އަދިވެސް އެ ފިލްމީ ތަރި ދިވެހިންގެ ތެރޭގައި މަޝްހޫރުއެވެ. އޭނާގެ ރީތިކަމަށް އަދިވެސް ބަދަލެއް ނާދެެއެވެ. އެ ރީތިކަމާއި އެއްވަރަށް އޭނާގެ އެ ހަރަކާތްތަކަށް ގަޔާވާ އެތައް ދިވެހިންނެއް އެބަތިއްބެއެވެ. އާނއެކެވެ.
ޒަމާންގަނޑަކަށްފަހު ދިވެހިންގެ ލޯ ކުރިމައްޗަށް ބަތަލާ މަރިޔަމް ނިޝާ ފެނިއްޖެއެވެ. ނިޝާ ފެނިގެން ދިޔައީ ފިލްމަކުން ނޫނެވެ. ލަވައަކުވެސް ނޫނެވެ. ޑްރާމައަކުންވެސް ނޫނެވެ. ނިޝާގެ ފެނިލުންތަކެއް މި ފެނިގެން ދިޔައީ ޓިކްޓޮކްއިންނެވެ.
ނިޝާގެ ތިން ވީޑިއޯއެއް ޓިކްޓޮކްގައި ދައުރުވަމުން އެބަދެއެވެ. ނިޝާގެ ގިނަ ދިވެހި ލަވަތަކުން ފެންނަހެން އެ ރީތި ހިނިތުންވުމާއި އަސަރާއިވެސް އެކުގައެވެ. ނިޝާގެ ކޮއްކޮ ޓިކްޓޮކްގައި ހިއްސާކުރި އެ ވީޑިއޯތަކުގެ ތެރެއިން ފިލްމް ޒުލޭހާގައި ނިޝާ ފެނިގެންދިޔަ ލަވައެއްގެ ތަންކޮޅެއްވެސް ވަނީ ފެނިގެން ގޮސްފައެވެ.
"ދަންނަހާ އެންމެންނާ މާ ތަފާތޭ ކަލާ"މިއީ ނިޝާ، ޔޫސުފް ޝަފީއާއެކު ފިލްމް ޒުލޭހާއަށް ކުޅެދީފައިވާ ލަވައެކެވެ. އަދި އިތުރު ދެ ވީޑިއޯއެއްވެސް ޓިކްޓޮކްގައި އޭނާ ހިއްސާކުރިއެވެ.
https://www.facebook.com/MaldivesViralVideos/videos/376882119570976/
އެތައް ދިވެހިން މިހާރު އެ ވީޑިއޯތައް ބަލާނެއެވެ. އަދި ކޮމެންޓް ކުރާނެއެވެ. ގިނަބަޔަކަށް މިއީ ސަޕްރައިޒްއަކަށްވެސް ވެދާނެއެވެ.
އެތައް ދިވެހިންނެއްގެ ހިތްތަކާއި ކުޅެލުމަށްފަހު ކެމެރާ ކުރިމަތިން ނިޝާ ގެއްލުނުތާ އަހަރުތަކެއް ވެއްޖެއެވެ.
ދިވެހި ފިލްމްތަކާއި، ޑްރާމާތައް އަދި ދިވެހި ލަވަތަކުގެ ހަރަކާތްތަކުން އެތައް ބައެއްގެ ސަމާލުކަން އޭނާ ހޯދިއެވެ. ވީޑިއޯ ލަވަ "ގެންދަންޏާ ގެންދަންވާށޭ" އިން ފިޔަޖަހަން ފެށި ގޮތަށް އޮއްސެން ނޫޅުނެވެ.
1990ގެ އަހަރުތަކުގައި ނިޝާއަކީ އެންމެ ހިޓް އެއް އެކްޓަރެވެ. 20 ފިލްމްއަށްވުރެ ގިނަ ފިލްމް އޭނާ ވަނީ ކުޅެފައެވެ. އަދި ހަތަރު ވަރަކަށް ޑްރާމާ އޭނާ ވަނީ ކުޅެފައެވެ.
ނިޝާގެ ހަނދާންތައް އަބަދުވެސް ދިވެހިން ކުރާނެއެވެ. އޭނާ ފިލްމީ ދާއިރާއަށް އެނބުރި އަންނަ ނަމައޭ އެތައް ދިވެހިންނެއް ހިތައް އަރާނެއެވެ.
ފިލްމީ ދާއިރާއާ ދުރަށް ދިއުމަށް މަރިޔަމް ނިޝާއަށް ނަސޭހަތްތެރިވަން. މިހާރު ތިޔަ ހުރެވުނީ ބުރުގާ އަޅާފައި އައުރަ ނިވާކޮށްގެން. އެހެންކަމުން ކުރިއަށް މިއޮތް ރަމަޟާންމަހުގެ ހައްޤުގައިވެސް ފިލްމު ކުޅުން ހުއްޓާލާ އިޞްލާޙް ވުމަށް ގޮވާލަން. ތިޔަކަންވެސް މިހާރު ކުރެވިއްޖެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް ގޯސް ކަމެއް ހިނގާފާނެ. އެހެންކަމުން މުސްލިމުންގެ ގޮތަކީ އެ ކުރެވުނު ކުށަކަށް ތައުބާވެ، މީހާ އިސްލާހްވެ، ދެވަނަ ފަހަރު އެފަދަ ކަމެއް ނުކުރުމަށް އަޒުމް ކަނޑައެޅުން.
ހުވާމިބުނީ އަދިވެސް.....
ﷲ އަކްބަރު ޙަސްބުނަﷲ ވަނިޢުމަލް ވަކީލު
ކޮބާ މޫނު ބުރުގާ. މިދިޔަ މަހު ހުރީ މޫނު ބުރުގާ އަޅާފަ
ނިޝާ ދަ ނެކްސްޓް މޭނާ ހައްސާން
މިވެރިން ހޭ އަރާނީ ކޮންދުވަހަކުންބާ؟ ﷲ ގެ ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވުމުންބާ؟ އެއްދުވަހު ބުރުގާ އަޅާފަ ނަގާފާނެ. އަނެއްދުވަހަކު މޫނުފޮތިގަނޑެއް އައްސައިގެން އުޅެފަ އެ މޮހާ އެއްލާލާފަ ކޮންމެވެސް ހިލޭފިރިހެނުންތަކެއްގެ ތުން ފުއްސަކަށް އުޅެފާނެ. ހެޔޮނުވާނެ ތިފަދަ ބޮޑެތި ފާފަތައް މަތީ ދެމިނުތިބެ މަރުއައިސް ބައްދަލުކުރުމުގެ ކުރިނ އިޞްލާޙުވެ ތަޢުބާވެބަލަ ނިޝާމެން ތިހެންތިއުޅޭ އެންމެން. ކުރިމަތީވަމުން މިއަންނަނީ ބަރަކާތާއި ފާފަފުއްސެވުމުގެ މައްސަރު. އެ މައްސަރުގެ ޙުރުމަތް ކެނޑުމުގެ ބަދަލުގައި ބަރަކާތް ލިބިގަތުމައް ނަސޭޙަތްތެރިވަން.
ނިޝާ މޫނުގަ ޖަހާލާފަހުރީ ހާދަ ދޮން ފުށެކޭ. ލަލަލާ