ބޮލީވުޑްގެ ބަތަލާ އަދި މިހާރު ހޮލީވުޑްގައި އަރަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ ބަނޑުބޮޑުކަމަށް ދެކެމުވެމުންދާ ވާހަކަތަކަށް އޭނާގެ މަންމަ މަދޫ ޗޯޕްރާ ޖަވަބުދީފިއެވެ.
"ޕިންކްވިލާ" ނަމަކަށް ކިޔާ އިންޑީޔާގެ ޚަބަރުތައް ގެނެސްދޭ ނޫހަކުން ޕްރިޔަންކާ ބަނޑުބޮޑުކަމަށް ވާހަކަދެއްކިއެވެ. އެ ވާހަކަދެކެވެން ފެށީ، ޕްރިޔަަންކާގެ ވަރަށް ފަހުގެ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ ފޮޓޯތަކުގައި ޕްރިޔަންކާގެ ބަނޑުބޮޑުހެން ހީވެއެވެ.
މިގޮތަށް މީޑިއާތަކުގައި ރިޕޯޓް ކުރުމުން މަދޫ ޗޯޕްރާ ބުނީ، ޕްރިޔަންކާއަށް ގުޅާފައެވެ. އަދި އެކަން އޮޅުން ފިލުވާފައެވެ.
މަދޫ ޗޯޕްރާ ބުނީ، ޕްރިޔަަންކާ ބަނޑުބޮޑުހެން ހީވާގޮތަށް ފޮޓޯ ނެގިފައި އެއިނީ ފޮޓޯ ނެގި އޭންގަލްގެ ސަބަބުން ކަމަށެެވެ.އަދި އެފަދަ ޕޯސްއަކަށް ހުރެ ފޮޓޯ ނެގުނީ ވަރުބަލިވެފައި ހުރުމުން ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.
އަދި އެ ރިޕޯޓްތަކާއި ގުޅޭގޮތުން އެހުމުން ބުނީ"މަންމާ އަހަންނަށް ބްރޭކެއް ދީ". މިހެން ކަމަށްވެސް މަދޫ ބުންޏެވެ.
ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އޭނާ ކައިވެނިކޮށްފައި ވަނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސްއާއެވެ.
މިހާރު ދައްބަނޑަށް ބޮޑީ އެހެން ބުނަން ނުކެރިގެން ދޯ