މަޝްހޫރް މޭކަޕް އާރޓިސްޓެއްގެ އިތުރުން، މޮޑެލިންގެ ދާއިރާގައިވެސް ފުންނާބު އުސް އަދި ރިއަލީ ޝޯގެ ތަރި ކައިލީ ޖެނާގެ މިލްކުވެރިކަމުގެ ދަށުގައި މިހާރު ގާތްގަނޑަކަށް 9 މިލިއަން ޑޮލަރު އުޅޭއިރު، މަދުވާ 1 މިލިއަން ޑޮލަރު އާންމުންގެ އެހީތެރިކަމާއިއެކު ހަމަކޮށްދިނުމަށް "ގޯ ފަންޑް މީ"ގެ ނަމުގައި ކެންޕޭނެއް ފަށައިފިއެވެ.
ޚަބަރުތައް ބުނާގޮތުގައި، މަދުވާ 1 މިލިއަން ޑޮލަރު ހަމަކުރެއްވިއްޖެ ނަމަ، ކައިލީއަކީ ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރަށް ވާނެއެވެ.
އުމުރުން އެންމެ 20 އަހަރުގެ ކައިލީ އެންމެ ޒުވާން ބިލިއަނަރަށް ހެދުމަށް އިންޓަނެޓް މެދުވެރިކޮށް ފެށި މި ކެންޕޭނަށް ގިނަ ބަޔަކު ޓުވިޓާގައި ފާޑުކިޔަމުންދާއިރު، "ގޯ ފަންޑް މީ" ކެންޕޭނަކީ ކައިލީގެ ފޭނެއް ކަމުގައިވާ ޖޯޝް ނަމަކަށް ކިޔާ އިންސްޓަގްރާމް ސެލެބްރިޓީއަކު ހިންގާ ކެންޕޭނެކެވެ.
މި ކެންޕޭނުގެ ޑިސްކްރިޕްޝަންގައި ބުނާގޮތުގައި ކައިލީއަށް ބިލިއަން ޑޮލަރު ނުލިބޭ ދުނިޔެއެއްގައި އޭނާގެ ފޭނުން އުޅޭކަށް ބޭނުމެއް ނުވެއެވެ. އެހެންވެ، ކޮންމެ މީހަކަށްވެސް ވީވަރަކުން ކައިލީއަށް އެހިތެރިވެދިނުމަކީ މި ކެންޕޭން އިންތިޒާމްކުރި ފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކެންޕޭން އިންތިޒާމް ކުރި ޖޯޝް ބުނާގޮތުގައި، އާންމުގޮތެއްގައި ގިނަމީހުން މި ކެންޕޭނަށް ފަސް ޑޮލަރު ހަދިޔާ ކުރިނަމަވެސް، ކޮންމެވެސް ފަރާތަކުން 100 ޑޮލަރުވެސް ހަދިޔާކޮށްފައިވެއެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ޖޯޝް ފާހަގަކުރިއެވެ.
މިއީ އިންޓަނޭޓް މެދުވެރިކޮށް މިފަދަ ގޮތަކަށް ކުރާ ފުރަތަމަ ކެންޕޭން ނޫންކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ ކުރިންވެސް މަޝްހޫރް އެތައް ފަރާތްތަކަށް މިފަދަ ގޮތަކަށް އާންމުންގެ އެހީތެރިކަން ލިބިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުމާ އަލުން ދިރާސާ ކެރާ މަށް ފެނެއި
9 މިލިއަނަށް 1 މިލިއަން އެއްކުރުމުން ވާނީ 10 މިލިއަން. ބިލިއަނެއް ހަމަކުރަން އަދި 990 މިލިއަން ބޭނުންވާނެ. އާންމުންގެ އެހީތެރިކަމާއެކު ތިކަން ކުރާނަމަ އާންމުން ވަރަށް ދީލަތިވާންޖެހޭނެ. އެފަދަ ދީލަތި އާންމުން ހޯދުމަށް ކައިލީވެސް ސަނީލިއޯން ހިގި މަގުން އަވަހަށް ހިނގާގަނޭ؟؟؟؟؟؟؟؟
އަދިވެސް ނުބައި... 1000މ ވީމަ 1ބ ވާނީ
އަދިވެސް ނުބައި... 1000މ ވީމަ 1ބ ވާނީ