ކައިލީ ޖެނާ އަކީ އަމިއްލަ މަސައްކަތުން ބިލިއަނަރަކަށްވި އެންމެ ޒުވާން ވިޔަފާރިވެރިޔާ އެވެ. މިދިޔަ މާޗް މަހު ކައިލީގެ މިލްކިއްޔާތު ވަނީ އެއް ބިލިއަން އެމެރިކާ ޑޮަލަރަށް އަރާފައެވެ. ކައިލީގެ މުއްސަނދި ކަމާއި މެދު ސުވާލެއް ނެތް ނަމަވެސް އޭނާ ދާދިފަހުން އޭނާގެ މުއްސަނދިކަމުގެ ވާހަކަދައްކައިގެން ފޮނިކެނޑިކަމަށް ޖެނިފާ ލޮޕޭޒްގެ ލޯބިވެރިޔާ އެލެކްސް ރޮޑްރިގޭޒް ވަނީ ބުނެފައެވެ.
މެޓް ގާލާގައި އެލްކްސް އާއި ޖެނިފާ އާއި އެކު އެއް މޭޒެއްގައި ތިބި މީހުންނަށް އިޝާރާތްކޮށް އެލެކްސް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނީ އެމޭޒަކީ ވަރަށް ރަހުމަތްތެރި ކަމާއި އެކު ވާހަކަދެކެވުނު މޭޒެއް ކަމަށެވެ.
"ކައިލީ ވެސް އިން އަހަރެމެންގެ ކައިރީގައި. އޭނާ ވާހަކަދެއްކީ އިންސްޓަގްރާމާއި ލިޕްސްޓިކާއި ބެހޭ ގޮތުން. ދެން ކައިލީ ދެއްކީ އޭނާ އަކީ ކިހައި ބޮޑު މުއްސަންޖެއް ކަމުގެ ވާހަކަ." އެލެކްސް ބުންޏެވެ.
ކައިލީ ވަރުގެ މުއްސަންޖަަކަށް ނުވި ނަމަވެސް އެލްކްސް އާއި ޖެނިފާގެ މިލްކިއްޔާތު އެއްކޮށްލުމުން އެމީހުންގެ މިލްކިއްޔާތުގައި ވެސް 700 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކައިލީ އޭނާގެ މުއްސަނދި ކަމުގެ ވާހަކަދައްކައިގެން ފޮނިކެނޑި ޚަބަރު އާއްމުވުމާއި އެކު ކައިލީގެ ސަޕޯޓަރުން ބުނެފައި ވަނީ ކައިލީ އޭނާގެ މުއްސަނދިކަމުގެ ވާހަކަ ދެއްކުން އެއީ މައްސަލައެއް ނޫންކަމަށާއި ސަބަބަކީ ކައިލީ އަކީ އަމިއްލަ މަސައްކަތުން މުއްސަނދި ވެފައިވާ މީހަކަށް ވާތީ ކަމަށެވެ.
އެ މަންޖެ މުއްސަނދި ވީ އެ މަންޖެ ދައްތަ އެ މަންޖެގެ އާއިލާއަށް ލިބުނު ޕަބްލިސިޓީ ބޭނުން ކޮށްގެން އާއިލާގެ މަޝްހޫރުކަމުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިގެން. ކާޑޭޝިއަންގެ އާއިލާ މީހަކަށް ނުވި ނަމަ ތިޔައީ ދުނިޔޭގައި އުޅޭ މީހެއްކަން ވެސް ބަޔަކު ނުދަންނާނެ. އަދި ތިޔަ ވިޔަފާރިތަކަކަށް ވެސް މާ ބޮޑު ސަމާލުކަމެއް ނުލިބޭނެ. އަމިއްލަ މަސައްކަތުންނޯ! ލޮލް......
އެ މަންޖެ ދައްތަގެ ބަރަހަނާ ވީޑިޔޯއެއްގެ ސަބަބުން ލިބުނު ސަމާލުކަމަކުންނޭ މަ ބުނީމަ އެބައި ކަނޑާފަ މިއޮތީ ރާއްޖޭގެ މެޖިސްޓްރޭޓުންނާ އެނޫން ވެސް މީހުންގެ ބަރަހަނާ ވީޑިޔޯ ލީކުވެގެން އެޒާތުގެ ހަބަރު ނުގެނެސްދޭ ބަޔަކަށް ވާތީ އުތަ؟
ތި މުއްސަދިކަމުގެ އެއްވެސް ބޭނުމެއްނެތް. ވިއްކަނީ. ހަރާންދަރިން ހޯދަނީ.