އަށް ބޮން އެޅުމުން ޒަހަމްވެފައިވާ މީހުންތައް އިންޑޮނޭޝިއަން ހޮސްޕިޓަލަށް ގެންނަމުން އެބަދޭ.

17:12

ޣައްޒާގައި ޒަހަމްވެފައިވާ ކުޑަކުދިން.
ޣައްޒާގައި ޒަހަމްވެފައިވާ ކުޑަކުދިން.
ޣައްޒާގައި ޒަހަމްވެފައިވާ ކުޑަކުދިން.
ޣައްޒާގައި ޒަހަމްވެފައިވާ ކުޑަކުދިން.

16:50

ޣައްޒާގެ އުތުރުން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ބޮން އަޅައި ފަލަސްތީނުގެ 10 މީހަކު ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަހަމްކޮށްލައިފި.

16:02

ފަލަސްތީނުގެ ޣައްޒާ އިން ބޯފެން ހުސްވެ، ޣައްޒާގެ ރައްޔިތުން "ދިރިހުރުމަށް" ލޮނު ފެން ބޭނުން ކުރަން ފަށައިފި.

15:21

15:20

އަލް-ޣައްސާމްގެ މުޖާހިދުން ބެއިތު ލަހިއާ ސަރަހައްދުގައި ތިބި ދުޝްމަނުންނަށް ސަޕްރައިޒް ހަމަލާއެއް ދީފި. އިސްރާއީލް ސިފައިންގެ ފަހަތުން އެމީހުންނާ ހަނގުރާމަ ކުރަމުންދާ ކަމަށް ހަމާސް އިން ބުނޭ.

15:19

އިސްރާއީލްގެ ޗެނަލް 12 އިން ރިޕޯޓު ކުރާ ގޮތުގައި ތެލް އަވީވް އަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ވަނީ ފޮނުވާލާފައި. އަދި ބާރުގަދަ އަޑުފައްގަނޑުތަކެއް ވަނީ ގޮވާފައި. އެ ސަރަހައްދުގައި ދިރިއުޅޭ 1.5-2 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާ ކަމަށް އޭގައިވޭ.

15:12

އިސްރާއީލުން ރޭގެ ވަގުތެއްގައި ޣައްޒާ އަށް ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ ކުޑަކުދިން.

15:07

އިސްރާއީލްގެ ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމާ ގުޅިގެން އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އަށް ބޮން އަޅާފައިވާ ކަމަށް ހަމާސް އިން ދެންމެ ބުނެފި.

15:06

އިސްރާއީލްގެ މެދުތެރެއަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާތީ އެ ސަރަހައްދުތަކުގައި ސައިރަން އަޅަމުން އެބަދޭ.

15:05

ޣައްޒާގެ އަލް ސާރީޖް ގޭޓް ކައިރީގައި ތިބި އިސްރާއީލްގެ ސިފައިންނަށް އަމާޒުކޮށް މޯޓަރު ބަޑިން ހަމަލާދެމުން އެބަދޭ. މި ހަމަލާ ދިނުމުގައި ބައިވެރިވަނީ އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި އަލް ގުދުސް ބްރިގޭޑްސް އިން ކަމަށްވޭ.

14:59

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުން އިސްރާއީލްއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އިސްރާއީލް ސިފައިންގެ 331 މީހުން މަރާލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި.

14:35

އިސްރާއީލުން ހިފާފައިވާ ބައެއް ސަރަހައްދުތަކަށް އަލް ގުދުސް ބްރިގޭޑްސް އިން މިސައިލް ހަމަލާތަކެއް ފޮނުވާލައިފި.

14:31

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް ގުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމުގެ އިންޒާރު އިސްރާއީލްގެ ނިރުބަވެރި ސިފައިން މިއަދު ދީފި.

14:26

އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި އަލް ގުދުސް ބްރިގޭޑްސް އިން ބުނެފައި ވަނީ މުޖާހިދުން ދިން ހަމަލާއެއްގައި އިސްރާއީލްގެ ދެ ސިފައިންގެ މީހަކު ޒަހަމްވެފައިވާ ކަމަށް. އެމީހުންނަށް ހަމަލާ ދިނީ މެޝިން ބަޑި އާއި މޯޓަރު ބަޑިން ކަމަށް އަލް ގުދުސް ބްރިގޭޑްސް އިން ބުނެފައިވޭ.

އިސްރާއީލުން މީގެކުރިން ވަނީ އެމީހުންގެ އަސްކަރިއްޔާގެ އޮފިސަރަކާއި ސިފައިންގެ މީހަކު ޒަހަމްވެފައިވާ ކަމަށް ބުނެފައި.

14:25

ޣައްޒާގެ ދެކުނުން ދަތުރު ކުރި ބަހަކަށް އިސްރާއީލުން ހަމަލާ ދިނުމުގެ ސަބަބުން ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި.

14:20

އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، ޝިފާ ހޮސްޕިޓަލް ކައިރިއަށް ބޮން އެޅުމުގެ ސަބަބުން ހޮސްޕިޓަލަށް ވަދެވެން އޮތް ގިނަ މަގުތަކެއް ހަލާކުވެފައިވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރަން ފަށައިފި.

14:12

އިސްރާއީލުން ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕަކަށް ހަމަލާދީ ވަރަށް ގިނަ ގެތަކެއް ސުންނާފަތިކޮށްލައިފި. އެ ސަރަހައްދުގައި ހުރި މިސްކިތަކަށް ވެސް އިސްރާއީލުން ވަނީ ބޮން އަޅާފައި.

14:02

އިމާރާތުގެ ދަށުވެފައިވާ ކުޑަ ކުއްޖަކު ސަލާމަތް ކުރަނީ.
އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރަނީ.
އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރަނީ.
އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރަނީ.

14:01

އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ކުޑަ ކުއްޖެއް.
އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ކުޑަ ކުއްޖަކާއި ފިރިހެނެއް.
އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވެފައިވާ ކުޑަ ކުއްޖަކާއި ފިރިހެނެއް.

14:00

ޣައްޒާ އިން ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ބިންމަތީގައި.
ޣައްޒާ އިން ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ބިންމަތީގައި.
ޣައްޒާ އިން ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ބިންމަތީގައި.
ޣައްޒާ އިން ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ބިންމަތީގައި.

13:57

އަލް ގުދުސް ބްރިގޭޑްސް އިން ދުޝްމަނުންގެ ވެހިކަލްތަކަކަށް މިސައިލް ހަމަލާތަކެއް ދީފި. މިސައިލް ހަމަލާތަކުގެ އިތުރުން މޯޓަރު ބަޑިން ވެސް ހަމަލާ ދީފައިވޭ.

13:40

ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް ފަލަސްތީނުގެ ޣައްޒާއަށް ސްޓާ ލިންކް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާތީ އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިސްރާއިލްގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކަހްރީ ބުނެފި.

13:05

ހަމާސްގެ އަސްކަރީ ގޮފި، އަލް ޣައްސާމް ބްރިގޭޑްސްގެ ޣައްޒާގެ އަލް އަމިރިއްޔާ ސަރަހައްދުގައި އިސްރާއީލް ސިފައިންނާ ކުރިމަތިލަމުން އެބަދޭ. ހަމާސް އިން ބުނާ ގޮތުގައި މުޖާހިދުން ވަނީ "އަލް ޔާސީން 105" މިސައިލް ބޭނުންކޮށްގެން ދުޝްމަނުންގެ ވެހިކަލްތަކަށް ހަމަލާ ދެމުން.

 

12:58

އިސްރާއީލްގެ އަސްކަރީ ބޯޓުތަކުން ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ޝިފާ ހޮސްޕިޓަލް ކައިރި އަށް ބޮން އަޅައިފި. އިސްރާއީލުން ބުނެފައި ވަނީ އެމީހުން ބޮން އެޅީ ހަމާސްގެ ކޮމާންޑް ޕޯސްޓަކަށް ކަމަށް. އެކަމަކު، އޭގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވޭ. މި ހަމަލާގެ ސަބަބުން ޝިފާ ހޮސްޕިޓަލަށް ވަންނަންދާ މަގުތަކަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

12:55

ޣައްޒާގައި ހުރި 30 ހޮސްޕިޓަލެއްގެ ހިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި. އެ ތަންތަން ހުއްޓުމަކަށް އައީ ސިއްހީ ސާމާނާއި ތެޔޮ ހުސްވުމުގެ ސަބަބުން ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވޭ.

ޣައްޒާގައި ހުރި ހޮސްޕިޓަލްތަކުގެ ތެރެއިން ނަސްރު ހޮސްޕިޓަލްގައި ހަމައެކަނި ދެނީ އެމަޖެންސީ ޑިޕާޓްމަންޓްގެ ހިދުމަތް.

އިންސާނީ އެހީ ފޯރުކޮށް ނުދޭ ނަމަ، ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އިތުރު ހޮސްޕިޓަލްތައް ހުއްޓުމަކަށް އަންނާނެ ކަމަށްވޭ.

12:30

އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އެއްގަމު މަގުން އަރައި ކުރަމުންދާ ހަނގުރާމައިގައި ބަޔަކު ޒަހަމްވި ކަން ފުރަތަމަ ފަހަރަށް އެ ގައުމުން އިއުލާންކޮށްފި.

12:04

އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި ހުންނަ ތަމްމޫސް އާއިލާގެ ގެއަށް ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަޚަމްކޮށްލައިފި.

11:48

ހިފާފައިވާ ގުދުސްގެ އިރު އުތުރުން އޮންނަ ހިޒްބުމާ އާއި އަލްރާމް އަވަށްތައް ގުޅުވައިދޭ މައި މަގު އިސްރާއީލުން ބަންދުކުރުމާ އެކު ސްކޫލް ކުދިން ސްކޫލަށް ދިއުމަށް ފައިމަގުގައި އެތައް ކިލޯމީޓަރެއް ހިނގާފައި ދާން ޖެހޭ

11:46

ޔަހޫދީ އިިސްރާއީލްގެ ވައިގެ ހަމަލާއެއްގައި ޚާން ޔޫނުސްގައި 13 މީހުން ޝަހީދުވެއްޖެ

11:46

އިސްރާއީލުން ފަލަސްތީނުގެ އިތުރު ތިން މީހަކު ރޭގަނޑު ޝަހީދުކޮށްލުމުން، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ޝަހީދުވި މީހުންގެ އަދަދު 114 އަށް އަރާފައިވާ ކަމަށް ވަފާ އިން ބުނެފި.

11:35

ނިރުބަވެރި އިސްރާއީލް ސިފައިން ޣައްޒާގެ ބިމުގައި ތިބި ސިފައިންގެ އަދަދު އިތުރުކޮށްފި

ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ އިރު، އެސަރަހައްދުގައި ވެސް ސިފައިން ދަނީ ހަރަކާތްތެރިވަމުން.

11:27

އިންޑިއާގެ ކެރެލާގައި ފަލަސްތީނަށް ތާއިދުކޮށް ބޭއްވި ވާޗުއަލް ރެލީއެއްގައި ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ހަމާސް މުޖާހިދުންގެ ކުރީގެ ލީޑަރު ހާލިދު މިޝޭލް ބައިވެރިވެ ވަޑައިގެންނެވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެ.

އިންޑިއާގައި ބޭއްވި ވާޗުއަލް ރެލީއެއްގައި ޣައްޒާގެ މުޖާހިދުންގެ ކުރީގެ ލީޑަރު ބައިވެރިވި މައްސަލަަ ހޫނުވެއްޖެ

 

11:23

ހުޅަނގު އައްސޭރީގެ ޖެނިންއަށް އަނެއްކާވެސް ނިރުބަވެރި އިސްރާއިލް ސިފައިން ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފި.

11:08

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ ނޮފަލްގެ ގެއަށް ބޮމުގެ ހަމަލާދީ އާއިލާގެ ކުށެއް ނެތް ފަސް ކުއްޖަކު ޝަހީދުކޮށްލައިފި.

10:59

ނިރުބަވެރި އިސްރާއީލުން ހިފާފައިވާ ގުދުސްގެ ޝުފަތު ރެފިއުޖީ ކޭމްޕްގައި ހުރި ފަލަސްތީނުގެ ޒުވާނަކު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އަނިޔާވެރިގޮތަކަށް ސިފައިން އޭނާ ހައްޔަރުކޮށްފި.

 

10:52

އިސްރާއިލުން މަސައްކަތް ކުރަމުންދަނީ ބިންގަރާސްތަކަށް ނާވް ގޭސް ދޫކޮށް ހަމާސްގެ ހަނގުރާމަވެރިން ޝަހީދު ކުރުމަށް ކަމަށް ހަމާސްގެ މުޖާހިދުންގެ ކުރީގެ ވެރިޔާ ހާލިދު މިޝޭލް ވިދާޅުވެއްޖެ.

"އިސްރާއިލުން އުޅެނީ ބިންގަރާސްތަކަށް ނާވް ގޭސް ދޫކުރަން"

10:05

ނިރުބަވެރި އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 8،000 އަށްވުރެ މައްޗަށް އަރައިފި.

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 8،000 އަށްވުރެ މައްޗަށް

10:01

ނިރުބަވެރި އިސްރާއީލް ސިފައިންގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް: އިސްރާއީލު އޮތީ އެ ގައުމުން ނުފެށާ އަދި ނުހޯދާ ހަނގުރާމައެއްގައި. އިސްރާއީލުގެ ހަނގުރާމައަކީ ހަމާސްއާ އެކު ކުރާ ހަނގުރާމައެއް. އެއީ ޣައްޒާގެ ރައްޔިތުންނާއެކު ކުރާ ހަނގުރާމައެއް ނޫން.

10:00

ނިރުބަވެރި އިސްރާއީލް ސިފައިންގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް: މާދަމާ (ހޯމަ ދުވަހު) މިސްރާއި އެމެރިކާ އިސްނަގައިގެން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފުޅާވަމުން ދާނެ.

09:59

ނިރުބަވެރި އިސްރާއީލް ސިފައިންގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް: އިސްރާއީލުން ބޭނުންވަނީ ފަލަސްތީނުގެ އުތުރުގައި ވާ ޣައްޒާގެ އާންމުންނަށް ދެކުނުން ދިއުމަށް ދިން އިންޒާރުގެ "އަވަސްކަން އިތުރުކުރަން".

"ޣައްޒާ ރައްޔިތުން ޣައްޒާގެ ދެކުނުން ރައްކާތެރި ޣައްޒާ އުތުރަށް ބަދަލުވާން ޖެހޭ، އެތަނުން ފެނާއި ކާބޯތަކެއްޗާއި ބޭސް ލިބޭނެ،"

 

09:48

އުރުދުންގެ ހެކަރެއް ޔަހޫދީ އިސްރައީލްގެ ޗެނަލް 13 ބްރޯޑްކާސްޓް ހެކްކޮށް ފަލަސްތީން ގައުމީ ސަލާން އަޅުވާ، "ފަލަސްތީން އޮތީ މިނިވަންކޮށް، ދެންވެސް އޮންނާނީ މިނިވަންކޮށް" ކެޕްޝަނަށް ލައިފި.

09:46

ފަލަސްތީނުގެ ޣައްޒާއަށް ވަތް ނިރުބަވެރި އިސްރާއީލު ސިފައިން ތަކެއް ތިބި ވެހިކަލެއް ފުނޑާލައިފި.

ޣައްޒާ އަށް ވަތް ޔަހޫދީ 14 ސިފައިން ތިބި ވެހިކަލެއް ފުނޑާލައިފި

09:45

ޓެލެކޮމިއުނިކޭޝަންގެ ބައެއް ހިދުމަތްތައް އެނބުރި އައިސްފައިވާކަން އެނގުމަށް ހޭލުމަށްފަހު އާއިލާއާ މުއާމަލާތް ކުރުމަށް ކަމަށް ޣައްޒާގެ ރައްޔިތުން "ވަގުތުން" މަސައްކަތް ކުރަމުން ދާ ކަމަށް އަލްޖަޒީރާއިން ބުނެފި.

09:36

ޣައްޒާ އަށް ވަތް ޔަހޫދީ 14 ސިފައިން ތިބި ވެހިކަލެއް ފުނޑާލައިފި

09:29

އޮސްޓްރޭލިއާގެ މެލްބަންގައި ކުރިއަށްދާ މުޒާހަރާގައި ފަލަސްތީނަށް ތާއީދުކޮށް އެތައް ހާސް ބަޔަކު އެއްވަމުން އަންނަ ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން ބުނެފި،

 

09:05

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި ނޭޕާލްގެ މީހަކު ޒަހަމްވެއްޖެ.

08:48

ފަލަސްތީނުގެ ޣައްޒާ އިން ކަރަންޓު ކެނޑުނުތާ ދެ ދުވަސް ފަހުން ޣައްޒާ އިން އަލުން އިންޓަނެޓުގެ ހިދުމަތް ލިބެން ފަށައިފި.

ޣައްޒާ އަށް އިންޓަނެޓުގެ ހިދުމަތް އަލުން ލިބެން ފަށައިފި

08:43

ޣައްޒާގައި އިންޓަނެޓުގެ ހިދުމަތް ލިބެން ފަށައިފި.

08:41

އދ. ގެ އާންމު މަޖިލިހުގެ ބައްދަލުވުމެއް ބާއްވަން މާދަމާ އަށް ތާވަލްކޮށްފި.

05:14

އިސްރާއީލް ނިރުބަވެރިންގެ ކަންކަން މާ މައްޗަށް ގޮސްފައިވާ ކަމަށް ނޯވޭގެ ފޮރިން މިނިސްޓަރ ބުނެފި.

04:05

ޣައްޒާގެ އުތުރަކީ މިހާރު ހަނގުރާންމަތީ މައިޒާނެއް ކަމަށް އިސްރާއީލުން ބުނެފި

04:04

ޣައްޒާގެ އުތުރުން އޮންނަ ޖަބަލްޔާގެ ހުޅަނގުގެ ބައެއް ސަރހައްދަށްތަކަށް އިސްރާއީލުން މިސައިލް ހަމަލާ ފޮނުވައިފި. މި ހަމަލާގައި ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފަ.

 

04:03

ހުޅަނގު އައްސޭރީގައި އިސްރާއީލުން ކުރަނުން އަންނަ އޮޕަރޭޝަނުގެ ތެރެއިން ނަބްލުސްގައި ތިބި އިސްރާއީލުގެ ނިރުބަވެރިންނާއި ޣައްޒާގެ މުޖާހިދުންނާއި ދޭތެރޭ ހަމަލާ ބަދަލު ކުރުން ކުރިއަށް ދަނީ

 

04:02

އިސްރާއީލުން ދިން ހަމަލާއެއްގަައި އަލިފްދާލުގެ ބައެއް އޮފިޝަލުން ޒަހަމްވެއްޖެ

04:02

އަރަބި ގައުމުތަކާއި ދެކޮޅަށް އަޑު އުފުލައި، އެފަރާތްތަކާއި ދެކޮޅަށް މުޒާހަރާ ކުރުމަށް އިސްރާއީލުގެ ނިރުބަވެރިން މަސައްކަތް ކުރަނީ

03:14

ޣައްޒާއިން މުއާސަލާތީ ހިދުމަތް ކެނޑިފައިވާ މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތަކު މީޑިއާ މެދުވެރިކޮށް އޭނާ ދިރިހުރިކަން އާއިލާއަށް އަންގަނީ...

 

03:11

އިސްރާއީލުގެ ނިރުބަވެރިންނާއި ދުޝްމަނުން ހީވެސް ނުކުރާ ބޮޑު ކާމިޔާބީއެއްގެ ރަހަ ލާނެ ކަމަށް ހަމާސް ޖަމާއަތުގެ މުޖާހިދުން ބުނެފި.

އިސްރާއީލުން ހީވެސް ނުކުރާހާ ބޮޑު ނާކާމިޔާބީއެއްގެ ރަހަ ލާނެ- ހަމާސް

02:28

ސްޓާލިންކުގެ އިންޓަނެޓް ޣައްޒާއަށް ދޭނެ ކަމަށް ބުނުމުން އިސްރާއީލް ކޮމިއުނިކޭޝަން މިނިސްޓަރ، ސްޓާލިންކާއި އޮންނަ ހުރިހާ ގުޅުމެއް ކަނޑާލައިފި

02:25

އިސްރާއީލްގެ ނިރުބަވެރިންނާއި ޣައްޒާގެ ހަމާސް ޖަމާއަތުގެ މުޖާހިދުންގެ މެދުގައި ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކާއި ގުޅިގެން ސައުދީގެ ޑިފެންސް މިނިސްޓަރ، އެމެރިކާއަށް ވަޑައިގަންނަވަނީ

02:23

އެއްގަމު މަގުން ޣައްޒާއަށް އެރުމުގެ ކުރިން ޣައްޒާއިން ހައްޔަރު ކޮށްފައިވާ އިސްރާއީލް މީހުންގެ އާއިލާތަކުން ޣައްޒާއާއި މަޝްވަރާ ކުރުމަށް އެދެފި.

02:21

އިސްރާއީލުގެ ނިރުބަވެރިން އަޝްޑޮޑްއަށް ރޮކެޓް ހަމަލާތަކެއްދީފި.

02:18

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކެއް ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ދެމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި

02:13

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހުޅުވި ފަންޑަށް މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް އައިއޭސީން ބުނެފި.

ދިވެހިންގެ ފަރާތުން ޣައްޒާއަށް 23 މިލިއަން ރުފިޔާ

01:35

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލުގެ ނިރުބަވެރިންނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭ ގޮތުން އީރާނުން އަމުރެއް ނުވަތަ އިރުޝާދެއް ނުދޭ ކަމަށް އެގައުމުން ބުނެފ.

ހަނގުރާމަ ގެންދާނެ ގޮތާއި ގުޅޭ ގޮތުން ޣައްޒާއަކަށް އަމުރެއް ނުކުރަން- އީރާން

01:19

ޣައްޒާގައި ހުންނަ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރިއަށް އިސްރާއީލުގެ ނިރުބަވެރިން ފޮނުވާލި މިސައިލް ހަމަލާ..

 

00:49

މުއާސަލާތީ ހިދުމަތް ކެނޑިފައިވާ ޣައްޒާއަށް ސްޕޭސް އެކްސް އިން ހިންގާ ސްޓާލިންކުގެ އިންޓަނެޓް ފޯރުކޮށްދޭން އެކުންފުނީގެ ސީއީއޯ އެލޮން މަސްކް އިއުލާނު ކޮށްފި.

ޣައްޒާއަށް ސްޓާލިންކުގެ ހިދުމަތް ދެނީ

23:46

ލަންޑަންގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ބައިވެރިންނަށް އެ ގައުމުގެ ފުލުހުން އަނިޔާވެރި ގޮތަކަށް ހަމަލާދީފި

23:45

ނިރުބަވެރި އިސްރާއީލްގެ ބޮޑުވަޒީރު: ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ ދިގު އަދި އުނދަގޫ ހަނގުރާމައަކަށް ވާނެ ކަމަށް. ރަހީނުކޮށްފައި ތިބި މީހުން ސަލާމަތުން ގެއަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުނި.

އަދި އެމީހުން އަނބުރާ އާއިލާއާ ހަމައަށް ގެނައުމަށް ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށް ވެސް ބުނި.

23:43

ނިރުބަވެރި އިސްރާއީލުގެ ދިފާއީ ވަޒީރު: ހަމާސްއަށް ޕްރެޝަރު ބޮޑުވާ ވަރަކަށް ރަހީނުކޮށްގެން ތިބި މީހުން އަނބުރާ ގެންދިއުމުގެ ފުރުސަތު ބޮޑު ވާނެ.

23:42

ނިރުބަވެރި އިސްރާއީލްގެ ބޮޑުވަޒީރު: ތަހުޒީބާއި އިންސާނިއްޔަތުގެ ހަނގުރާމަ ކުރަމުން މިދަނީ ސާފު އަނިޔާވެރިކަމާ ދެކޮޅަށް، އަރަބި ގައުމުތަކާއި ދުނިޔޭގައި ތިބި އަޅުގަނޑުމެންގެ ރަހުމަތްތެރިންނަށް އެނގޭ ކާމިޔާބު ނުލިބިއްޖެނަމަ އެމީހުންގެ ފަހަރު އަންނާނެކަން.

23:28

ނިރުބަވެރި އިސްރާއީލްގެ ބޮޑުވަޒީރު: ހަނގުރާމައިގެ އަމާޒަކީ ދުޝްމަނުން ބަލިކޮށް، އަޅުގަނޑުމެންގެ ބިމުގައި އަޅުގަނޑުމެންގެ ދިރިއުޅުން ކަށަވަރު ކުރުން ކަމަށް

 

ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި އިސްރާއީލުގެ ނިރުބަވެރިން ކުރަމުން އަންނަ ހަނގުރާމައަށް މިއަދަށް 23 ދުވަސްވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ހަމާސްގެ މުޖާހިދުން ދިން ހަމަލާތަކުން އިސްރާއީލަށް ސިހުން ގެނުވި ހަނގުރާމައެކެވެ.

ހަމާސްގެ މުޖާހިދުން މިމަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ނިރުބަވެރިންނަށް ހަމަލާދީފައިވަނީ، އެބައި މީހުން ޣައްޒާގެ ކުށެއް ނެތް އެތައް މުސްލިމުންނަށް އަނިޔާކޮށް، ޝަހީދު ކޮށްލައި ބަންދެއްގައި ގެންގުޅެމުން އަންނަނީ މިނިވަންކަން ހޯދައި ދިނުމަށްޓަކައެވެ..

ދެފަރާތުން ވެސް ވަރުގަދަ ހަމަލާ ބަދަލު ކުރުންތައް ކުރިއަށްދާއިރު، އިއްޔެގެ ވަގުތެއްގައި އިސްރާއީލުގެ ނިރުބަވެރިން ވަނީ އެމީހުން ދެމުން އައި ހަމަލާ ވަރުގަދަކޮށް، އެއްގަމު މަގުން ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ވަދެފައެވެ.

ޣައްޒާއަށް ވަނުމުގެ ކުރިން ޣައްޒާގެ އިންޓަނެޓާއި މުއާސަލާތީ ހުރިހާ ހިދުމަތެއް އިސްރާއީލުގެ ނިރުބަވެރިން ކަނޑާލިއެވެ. އެކަން ކޮށްފައިވަނީ ނިރުބަވެރިން ޣައްޒާގައި ހިންގަމުން އަންނަ އަނިޔާވެރިކަން ދުނިޔެއަށް ނުދައްކައި، ފޮރުވާލުމުގެ ގޮތުން ކަމަށް ގިނަ މީޑިއާތަކުން ވަނީ ބުނެފައެވެ.

މިހަނގުރާމައިގެ ތެރޭގައި މިހާތަނަށް ޣައްޒާގެ 7،700 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު