ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތުއަކީ އަބަދުވެސް އޭނާގެ ޚިޔާލާއި ކެރުމުގެ ސަބަބުން ހޫނުފެނަށް ވެއްޓި ފާޑުކިޔުން އަމާޒުވާ ތަރިއެކެވެ. ނަމަވެސް އޭނާއަކީ ބޮލީވުޑް އާއި ސަރުކާރުގައި ހިނގާ ނުރަނގަޅު ކަންކަމަށް ފާޅުގައި ބަސް ބުނާ ހިތްވަރު ގަދަ ފަަންނާނެކެވެ.

ފަހަކަށް އައިސް އޭނާ ފާޅުކުރާ ޚިޔާލުގެ ސަބަބުން އޭނާ އަށް އެތައް ފިއްތުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ކަންގަނާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ އަށް ބްރީހަނުމާނީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން އޭނާގެ އަވަށްޓެރިންނަށް ބިރުދައްކާ ކަމަށެވެ.

އެގޮތުން ކަންގަނާ އާއި ގުޅުން ނުބާއްވާ އިޖުތިމާއީ ގޮތުން އޭނާ ބާކީކޮށް އެކަހެރިކުރަން އޭނާގެ އަވަށްޓެރިންނަށް ނޯޓިސް ފޮނުވާފައިވާ ކަމަށާއި އޭނާގެ އަވަށްޓެރިންނަށް މުނިސިޕަލް ކޯޕަރޭޝަނުން އިންޒާރުދޭ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އޮގަސްޓް މަހު ގޭގެ ކައިރިން ބަޑި ޖަހައި ބަޔަކު އޭނާ އަށް ބިރު ދައްކަން އުޅޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވިއެވެ.

އޭގެ ފަހުން ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ކަންގަނާގެ ގޭގެ ބައެއް ތަޅާ ސުންނާފަތިކޮށްލި މައްސަލައެއް ފެންމަތިވިއެވެ.

މި ހަމަލާތައް ދިނީ ބީއެމްސީއިން ކަމަށް ތުހުމަތުކުރެވެއެވެ.

ކަންގަނާއަށް ވަނީ ބީއެމްސީ އާއި ދެކޮޅަށް ކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ.

ބީއެމްސީއާ ދެކޮޅަށް ކަންގަނާ ހުށަހެޅި މައްސަލައިގެ ހޯމަ ދުވަހުގެ އަޑުއެހުމުގައި ބީއެމްސީއިން ބުނީ އެ މައްސަލައިގެ ސަަބަބުން ބީއެމްސީގެ އަގު ވެއްޓޭ ކަމަށެވެ. މި މައްސަލަ ފެށިފައި ވަނީ ކަންގަނާ އާއި ޝިވް ސޭނާ އަދި ސަންޖޭ ރައުތް އާއި މެދު ބަދަލު ކުރި ބަހުގެ ހަމަލާތަކަށް ފަހުގައެވެ.

ކަންގަނާ އާއި ސިޔާސީ މީހުންނާ ދެމެދު ކުރި މި ޒުވާބު ހޫނުވެ ފަހުން ފުލުހުން ވަނީ އޭނާ އަށް ސެކިއުރިޓީވެސް ދީފައެވެ.