އޮސްޓްރޭލިއާގެ މަގުތައް ރަތް ކަކުނިން ފުރާލައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގަދަ ރަތް ކުލައިގެ ކަކުނިތައް އޮސްޓްރޭލިއާގެ މަގުތައް ފުރާލާފައިވަނީ އެހެން ހިސާބަކަށް ހިޖުރަ ކުރުމަށް ކުރާ ދަތުރުގެ ތެރެއިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަކުނިތައް އެހެން ހިސާބުތަކަށް ހިޖުރަ ކުރަން ފަށާފައިވަނީ އެގައުމުގެ ކްރިސްމަސް އައިލޭންޑަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެސޮރުމެން އުޅޭ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުންނެވެ.

މިލިއަނަކަށްވުރެ ގިނަ ކަކުނިތަށް ކުރާ މި ދަތުރުގައި މުޅި މަގުތައް ވަނީ ރަތް ކުލައަށް ބަދަލު ކޮށްފައެވެ.

ކަމުގެ މާހިރުން ބުނާ ގޮތުގައި ކަކުނިތައް ކުރާ އެދަތުރުގައި އިސްކޮށް ހަރަކާތްތެރިވާނީ ފިރިހެން ކަކުނިތަކެވެ. ފިރިހެން ކަކުނިތައް އަންހެން ކަކުނިތަކަށް މަގު ދައްކާނެ ކަމަށް ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ބުނާ ގޮތުގައި ކްރިސްމަސް އައިލޭންޑުގައި 50 މިލިއަނަށްވުރެ ގިނައިން ރަތް ކަކުނި އުޅެއެވެ. އަދި އެއީ އެފަދަ ކަކުނިތައް ހަމަ އެކަނި ފެންނާނެ ތަން ކަމަށް ވެސް ވަނީ ބުނެފައެވެ. މިއީ ކޮންމެ އަހަރަކު އެއްފަހަރު ހިނގާ ކަމެއް ކަމަށް ވެސް އެގައުމުން ވަނީ ބުނެފައެވެ.

"އާއްމުކޮށް މި މަންޒަރު ފެންނާނީ އޮކްޓޯބަރާއި ނޮވެމްބަރު މަހުގައި. އެހެން ނަމަވެސް މަދުން ނަމަވެސް ޑިސެމްބަރާއި ޖެނުއަރީ މަހުގައި ފެނޭ" އެގައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

ޕާކް އޮސްޓްރޭލިއާއިން ބުނެފައިވަނީ މި ހާލަތު ދިމާވާ ކޮންމެ ފަހަރަކު އޮފީސްތަކުގެ ދޮރުމައްޗާއި ޕާކިންތަކުގެ އިތުރުން މަގުތައް އެސޮރުމެން ފުރާލާނެ ކަމަށެވެ. އަދި އެސޮރުމެންނަށް މަގު ދެއްކުމުގެ ގޮތުން އުނދަގޫވާނެ ފަދަ ނުކުރުމަށް ވެސް އެފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.