ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ފެށުނު ފަހުން ކޮންމެ ދުވަހަކު ގޮތަކަށް 400 އެއްހާ ކުޑަކުދިން ޝަހީދުވާ ކަމަށް ޔުނިސެފުން ބުނެފިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމު ފެށިފައިވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. އެގަތުލު އާންމު ފެށިފައިވަނީ ނިރުބަވެރިން ޣައްޒާގެ ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތަކުން އެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސްގެ މުޖާހިދުން އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކުއްލި ހަމަލާތަކެއް ނިރުބަވެރިންނަށް ދިނުމުންނެވެ.

އެހަމަލާތަކާއި ގުޅިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް މިހާރު ވަރުގަދަ ކޮށްފައިވާއިރު، ޔުނިސެފުން ބުނެފައިވަނީ ގަތުލު އާންމު ފެށުނު ފަހުން ކޮންމެ ދުވަހަކު ގޮތަކަށް ޣައްޒާއިން 400 އަށްވުރެ ގިނަ ކުދިން ޝަހީދުވެ، ނުވަތަ އަނިޔާވާ ކަމަށެވެ.

ގަތުލު އާންމު ހުއްޓާލުމަށް ގޮވާލައި ޔުނިސެފުން ބުނީ، މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން 25 ވަރަކަށް ދުވަސްތެރޭ 3،500 އަށްވުރެ ގިނަ ކުދިން ޝަހީދުކޮށްލާފައިވާ ކަމަށާއި 6،800 އަށްވުރެ ގިނަ ކުދިންނަށް އެކިވަރުގެ އަނިޔާ ކޮށްފައިވާ ކަމަށެވެ. އަދި ކުދިން ޝަހީދު ކޮށްލުން އާންމު ހާލަތަކަށް ނުހެދޭނެ ކަމަށް ވެސް ޔުނިސެފުން ވަނީ ބުނެފައެވެ.

"ކުޑަކުދިންނަށް މިހާރު ވެސް ވަނީ ކެތްކޮށްފަ. ކުދިން ޝަހީދުކޮށްލުމާއި ހައްޔަރު ކުރުން ހުއްޓާލަން ޖެހޭ. ކުޑަކުދިންނަކީ ކުށެއްނެތް މީހުން. އެމީހުންނަށް އަމާޒުކޮށް ހަމަލާދިނުން ހުއްޓާލަން ޖެހޭ." ޔުނިސެފުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޔުނިސެފުން ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާއިރު، އިއްޔެގެ ވަގުތެއްގައި އިސްރާއީލުން ވަނީ ޣައްޒާގެ ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން އަންނަ ޖަބިލިއާ ކޭމްޕަށް ވަރުގަދަ ހަމަލާތަކެއްދީ، އެތައް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    މުސްލިމުގައުމުތަކުގެ ވެރިންގެ ނުބައިނިލަފާކަން މިއެނގުނީ ކަމަކަޖެހުނިމަ...ބަލައެމެރިކާހަތޖޔާރުދީގެން މަރަނީމުސްލިމު އަޚުންތައް ކަލޭމެންވެސް ހަތިޔާރުދީބަލަ ހަނގުރާމަކޮށް އިޒްރޭލުމިހުން މަރާހުސްކުރަ.ްވީނު..ފަލަސްތިނުމިނިވަންކްމއެކިއުޅުނަދޭން..

  2. އަލީ

    އަހަރުމެން މައިދާނައް ގެންގޮސްދީ. ލަޓިބުރި ހިފައިގެންވިޔަސް ނިކުންނާނަން