އެއާޕޯޓަށް ފްލައިޓް ޖައްސަމުންދާ ވަގުތު ވަށައިގެން ފެންނަމުންދާ މަންޒަރަކީ ގިނަ ބަޔަކަށް ހިތްގައިމު މަންޒަރެކެވެ. ފްލައިޓުގައި އިނދެގެން އެ ހިތްގައިމު މަންޒަރުތައް ބެލުމަކީ ދަތުރުކުރާ މީހުންނަށް ލިބޭ ހިތްހަމަ ޖެހުމެކެވެ.

އެއާޕޯޓެއް އެންމެ ފުރިހަމަ އެއާޕޯޓަކަށް ވެގެންދަނީ އެތަނަކުން ލިބޭ ހިދުމަތްތަކުގެ އިތުރުން ވަށައިގެންވާ މާހައުލުވެސް ހިތްގައިމުވުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެެވެ. ދުނިޔޭގެ އެންމެ ފުރިހަމަ އަދި ހިތްގައިމު 15 އެއާޕޯޓެއް ހޮވައި ސީއެންއެން ޓްރެވަލްސް ނޫހުން ރިޕޯޓެއް ޝާއިޢު ކޮށްފިއެވެ. ދާދި ފަހުން ޝާއިޢު ކޮށްފައިވާ މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ 15 އެއާޕޯޓުގެ ތެރޭގައި ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނިފައިވެއެވެ.

ސީއެންއެން ޓްރެވަލްސްއިން ޝާއިޢު ކޮށްފައިވާ ރިޕޯޓުގައި ވަނީ އެއާޕޯޓަށް ޖައްސާ ވަގުތު ފެންނަ އަތޮޅުތަކާއި ހިތްގައިމުކަމުގެ ވާހަކަ ފާހަގަ ކޮށްފައެވެ. ކުދި ޖަޒީރާ ރައްތަކަކަށް ބެހިފައިވާ ކުޑަ ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބަލާލަން ރީތި ސަރަހައްދެއްކަމަށް ބުނެފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަލެއާއޯ އެއާޕޯޓާއި، މާކޯ ޕޯލޯ އެއާޕޯޓު، ކޭޕް ޓައުން އެއާޕޯޓް، ސޭން ފްރާންސިކޯ އެއާޕޯޓް، ގެނާއޯ އެއާޕޯޓް، ހޭތްރޯ އެއާޕޯޓް، ކިގާލީ އެއާޕޯޓް އަދި ނައިސް އެއާޕޯޓް ހިމެނެއެވެ.

ސީއެންއެންގެ ރިޕޯޓުގައި ވަނީ މީގެން ކޮންމެ އެއާޕޯޓަކަށް ޖައްސަމުންދާއިރު، ފެންނާނެ މަންޒަރުތައް ސިފަކޮށްފައެވެ. އެގޮތުން ފެހިކަންގަދަ ސަރަހައްދުތަކާއި، ހިލްތަކާއި، ލޭންޑްމާކް ތަކާއި މޫދު އަދި އެކި ކުލަ ކުލައިގެ ބޮކިތަކުން ޖަރީވެފައިވާ ސިޓީތަކުގެ ފުރިހަމަކަން ފެންނާނެ އެއާޕޯޓުތައް ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލްލޮލް

    އައްޗީޑި.....

    3
    4
  2. ތަކުރޭ

    ޖައްސަން ހިއްގައިމޭ އެކަމް އޭގެ ފަހުން.........

    5
    1
  3. ހަސަނު

    ހިތްގައިމުކަމުން ކެއްނުވެގެން މަވެސް މިއުޅެނީ ބޯޓެއް ގަތްނަން.

  4. ރަންވޭ މީހާ

    ފުލައިޓެއް ޖެސެނީ ބަތާޅީސް ގަޑީރުން