ދެކުނު ކޮރެޔާގެ ލަވަކިޔާ ބޭންޑެއް ކަމަށްވާ ބީޓީއެސްއަކީ މިޔުޒިކުގެ ދުނިޔޭގައި ރަންވަނަތަކެއް ހާސިލު ކުރަމުންދާ ބޭންޑެކެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ސަޕޯޓަރުން ތިބޭ މި ބޭންޑުގެ އެންމެ ބޮޑު ބާރަކީ އެމީހުންގެ ސަޕޯޓަރުންނެވެ.
ސަޕޯޓަރުންނަށް އޮޓޯގުރާފް ދިނުމަށް ބޭއްވި އިވެންޓެއްގައި ބީޓީއެސްގެ މެމްބަރުން ނިދާފައި އޮންނަ ގޮތް ބުނެދިނުމަށް ޝުގާރ ގާތު އެދުނު ސަޕޯޓަރަކަށް، ޝުގާރ ވަނީ ބީޓީއެސް މެމްބަރުން ނިދާފައި ތިބޭ ގޮތުގެ ކުރެހުން ކުރަހާފައެވެ.
އާރްއެމް
އާރްއެމް ނިދާފައި އޮއްވާ ކުރަހާފައިވަނީ ބުލޭންކެޓެއްގެ ދަށުގައި ހަމައެކަނި ބޯ ފެންނަ ގޮތަށެވެ. ޝުގާރގެ ކުރެހުމާއި އާރްއެމް ނިދާފައި އޮންނަ ގޮތާއި ވަރަށް ވައްތަރެވެ.
ޖިން
ޖިން ނިދާފައި އޮންނަނީ ބޯ އަޅައިގެން އޮންނަ ބާލީހުގެ ދަށަށް އަތްލައިގެންނެވެ. ޝުގަރގެ ކުރެހުމުން ވެސް ދައްކުވައިދީފައިވަނީ މިގޮތަށެވެ.
ޖޭ-ހޮޕް
ޖޭ-ހޮޕް ނިދާފައި އޮންނަ ގޮތުގެ ތަސްވީރެއް ޝުގަރ ނުކުރަހައެެވެ. އެއީ ޖޭ-ހޮޕް ނިދާފައި އޮންނަ ގޮތުގެ ތަފާތު ކަމުން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޖޭ-ހޮޕް ނިދާފައި މި އޮންނަ ގޮތުގެ ސަބަަބުން އޭނާއާއި އެކު އެއް ކޮޓަރިއެއްގައި ނިދާ މީހަކަށް އުދަނގޫ ވެދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ވީ
ޝުގަރގެ ކުރެހުމުގައިވާ ގޮތުން ވީ ނިދާފައި އޮންނަނީ ބާލީހެއްގައި ބައްދައިގެންނެވެ. ވީ ނިދާފައި އޮންނަ އަސްލު ފޮޓޯއެއްގައި ވެސް ވީ އޮންނަނީ އޭނާގެ ބާލީހުގައި ބައްދައިލައިގެންނެވެ.
ޖަންކުކް
ގުރޫޕުގެ އެންމެ ހަލަބޮލި މެމްބަރު ނިދުމުގައި ވެސް އެކަން ފެނެއެވެ. ޝުގަރ ކުރަހާފައިވާ ފޮޓޯގައި ޖަންކުކް ފެންނަނީ ހަތަރެސް ފައި ކުރުކޮށްލައިގެން ''ސްޓަރ ފިޝް'' އެއްގެ ގޮތަށް އޮއްވައެވެ. ބީޓީއެސްގެ އެންމެ ހަގު މެމްބަރު ޖަންކުކް ނިދުމަށް ބާލީހުގެ ބަދަލުގައި ބޭނުން ކުރަނީ ތުވާއްޔެކެވެ.
ޖިމިން
ޖިމިންއާއި ޝުގަރ ނިދުމުގައި އޮވެވެނީ އެއް ގޮތަކަށް ކަމަށް ޝުގަރ ބުނެފައިވެއެވެ. އެއީ ބޯ ދަށަށް އަތްލައިގެން އެއް އަރިއަށެވެ.
ވަރަށް ލޯބި😍😍😍😍😍😍