މީސްމީޑިއާ އަށް ބަލާލުމުން މި ދެ ދުވަހު އެންމެ ގިނައިން ފެންނަ އެއް ވާހަކަ އަކީ "ޝިފާޒޫ މަޑި ފެނޭތަ"ގެ ވާހަަކައެވެ. މީސްމީޑިއާ ފުރެންދެން އޮތީ މި އާއި ގުޅޭ މީމްތަކާއި މަޖާ ވީޑިއޯތަކެވެ. ތަފާތު އެކި މީހުންގެ ސްޓޭޓަސްތަކުން ވެސް ފެންނަނީ މި ވާހަކައެވެ. މިއީ ކޮން ވާހަކައެއް ހެއްޔެވެ؟.މި ވީޑިއޯ އަކީ ކޮންވާހަކައެއް ހެއްޔެވެ؟ ޝިފާޒް އަކީ ކާކުހެއްޔެވެ؟ އެ ވީީޑިއޯ އިން އެ އިވެނީ ކާކުގެ އަޑު ހެއްޔެވެ؟
އެ ވީޑިއޯ އިން އިވޭ އަޑަކީ ދެވަނަ ތައާރަފަކަށް ބޭނުން ނުވާނެ އަލީ ހުޝާމް (އަލީ ސުޕާރީ)ގެ އަޑެވެ. އެ ވީޑިއޯ އިން އިވެނީ ތުއި ފާޑަކަށް ޝިފާޒް ކިޔާ މީހަކަށް އޭނާ ގޮވުމަށް ފަހު މަޑިތަކުގެ ވާހަކަ ދައްކާ އަޑެވެ. މި ހުރިހާ ސުވާލެއްގެ ޖަވާބު މިއޮތީއެވެ. މިއީ ސަންގު ޓީވީން ގެނެސްދޭ "އަހަމާ ބަހަމާ” ޓީވީ ޝޯގެ ޝޫޓިންއެއް ނެގުމުގެ ކުރިން އެ ޝޯގެ އެއް ހޯސްޓް ކަމަށްވާ މަޝްހޫރު ކޮމޭޑިއަން ހުޝާމް ފޭސްބުކްގައި ކުރި ވަގުތުން ގެނެސްދިން ވީޑިއޯއެއްގައި ދެއްކި ވާހަކައެވެ.
މިއީ އަހަމާ ބަހަމާގެ ޝޫޓިންއެއް ކުރިއަށް ގެންދިއުމުގެ ހިނދުކޮޅެއް ކުރިން ނަގާފައިވާ ވީޑިއޯއެކެވެ. ބަނދަރު ސަރަހައްދުން ވަގުތުން ގެނެސްދިން މި ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
“ބަޔަކޫ. ސޮރަކޫ. މީހަކޫ ހުސްމަޑި. ޝިފާޒް ޔޫއަށް ފެނޭތަ މަޑި؟” ސަކަރާތް ޖަހަމުން މިހެން އަލީ ސުޕާރީ ބުނާ އަޑު އިވެއެވެ. ވީޑިއޯގައި އޭނަ ގޮވަމުންދަނީ އަހަމާ ބަހަމާގެ ހުށަހެޅުންތެރިއެއް ކަަމަށްވާ ޝިފާޒު އަށެވެ.
ދެން ކިހިނެއް ވާން ވީ ؟
މި ރޯދަމަހު ޓީވީ ޗެނެލަކުން ދައްކާ އެންމެ ސަޅި ޝޯ
ކޮބާތަ ތި ޝިފާޒް ގެ ރޭޕް ކޭސް؟
ދެން މަށަށްކޭތް😏
އާހ..ވީޑިޔޯގެ ހަގީގަތް އެނގުނީމަ ދެން ހިތްހަމަޖެހިލައިގެން މިރޭ ނިދޭނެ. ތޭންކްސް ވަގުތު 😆