އިންޑިއާގެ މަޝްހޫރު އަދި އެންމެ ކުޅަދާނާ އެއް ލަވަކިޔުންތެރިޔާ ނެހާ ކައްކަރްގެ އަލަތު ކައިވެނި ކުރިއަށްގެންގޮސްފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ.

އޭނާ ކައިވެނިކޮށްފައި ވަނީ ލަވަކިޔުންތެރިޔާ ރޯހަންޕްރީތް ސިންގ އާއެވެ.

އެ ކައިވެންޏަށްފަހު އެ މީހުން ހަނީމޫނަށް ދުބާއީއަށް ދިޔައެވެ. ދުބާއީއަށް ގޮސް އެނބުރި އައިސް މީސް މީޑިއާ އަށް ދޫކޮށްލި ފޮޓޯއަކާއެކު އޭނާ ބަނޑުބޮޑުކަމުގެ ވާހަކަތައް ދެކެވުނެވެ.

އެ ފޮޓޯއިން ފެނިގެން ދަނީ ނެހާގެ ބަނޑު ކޮންމެވެސް ވަރަކަށް އުފުލިފައި ހުންނަ މަންޒަރެވެ. އަދި ރޯހަން އޭނާގެ ބަނޑުގައި އަތް ބާއްވައިގެން އިންނަ މަންޒަރުވެސް ފެނެއެވެ.

އެހެން ނަމަވެސް ފަހުން އެނގުނުގޮތުގައި، އޭނާ ބަނޑުބޮޑެއް ނޫނެވެ. އެއީ ލަވައެއް ޕްރޮމޯޓް ކުރުމަށް އެ މީހުން ޖެއްސި ސްޓަންޓެކެވެ.

އެ ސެޓަންޓް ކަމުނުގޮސްގެން އެ ވާހަކަތައް ދައްކަމުން ދަނިކޮށް މިފަހަރު ނެހާ ބަނޑުބޮޑުކަމަށް ގިނަބަޔަކު ބުނަމުން ދަނީ މީސް މީޑިއަަށް ދޫކޮށްލާ ފޮޓޯތަކުގެ ސަބަބުންނެވެ.

އެ ފޮޓޯތަކުން ނެހާގެ ބަނޑު އުފުލިފައި ހުންނަ މަންޒަރު ފެނިގެން ދެއެވެ. އެހެންކަމުން މިފަހަރު އޭނާ ހަމަ އަސްލަށްވެސް ބަނޑުބޮޑުކަމަށް ވެދާނެ ކަމުގެ ވާހަކަތައް ދެކެވެމުން ދެއެވެ.

ނެހާ މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުކިޔައެވެ.