ސިޑްނީގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރޭގައި ފިރިހެނަކު މަޝްހޫރު ކޭއެފްސީގެ ކުކުޅު ކާން ހުރި ވީޑިއޯއެއް މީސް މީޑިއާގައި އާއްމު ވެއްޖެއެވެ.
ޓިކްޓޮކް މެދުވެރިކޮށް ނަގާފައިވާ މި ވީޑިއޯއަށް އެތަކެއް ލައްކަ މީހުން ބަލާފައިވާއިރު އެ ވީޑިއޯއިން ފެނިގެންދަނީ އާންމުންގެ ގިނަ ބަޔަކު މޫނާއި ލޯ ނިވާ ކޮށްގެން މަގުމަތީގައި މުޒާހަރާ ކުރަމުން ދަނިކޮށް މީހަކު ވަރަށް ހަމަޖެހިލައިގެން ކުކުޅު ކާން ހުއްޓައެވެ.
ބައެއް މީޑިއާތަކުން ބުނެފައިވަނީ މުޒާހަރާކޮށްފައިވަނީ އެއްވެސް ވަރަކަށް މަސްނުކާ (ވެޖިޓޭރިއަން) މީހުން ކަމަށެވެ. އަދި އެފަރާތްތަކުން މުޒާހަރާގައި ވަނީ ޓީވީ ސްކީރްނެއްގައި މަސް ފެކްޓަރީއެއްގެ ވީޑިއޯ ދައްކާފައެވެ. އަދި އެ ވީޑިއޯއިން ފެނިގެން ދަނީ ޖަނަވާރުތައް ކޮށައި ކާއެއްޗެހި ތައްޔާރު ކުރާ މަންޒަރު ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.
އޭނާ އެގޮތަށް އެމީހުން ކުރިމަތީ ކުކުޅު ކައިފައިވަނީ އެމީހުންނަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ. އޭނާ އެގޮތަށް އެކަން ކުރުމުން މަންޒަރު ބަލަން ތިބި ބައެއް ފަރާތްތަކުން ވަނީ އޭނާ އާއި އެއްކޮޅަށް އަރައި އެފަރާތްތަކަށް ޖެއްސުން ކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ ކޮށްފައިވަނީ މާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ބޭނުން ކޮށްފައިވަނީ ވަރަށް ފަހަކާ ޖެހެންދެންވެސް އާއްމު ވެފައިވާ (އެނޮނީމަސް) މާސްކެވެ. އެފަރާތްތަކުން ބުނެފައިވަނީ މަސް ކޮށާފައި ކާއެއްޗެހި ތައްޔާރު ކުރާ ކުންފުނިތަކުން ދުވަހެއްގެ މައްޗަށް އެތަކެއް ސަތޭކަ ޖަނަވާރު މަރާލާ ކަމަށާއި އަދި އެކަން ހުއްޓާލުމަށެވެ. އަދި އެމީހުންނެކޭ އެއްފަދައިން ހަމަ އެކަނި ފަތް ކައިގެން ތިބުމަށްވެސް ވަނީ ގޮވާލާފައެވެ.
މުސްލިމުންނަށް ވަނީ ﷲ ސުބުހާނަހޫވަތަޢާލާ ސާފުކޮއް ކާންވީ އެއްޗެއްސާއި ނުކާންވީ
އެއްޗެހި ގުރުއާނުގައި އަންގަވައިފަ. ކުކުޅުމަސް ކެއިމަކީ ހުއްދާ ޮ
ދެން ފަތް ކަންޏާ ހަމަ ގަހެއްނު އެ ގެއްލެނީ
މަ ނަމަވެސް އޭނަ އާއި އެއްކޮޅަށް އެރީމުސް މި ފަތްޕިލާވެލި ގޭންގް މަސްކާ މީހުން ދެކެ ހާދަ ރުޅިއެކޭ އަންނަނީ.. ބޯގަޅީ ހިސާބަށް ވުރެ