ކާޑޭޝިއަން އާއިލާގެ މެމްބަރުންގެ ތެރެއިން އެންމެ ހަގު ކައިލީ ޖެނާ އިސްތަށިގަނޑުގައި އަޅި ކުލަ ޖައްސައިފިއެވެ.
ފާއިތުވި މަސްތަކުގައި އިސްތަށިގަނޑަށް ތަފާތު އެކި ބަދަލުތަށް ގެންނަމުން އައި ކައިލީ ވަނީ އޭނާގެ އިސްތަަށިގަނޑު ފިޔާތޮށި, އަދި ރީދޫ ކުލަ އަށް ވެސް ބަދަލުކޮއްފައެވެ.
މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ޓީވީ ތަރި ކައިލީގެ އެކައުންޓުން އިންސްޓަގްރާމުގަައި ޕޯސްޓުކުރާ ކޮންމެ ސްޕޮންސާޑް ޕޯސްޓަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބޭއިރު ކައިލީ އޭނާގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް އިންސްޓަގްރާމް ގައި ފޮޓޯ ވަނީ އާންމު ކޮށްފައެވެ. އެގޮތުން އާންމުގެ ގިނަ ބަޔަކަށް އޭނާގެ މި ބަދަލު ކަމުދިޔައެވެ.
ކައިލީ ވަނީ މީގެ ކުރިން އޭނާގެ ދިގު އިސްތަށިގަނޑު ގެންގުޅެން އުނދަގޫވެ އޭނަގެ އިސްތަށިގަނޑު ކުރުވެސް ކޮއްފައެވެ. ނަމަވެސް އެފަހަރު ގިނަ ބައެއްގެ ފާޑު ކިޔުން މީސް މީޑިއާގައި ކައިލީއަށް އަމާޒުވިއެވެ.
އަބަދުވެސް ފެޝަންނަށް ލޯބި ކުރާ ކާޑޭޝިއަން އާއިލާގެ އެންމެ ހަގު މެންބަރުގެ ގޮތުގައި ހުރި ކައިލީ އުފެއްދި މޭކަޕް ކަލެކްޝަންގެ ސަބަބުން އޭނާ މިހާރު ވެފައި ވަނީ އެއާއިލާގެ އެންމެ ވަރުގަދަ އެއް މެންބަރަށެވެ. މިހާރު މުޅި ދުނިޔެއަށް ބެލި ނަމަވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް މޭކަޕް ބްރޭންޑަކީ ކައިލީގެ މޭކަޕް ބްރޭންޑެވެ. ފާއިތުވި ތިން އަހަރު ލިބުނު ބޮޑު އާމްދަނީ އާއި އެކު ކައިލީގެ މިލްކިއްޔާތު ވަނީ 900 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.
ކޮބާތަ ކައިޒީން؟؟؟އެފަކީރު އެއޮތް ވަރުން ކުލަ ޖެއްސީމަ ?♀️ކައި ވެސް ދޯ!!
ނުރަ ޖަހަން ވާއިރަށް ދޯ އަވަހަށް އަޅިކުލަ ޖެއްސީ.... ހަހަހަ