މިހާރު ރާއްޖޭގެ ސިނަމާގައި އެންމެ ގިނަ ދުވަސްވީ ތަރިންގެ ތެރޭގައި ހިމެނޭ ތަރިންގެ ތެރެއިން ފަޑުވުމެއް ނެތް އެއް ތަރިއަކީ އަލީ ސީޒަންއެވެ. ފިލްމީ ދާއިރާގައި ކުރިއެރުންތަކެއް ހޯދައި، ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަން އޭނާ މިއަދު މަސައްކަތް ކުރަމުން އެބަ އާދެއެވެ. އަމިއްލަ ފިލްމްތައް ނެރުމަށް އޭނާ އެ ދަނީ މަސައްކަތް ކުރަމުންނެވެ. އެ ވާހަކަ ދެން މި ހިސާބުން ނިންމާލާނިއެވެ.

ސީޒަން އާ ގުޅޭ އިތުރު ވާހަަކައެއް ފަށައިގަންނާނަމެވެ. ސީޒަން އަށް ލޯބި ވެވިއްޖެއެވެ. ކާކު ދެކެ ކަމެއް ނޭގެއެވެ. އެކަން އިންސްޓަގްރާމް މެދުވެރިކޮށް އޭނާ މި ވަނީ ހާމަކޮށްފައެވެ.

https://www.instagram.com/p/B2135r-nfG7/

އޭނާ މިގޮތަށް ބުނެފައިވުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ލޯބިވެވުނީ ކާކު ދެކެތޯ އަހަމުންނެވެ. ސީޒަން މިގޮތަށް މީހުން ކުރާ ކޮމެންޓްތަކަށް ޖަވާބު ނުދިން ނަމަވެސް، އޭނާ ވަނީ ހަދަން އުޅޭ ފިލްމެއްކަން ޔަގީންކަމަށް މީހަކު ބުނި ކޮމެންޓަކަށް ޖަވާބު ދީފައެވެ. އެއަށްވެސް ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. އޭނާ ޖަވާބުގައި ފޮވނުވާލީ އެއް ލޯ މަރާލާފައިވާ އެމޯޖީއެކެވެ.

މިއީ ސީޒަން މީހަކު ދެކެ ލޯބިވެގެން އުޅޭތީ އޭނާ ޖެހި ސްޓޭޓަސް އެއް ނޫން ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އެއީ އޭނާގެ އާ ފިލްމްގެ ނަމެވެ.

ސީޒަން މިހާރުވެސް ދަނީ ފިލްމީ ދާއިރާގެ ބައެއް މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި އޭނާ އަމިއްލަ ޕްރޮޑަކްޝަނެއްގެ މަސައްކަތް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޮއެހަލާކު

    ސީޒަން އަށް އަހަރުން ކިޔާ އުޅެނީ ސީޑަޒަން ????

    22
    12
  2. ބަކުރު

    ކޮން ސީޒަންއެއް؟ ކާކުތަ އެއީ؟؟؟

    22
    8
  3. Anonymous

    އޭނަގެ އަސްލު ނަމަކީ ކޮބައިތަ؟

    18
    1
    • ދެކުނު ރަށެއްގެ ޖިންނި އެއް

      ސީޒަން ޢަލީ

      6
      1
  4. ޕޮގުބާ

    ވަރަށްފޫހި

  5. ކޮމެންްޓް

    ދިވެހި ފިލްމަކަތް ނެތް ސަޕޯޓެާެޭެެެޭެެެަަަެެެެާާްްއް

  6. ރަންނަމާރި އަމާ

    ދިވެއްސެއްގެ ވާހަކަތަ ތިޔަ ދައްކަނީ؟