ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް އިސްރާއިލުން ބޮންް އެޅުމުން ޝޮކެއް ލިބިފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޣައްްޒާގެ ރެފިއުޖީ ކޭމްޕެއް ކަމަށްވާ ޖަބަލިއާ އަށް އިސްރާއިލުން ބޮން އެޅީ އިއްޔެ އެވެ. އަދި އޭގެ ފަހުން 24 ގަޑިއިރު ނުވެ އުޅެނިކޮށް އިސްރާއިލުން ވަނީ ދެވަނަ ހަމަލާއެއް އެ ރެފިއުޖީ ކޭމްޕަށް ފޮނުވާލައިފައެވެ.

އެ ހަމަލާގައި އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުން ބުނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވޭންގް ބެންބިން ބުނީ އެ ހަމަލާއާ ގުޅިގެން ޝޮކެއް ލިބިފައިވާ ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލުމަށް އދ. އިން ފާސްކޮށްފައިވާ ގަރާރަށް އަމަލުކުރުމަށް އޭނާ ގޮވާލެއްވިއެވެ. ހަމަ އެހެންމެ ޣައްޒާގެ ރައްޔިތުންނަށް އިންސާނިއްޔަތުކަން ފޯރުކޮށްދިނުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

އޭގެ އިތުރުން ހަނގުރާމަ ހުއްޓާލުމަށް މުހިންމު ދައުރެއް އަދާކުރުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ޖަބަލިއާ ރެފިއުޖީ ކޭމްޕްއަކީ އދ. ގެ ރެފިއުޖީ ކޭމްޕެއްވެސް މެއެވެ. އެއީ ޣައްޒާގައި ހުންނަ އދ.ގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕްވެސް މެއެވެ. އެ ރެފިއުޖީ ކޭމްޕްގައި ދިރިއުޅެނީ އިސްރާއިލުން 1948 ވަަނަ އަހަރު ހިފި ސަރަަހައްދުން ބޭރުކޮށްލި މީހުންނެވެ. އެ ތަނުގައި 120،000 މީހުން ދިރިއުޅެއެވެ.

އިސްރާއިލުން ހަމަ އެކަނި ބޮން އަޅަމުންދަނީ ފަަލަސްތީނުގެ ރެފިއުޖީ ކޭމްޕްތަކަށް އެކަންޏެއް ނޫނެވެ. ހޮސްޕިޓަލުތަކަށް ވެސް ބޮން އަޅައި ދަނީ އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޯކްސް

    ދޮގު ހަދާނެ ކަމެއްނެތް. ޔަހޫދީން ކޮންމެ ކަމެއްވެސް ކޮށްފާނެކަން ދުނިޔެ ދަންނާނެ! އެންމެންނަށްވެސް އެނގޭނެ! އަދި އެއަށް ހިތްވަރުދެނީ އެމެރިކާ ކަންވެސް އެންމެނަށް އެގޭނެ!

    18
    1