ނިރުބަވެރިން އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 17،700 އަށް އަރައިފިއެވެ.

އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައި ވަނީހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 17،700 އަށް އަރާފައިވާ ކަމަށެވެ/

އަދި އިސްރާއީލުން ދިން ހަމަލާތަކުގައި އިތުރު 48،780 މީހުން ވަނީ ޒަހަމްވެފައެވެ.

"ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަކީ އެއްވެސް ތަފްސީލެއް ނެތް ޖަރީމާތަކެއް. އެމެރިކާ އާއި ޔޫރަޕްގެ ތާއީދާއެކު ފަލަސްތީނުގެ ދިރިއުޅުން ނިމުމަކަށް ގެނައުމަކީ ލާއިންސާނީ ކަމެއް،" މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވިއެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުން 24 ގަޑިއިރު ތެރޭގައި 213 މީހަކު ޣައްޒާއިން ވަނީ ޝަޙީދުވެފައެވެ.

ނިރުބަވެރިން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަރުވެފައިވަނީ ނިރުބަވެރިންގެ 1،147 މީހެކެވެ. އަދި 8،730 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

ނިރުބަވެރިން ބުނި ގޮތުގައި މަރުވެފައިވާ މިހުންގެ ތެރެއިން 420 މީހުންނަކީ ސިފައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ދިވެހިރާއްޖެއަށްވެސް ބައެއްގެފަރާތުން ''އުދަގުލެއް'' ލިބިއްޖެއްޔާމު މުސްލިމުގައުމުތަކާއި އަދި މުޅިދުނިޔެވެސް އަޅާނުލައިފާނެތީ އަޅުގަނޑު ވަރަށް ބިރުގަނޭ!