ދެކުނު ކޮރެޔާގެ އެންމެ މަޝްހޫރު ދެ ލަވަ ބޭންޑު ކަމުގައިވާ ބީޓީއެސްއާއި ބްލެކްޕިންކުގެ ދެ މެމްބަރެއް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ މީސް މީޑިޔާގައި ދެކެވޭ ވާހަކަތަކަށް އެޖެންސީއިން ރައްދު ދީފިއެވެ.
ޖެނީއާއި ވީ ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތައް ފެތުރިފައިވަނީ ޖެނީއާއި ވީ އެކުގައި ކާރެއްގައި ދަތުރު ކުރާ ފޮޓޯއެއް މީސް މީޑިޔާގައި އާއްމުވުމުންނެވެ.
މި ފޮޓޯ ނެގިފައިވަނީ ދެކުނު ކޮރެޔާގެ ޖެޖޫ އައިލެންޑްސްގައި ކަމަށް ރިޕޯޓްތަކުގައި ވެއެވެ.
ދުރުން ޒޫމް ކޮށްގެން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ޖެނީއާއި ވީ ކާރެއްގެ ތެރޭގައި އައިނެއް އަޅައިގެން ތިބޭ މަންޒަރެވެ.
މީޑިޔާގައި މި ފޮޓޯ ދައުރުވުމާއި އެކު ޖެނީއާއި ވީގެ ސަޕޯޓަރުން ދަނީ މިކަމާއި ގުޅިގެން ބަހުސްކުރުންތައް ކުރަމުންނެވެ. މި ފޮޓޯ ޓުވިޓާގައި ހިއްސާ ކޮށްފައިވާ ފަރާތަކުން ބުނެފައިވަނީ އެއީ އެޑިޓް ކޮށްފައިވާ ފޮޓޯއެއް ކަމަށެވެ. އަދި ޖެނީއާއި ވީ މާސްކު ނާޅާ ޖެޖޫ އައިލެންޑްސްގައި އެހާ ހާމަކަން ބޮޑު ގޮތެއްގައި ނޫޅޭނެ ކަމަށް ވެސް ލިޔެފައިވެއެވެ.
އެހެން ސަޕޯޓަރަކު ލިޔެފައިވާ ކޮމެންޓެއްގައި ވަނީ އެއީ ކޮންމެވެސް އެހެން ކަންތައްކެއް އޮއްބާލުމަށް އެޑިޓް ކޮށްފައިވާ ފޮޓޯއެއް މީސް މީޑިޔާގައި ހިއްސާ ކުރީ ކަމަށެވެ.
ނަމަވެސް ޖެނީއާއި ވީގެ ފޮޓޯ ޖެޖޫ އައިލެންޑްސް އިން ހިއްސާ ކޮށްފައިވާތީ އެކަމުގައި ކޮންމެވެސް ހަގީގަތެއްވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މިކަމަމާއި ގުޅިގެން ވީގެ އެޖެންސީއިން އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ޖެނީގެ އެޖެންސީއިން ބުނެފައިވަނީ އެކަމާއި ގުޅިގެން ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށާއި ހިއްސާކުރާނެ އިތުރު އައު ކަމެއް އޮތްނަމަ ވަރަށް އަވަހަށް އެކަމެއް ހިއްސާ ކުރާނެ ކަމަށެވެ.
ހުސް ފޭކްތީ ދޭއާ ނޮޓް ޑޭޓިންގް
މަހުއްޓާ ވީ ނުދާނެ ޖެނީ ގޮވައިގެނެއް!
ލޮލް ހަމަ ޔޫ އަށް
އެއީ އިން ދަ ސޫޕް ސ1 އަށް ދިޔަ އިރު ނަގާފަ އިން ފޮޓޮއެއް.. އެއީ ޖެނީ އެއް ނޫން.. އެއީ ހޮބީ.. ދޭ އެޑިޓެޑް ހޮބީ ވިތް ޖެނީ..