މީހަކާއި ލޯބީގެ ގޮތުން އުޅެމުން އެހެން ނޫނީ ޒަވާޖީ ހަޔާތެއްގައި އުޅޭ އިރު ބޭވަފާތެރިވުމަކީ ބައެއް އަންހެނުންނާއި ފިރިހެނުންގެ ކިބައިންވެސް ފެންނަ ކަމެކެވެ. އެތައް ޒަމާނެއް ވަންދެން އުޅުމަށްފަހު ބޭވަފާތެރިވާ ސަބަބު ދެނެގަތުމަށް ކުރި ދިރާސާތަކަށް ފަހު އެނގެނީ އަންހެނުން ބޭަފާތެރިވަނީ ޖަޒުބާތީ ސަބަބުތަކާއި ހުރެކަމެވެ. އެއާއި ޚިލާފަށް ފިރިހެނުން ގިނަ ފަހަރަށް ބޭވަފާތެރި ވަނީ ޖިސްމާނީ ސަބަބުތަކާއި ހުރެކަން އެނގެއެވެ.

ސުވާލު ނުއުފެދޭ ކަމަކީ ބޭވަފާތެރިވުމަކީ އަހުލާގު ދަށް ކަމެއްކަމެވެ. ބޭވަފާތެރިވާ މީހުންގެ ބައެއް ސިފަތައް ދެނެގަންނަންވެސް އެތައް ދިރާސާއެއް ވަނީ ކުރެވިފައެވެ. އެގޮތުން ކުރި ދިރާސާތަކުން ހާމަވާ ބައެއްކަންކަން އެބަހުއްޓެވެ.

މިގޮތުން ޗައިނާގެ ސައުތުވެސްޓް ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުން ބަރު ފިރިހެނުން ބޭވަފާތެރިވުމުގެ ފުރުސަތު ބޮޑުކަމެވެ. އަޑު ބަރުވަނީ އެފަދަ ފިރިހެނުންގެ ގައިގައި ޓެސްޓެރޯންގެ މިންވަރު ގިނަ ވުމުން ކަމަށް އެ ދިރާސާއިން އެނގެއެވެ.

އެ ދިރާސާގައި 88 ފިރިހެނުންނާއި 128 އަންހެނުންގެ އަޑު ރެކޯޑް ކުރުމަށް ފަހު ބައިވެރިޔާ އަށް އެ މީހުން ވަފާތެރިވާ މިންވަރާއި މެދު ވަނީ ސުވާލުކޮށްފައެވެ. އަދި އެ މީހުން ގަޔާ ވަނީ ކޮން ކަހަލަ ސިފަތަކެއް ހުންނަ ބަޔަކާތޯވެސް ވަނީ ސުވާލުކޮށްފައެވެ.

ޗައިނާގެ ޓީމަކުން ކުރި އެ ދިރާސާއިން އެނގޭ ގޮތުން ބަރު އަޑު ހުންނަ ފިރިހެނުންނާއި އަންހެނުން ގަޔާވާ މިންވަރު އިތުރެވެ. އެހެން އަންހެނުން ގަޔާވާވުމަކީ ފިރިހެނުން ވަރަށް އަވަހަށް އެމީހުންގެ ބައިވެރިންނަށް ބޭވަފާތެރިވާން ޚިޔާލު ކުރުމުގެ ފެށުން ކަމުގައި ގިނަ ބަޔަކު ދެކޭއިރު، ވަރުގަދަ ފިރިހެންވަންތަ އަޑުން މީހުން ޒަވާޖީ ގުޅުންތައް ސީރިއަސްކޮށް ނަގާ މިންވަރު ކުޑަކަން އެ ދިރާސާއިން ހާމަވެގެން ގޮސްފައި ވެއެވެ.

އެހެންނަމަވެސް އަންހެނުންގެ އަޑު ރީތި ވުން، ނުވަތަ ބަރުވުމަައި ބޭވަފާތެރިވުމާއި ގުޅުމެއް ނެތް ކަމަށް ވެސް އެ ދިރާސާއިން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއެސޮރު

    އެހެންވެއްޖާ އަޅުގަނޑަކީ ބޮޑު ބޭވަފާ ތެރިޔެއް . ވަގުތާ ދޭތެރޭ ދައުވާ ކުރާނަން.

    22
    4
  2. ޓަގޭ އޭނަ

    ޢަޑުކިރާލަންދާންވީ

    17
    • ކިޔޫ

      ހަހަހާަ....

      11
  3. އަޑުބަރޭ

    މަށަކުވާ އަދި ނުވަން

  4. އޭނާ

    ރަނގަޅު. މި މައްސަލަޔަކީ ވަގުތާ ދޭތެރޭ ދަޢުވާކުރުންް ވާޖިބު މައްސަލަޔެެއް.