"މިއީ 2016 ވަނަ އަހަރު ރަސްފަންނުން މާލެ އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެން ކުއްޖަކަށް ދިމާވި ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގެ އަސްލު ނުގެއްލޭނެހެން އުނި އުނި އިތުރު ގެނެސްފައިވާނެއެވެ. އަދި މަސްލަހަތަށްޓަަކއި މި ވާހަކައިގައި ބޭނުންކޮށްފައިވާނީ އަސްލު ހާދިސާގެ ނަންނަމެއް ނޫނެވެ"
އެއީ 2016 ވަނަ އަހަރެވެ. ރަށު ސުކޫލުން ތައުލީމު ސާނަވީ ދައުރު ނިންމުމަށް ފަހު އަހަރެން މާލެއައީ އިތުރަށް ކިޔެވުމުގެ ބޭނުމުގައެވެ.
މާލޭގައި އަހަރެންގެ ތިމާގެ މީހުން ތިބި ނަމަވެސް އަހަރެން ދިރިއުޅެމުން އައީ ފައިސާއަށް ކުދިން ބަހަށްޓާދޭ ގެއެއްގައެވެ. އެއީ އެ ގޮތަކީ ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ގޮތް ކަމަށް އަހަންނަށް ފެންނާތީއެވެ.
މާލެ އައިސް ކިޔަވަން ފެށުމުގެ ކުރިން އަހަރެން ގެއާއި ކައިރީގައި ހުރި ފިހާރައަކަށް ވަޒީފާއަށް ދާން ފެށީމެވެ.
ފިހާރައިން އަހަންނަށް ލިބޭ މުސާރައިން ގެއަށް ފައިސާ ދަށްކާފައި އަމިއްލަ ހަރަދުތަށް ކޮށްލެވޭ ވަރުވެއެވެ. އެހެންކަމުން ވަރަށް ގިނައިން ރަށްޓެހިންނާއި އެކު ބޭރަށް ގޮސް އުޅެމެވެ. ކޮންމެ ދުވަހަކު އަހަންނަށް ހުސް ވަގުތެއް ލިބެނީ ރޭގަނޑު 10 އެއްގެ ފަހުން ކަމުން އަހަރެން އެކުވެރިންނާއި އެކު ގިނައިންް ބޭރަށް ދަނީވެސް އެގަޑީގައެވެ.
ރަށްޓެހިންނާއި އެކު ބޭރަށް ގޮސް އުޅުމުގެ ތެރޭގައި އަހަންނަށް އެތަކެއް އައު އެކުވެރިންނެއް ލިބުނެވެ. އެގޮތުން އަހަންނާއި ބައްދަލުވި އެއް އެކުވެރިއަކީ ހަމްދޫންއެވެ. ހަމްދޫންއަކީ އަންހެންކުދިން ހިތް ކިޔާ ކަހަލަގެ ސިފަތަކެއް ލިބިގެން ހުރި ޒުވާނެއެވެ.
އަހަރެން ރަށްޓެހިންނާއި އެކު ކޮފީތަކަށާއި ފިނި ބުރުތަކަށް ދާއިރު ހަމްދޫންވެސް އަހަރެމެންނާއި އެކު ވަރަށް ގިނައިން ދާނެވެ.
އެގޮތުން އެއް ދުވަހަކު ކޮފީއެއް ނިންމާލުމަށް ފަހު ހަމްދޫން އަހަރެން ގެއަށް ލާދޭން ދިޔައެވެ. އަހަރެމެންގެ ރަށްޓެހިކަމުގެ ގުޅުން ބަދަލުވާން ފެށީ އެހާ ހިސާބުންނެވެ. ހަމްދޫންގެ ބައެއް އަމަލުތަށް ހުންނަ ގޮތުން ހަމްދޫންވެސް އަހަންނާއި ގުޅެން ބޭނުންވާކަން އެނގެއެެވެ.
އެ ދުވަހުގެ ފަހެވެ. އަހަންނާއި ހަމްދޫން ގުޅައިގެން ވަރަށް ވާހަކަ ދައްކަމެވެ. ބައެއް ފަހަރު މެސެޖުކޮށްގެން ވެސް މެއެވެ. މީގެ ކުރިން އަހަރެމެން ދުވަހަކުވެސް އެކަހެރިކޮށް ބައްދަލުވެފައި ނުވާއިރު އަހަރެމެން ތައްރާޔުވަމުން އައީ އެކަހެރިކޮށް ބައްދަލުވެލާށެވެ.
ފިހާރައިން އަހަންނަށް އޮފް ލިބޭ ދުވަސް ބަލައި އަހަރެން ހަމްދޫން އާއި ބައްދަލުކުރީމެވެ. އަހަރެމެން ބައްދަލުކުރީ ރަސްފަންނުގެ އުތުރުން ، ވެސްޓް ޕާކާއި ދިމާލުން އިންނަ މަސްބޭނުމަށް ހާއްސަކޮށްފައިވާ ފާލަން ކައިރިންނެވެ. އެ ސަހަރައްދަކީ ވަރަށް އަދިރި ސަހަރައްދެކެވެ. އަދި މަދުން ނަމަވެސް ލޯބިވެރިން އެ ސަހަރައްދުގައި ވަގުތުތަށް ހޭދަކުރާ މަންޒަރު ފެނެއެވެ. ތަންކޮޅެއް މީހުން މަދު ދިމާލެއް ބަލައި އަހަރެމެންވެސް އިށީނީމެވެ. އަދި އެތާނގައި އަހަރެމެން ވަރަށް ދަންވަންދެން ތިބީމެވެ.
އަހަރެން ގެއަށް އައި އިރު މެންދަމު 2 ޖަހާފާނެއެވެ. ގެއަށް ވަދެ ފެންވަރާލައިގެން އަހަރެން ނިދަން ދިޔައީމެވެ. އެއީ ޖެހިގެން އަންނަ ދުވަހު ޑިއުޓީވެސް އޮތުމާއި އެކުއެވެ.
ހަމްދޫން އާއި އަހަރެންގެ ފުރަތަމަ ބައްދަލުވުމަށް ފަހު އަހަރެމެން ވަރަށް ގިނައިން ބައްދަލުވެ ހަދަމެވެ. އެކި ފަހަރު އެކި މަންޒިލުންނެވެ. ނަމަވެސް އަހަރެމެން ދެމީހުންނަށްވެސް އެންމެ ކަމުދަނީ ފުރަތަމަ ރޭގައި އަހަރެމެން އިހްތިޔާރު ކުރި މަންޒިލްއެވެ.
ހަމްދޫން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ މަސް ދުވަސް ވެއްޖެއެވެ. ދުވަހަކު މީހަކާއި ގާތް ނުވާ ވަރަށް އަހަރެން ހަމްދޫން އާއި ގާތް ވެވުނެވެ. ހަމްދޫން އާއި އެހާ ގާތްވެވިފައި ވުމުން ދުވަހަކުވެސް ހަމްދޫން އަހަރެން ދޫކޮށްލާނެއޭ އަހަރެންގެ ހިތަކަށް ނާރައެވެ.
ނަމަވެސް އަހަރެންގެ އުންމީދުތަށް ބިލާހަކަށްވީ ހަމްދޫން އެހެން އަންހެން ކުއްޖަކާ ގުޅުން ބާއްވާކަން އަހަންނަށް ފަޅާ އެރި ހިސާބުންނެވެ. ހަމްދޫން އެހެން އަންހެނަކާއި ގުޅުން ބާއްވާކަން އެނގުމުން ހިތާއި ދެކޮޅަށްވެސް އަހަރެން ހަމްދޫން އާއި ވަކިވީމެވެ.
ހަމްދޫން އާއި ވަކިވުމަށް ފަހު އަހަރެން ހޭދަކުރީ ވަރަށްވެސް ހިތްދަތި ދުވަސްތަކެކެވެ. ހަމްދޫން ނޫން މީހަކާއި މެދު އަހަންނަކަށް ނުވިސްނެއެވެ. އަދި ހަމްދޫންގެ ހަނދާން އާވާފަދަ ކަންކަން ކުރުމަށް އަހަރެން ލޯބިކުރީމެވެ. އެގޮތުގެ މަތިން ކޮންމެ ދުވަހަކު ޑިއުޓީ ނިންމާލުމަށް ފަހު ވެސްޓްޕާކުގެ އެ ސަހަރައްދަށް އަހަރެން ދަމެވެ. އަދި އެކަނިމާއެކަނި އިނދެ ހަމްދޫން އާއި އަހަރެންގެ ފޮނި ހަނދާންތަށް އާކުރަމުން ދިޔައީމެވެ.
މިއަދަކީވެސް އަހަރެން އެ ސަހަރައްދަށް ދިޔަ ރެއެކެވެ. ތަންކޮޅެއް ލަހުން ޑިއުޓީ ނިމުމުން އަހަންނަށް އެ ސަހަރައްދަށް ދެވުނީ ރޭގަނޑު 23:15 ހާއިރުއެވެ. އަދި އެ ސަހަރައްދަަށް ގޮސް އަހަރެން ވަރަށް ދަންވަންދެން އިނީމެވެ. އެ ދުވަހު އަހަރެން ގެއަށް އައީ މެންދަމުން އަލިވެ 3 ވެސް ޖެހިފަހުންނެވެ. ގެއަށް އައި އިރު އަހަރެން ހުރީ ފާޑަކަށް ހުން ވައްތަރު ވެފައެވެ.
ފާހާނާއަށް ވަދެ ފެންވަރާލުމަށް ފަހު އަހަރެން ނިދަން ދިޔައީމެވެ. އެނދުގައި އޮށޯތުމާއި އެކު ފުން ނިންޖަކުން އަހަންނަށް ނިދުނެވެ. އަހަންނަށް ހޭލެވުނީ އަހަރެންގެ ގައިގައި އެއްޗެއް ބީހޭ ކަމުގެ އިހްސާސް ވެގެންނެވެ. އަހަރެން ކޮޓަރީގެ ބޮކި ދިއްލުމަށް ފަހު ބެލި އިރު އަހަރެންގެ އަތުގައި މީހެއްގެ އަތްތިލައިގެ ނިޝާނަށް ރަތްވެފައި ހުއްޓެވެ.
އެދުވަހުގެ ފަހެވެ. އަހަންނަށް އެ އުނދަގޫތަށް ވަމުން ދިޔައެވެ. ބައެއް ފަހަރު އަހަރެންގެ ހަށިގަނޑުގެ ތެރޭގައި އެއްޗެއް އުޅޭހެންވެސް ހީވެއެވެ. އަދި ދީނީ ކަންކަމާއި އަހަރެން ދުރުވިއެވެ. މައްސަރު ދުވަސްވެސް ދިގުލައިގެން ދިޔައެވެ.
އެންމެ ފަހުން ބޭބެއެއްގެ އެހީތެރިކަމާއި އެކު އަހަރެން ރުގްޔާ ކުރީމެވެ. ރުގްޔާކުރާ މީހާގެ ފަރާތުން އެނގުނު ގޮތުގައި އަހަންނަށް ވަނީ ފިރިހެން ޖިންނިއަކު އަޅައިގަނެފައެވެ. އަދި އެ ޖިންނި އަށް އަހަރެން ކަމުދިޔައީ ވެސްޓްޕާކް ސަހައްދުގައި އެކަނި މާގިނައިން އިންނާތީ ކަމުގައިވެސް ރުގްޔާ ކުރާ މީހާ ބުންޏެވެ. އަދި އެ ޖިންނި އަހަރެން ދެކެ ލޯބިވާ ކަމަށާއި އަހަންނަށް ވަމުންދާ އުނދަގޫ ތަކަކީ އެ ޖިންނީގެ ފުށުން ވަމުން ގެންދާ އުނދަގޫތަކެއް ކަމަށް ރުގްޔާ ކުރާ މީހާ ބުންޏެވެ.
ރުގްޔާ ކުރާ މީހާ ގުރުޢާނުގެ އާޔަތްތަކެއްގެ އެހީގައި އަހަންނަށް ރުގްޔާކުރިއެވެ. އަދި ހަފްތާއެއް ވަންދެން އަހަންނަށް ފަރުވާ ދިނެވެ.
މާތް ﷲ ގެ އިރާދަފުޅުން ހަފްތާއެއް ފަހުން އަހަންނަށް ވަމުން ދިޔަ އުނދަގޫތަށް އެއްކޮށް ހުއްޓި އަހަރެން އާންމު ހާލަތަށް އައެވެ.
ބިރުވެރި ހާދިސާއެއް.ތީ ހާދަ ބިރުކުޑަ ޖެހިލުންކުޑަ ކުއްޖެކޭ.ހިތަށް އަރަނީ މެންދަމުން އަލިވެ 3 ޖަހަންދެން އެއޮށް އަނދިރި ތަނުގަ އެކަނިމާއެކަނި ގޮސް އިންއިރު އެއްވެސް ބިރުވެރިކަމެއްވެސް ހިތަށް ވެރިނުވޭބާ؟؟؟މަ ނަމަ ހުންނާނީ ބިރުން ސީލެވޭވަރުވެފަ.ދުވާލު ގަޑީގަވެސް އެކަނި ތިތަނަކަށް ދާކަށް ނުކެރޭނެ.
ކަލޭތި ހާދަ ގަމާރު ޖާހިލު ތަނެއް ދޮރެއް ނުދަންނަ މީހެއްހެން މަށަށް ހީވެޔޭ
ހަހަހަ....ވެދާނެ ތިހެންވެސް...އަދި ކިރިޔާތަ ތިހެން ތިހީވީ؟؟؟ޝުކުރިއްޔާ އަހަރެން އިމޭޖު ކޮށްލިގޮތަށް....މާތް ﷲ ތިބާއަށް ހެޔޮވިސްނުމާއި ހެޔޮގޮތް މެދުވެރިކުރައްވާށި.ހެޔޮދުޢާ ސަލާމް.
އަލްހަމްދުﷲ
އަދިވެސް ކިޔަވަން ގޮސް ތި ގަނޑުގަނެވޭތޯ ބަލާތި ކޮއްކޯ. އެކަހެރި އަނދިރިތަންތަނުން ދުވަން
ތީ ރަސްފަންނެއް ނޫނެއްނު.. އަދިރި ތަންތަނަށް އަދި އަލި ތަންތަނަސް ސައިތާނީ ކަންކަމު ނުދަމާ... ހެޔޮ ވިސްނުން ދެއްވާށި...
ތިޔަކު ނެތެންނުން މައްސަލައެއް، ތިބުނާ ލޯބިވާ އެހެން މީހަކު ލިބުނީނުން، ދެން އެސޮރައި އެކީ ރީއްޗަށް އުޅުން ނަމަ، ޖިންނިން މާ ރަނގަޅުވާނެ.
ކަލޯ ކަލެއައް ނޭންގެނީތަ އެއްވެސް އިންސާނަކަށް ޖިންނިއަކާ ކައިވެނި ކުރުން ހުއްދައެއް ނޫން ކަން??
ހުވާތަ؟ މަ އިންނާނެ ޖިންނިއެއް ނުލިބިގެން އިންސިއެއް ހޯދަން ކަމަށް މި އުޅުނީ. ކަޑައްއެއްނު!
އަވަހަށް އަނެއްކާވެސް ދޭ ހަދާން ތައް އާ ކުރަން...
ޙުސް ދޮގު އެތާ އެކަނި ނީދެވޭނެ. އަދި މަވެސް ތިކުއްޖަކު ނުދެކެން ކިތައްމެރެއަކު މަސް ބާނަން ހުންނަން ތިކުއްޖަކު ނުދެކެން
ޖިންނި އަވަލީމަ އެވާހަކަ ދައްކާނީ. ޢުޅެވޭ ގޮތެއް ނޭންގެ.
އަސްލު ވަރަށް އިބުރަތްތެރި ވާހަކައެއް
ވަރަށް އުފާވެއްޖެ ހިއްސާކޮށްލީމަ..
ޢެންމެންވެސް ވިސްނަން ވީ މީގެން އިބުރަތް ޙާޞިލުކުރަން
ގޯސް މިވީ ރަސްފަންނު.
ތިއީ ރުޤްޔާ ކުރާމީހުންގެ އިސްތިހާރެއް.
ތިކަހަލަ މީހުންނަށް ހެޔޮ އެއްގޮތްވެސް ނޯންނާނެ. އިނގޭނީ ކަމެއް ޖެހުނީމަ އެއީ ކޮންކަހަލަ ، ކިހާވަރެެއްގެ ކަމެއްކަން.
ފެންނަ ގޮތަށް ކަންތަައްތައް ކުރަންޏާ ކާފަރު ޖިންނި އަވަލާނެ
ޖިންނި އެއް ނޫން އަދި ދެޔޯވެސް އަވަލާނެ އެފާޑަށް އުޅޭނަމަ މެންދަމު 3 ޖަހާއިރު ރަސް ފަންނުގެ އަދިރި ކަނެއްގަ ބުއްދި ސަލާމަތުންބާ ހުރީ
ހީވޭ ކަމެއްހެން.. އަދިވެސް ދާނެވާނެ އެކަނި
ހާދަ ރަންގަޅު ދައްތައެއް އުޅޭ ކުދިން ބަހައްޓާ ގެއެކޭ ދޯ ތިޔަ މެންދަމުން އަލިވެ 3 ޖަހާ އިރު ވެސް ގެއައް އާދެވޭ
ޢާނ ދޯ. ދަރިން ކިޔަވަން ބަހައްޓަން ވާނީ ކުދިން އުޅޭ ނޫޅޭ ގޮތް ބެލެވޭވަރު ޒިންމާދާރު މީހުން ކައިރީ
ނަސީބެއްނު އިންސިއެއް އަވަނުލިކަން. އެހެން ނޫން ނަމަ ސަލާމަތް ނުވިސް ވިއްޔަ
އަލްހަމްދުﷲ
ކަމެއް ދިމާވީމަ އިނގޭނީ އެއީ ކިހާވަރެއްގެ ކަމެއްކަން. ހަމަ ރަނގަޅަށް އުޅޭ މީހަކަށްވެސް ކަމެއް ދިމާވެދާނެ.
ކޮމެންޓުކުރާ ގިނަމީހުން ކޮމެންޓްކުރާނީ އަބަދުވެސް ނެގެޓިވްކޮށް. ނޫނީ ކޮންމެ ކަމެއްވެސް މަޖާ ކަމަކަށްހަދާނީ.
ތިމަންޖެ ތިވާނީ ޖިންނި އަކަށް
މަ އެތާ މަސްބާނަން ހުންނަމު އެގަޑީގަ
ނުދެކެން ތިމަންޖެއް.
އޯ ޝިޓް!! ޖިންނިއަށް ފެނުމުގެ ކުރިން މަށަށް ފެނުނުނަމަ....!! އޭރުން ރައްޓެހިވާން ވެސް އަހާލެވުނީހެއްނު!!!
މީ ހަމަ ތެދު ޙަޤީޤަތެއް ..ރަސްފަންނު ގައި ކުނި ޑަސްބިން ކުރީގައި ބަހައްޓާފަ ހުރި ސަރަޙައްދުން ފެށިގެން ވެސްޓްޕާކް ސަރަޙައްދާ ހިސާބަށް އެ ހިސާބު ގަނޑުގައި ޖިންނީންގެ ގޭންގް އެއް އުޅޭ . ކުޑަކުދިން ގޮވައިގެން އިރު އޮއްސޭ ގަޑީގައި އެތަނަށް ދާކަށްނުވާނެ. އަދި ރީތި އަންހެނަކު ހިގައްޖެއްޔާ މިބުނި ޖިންނީންގެ ގޭންގުން އެ މީހަކާ ފޮށޭނެ . ބަލާވެރިކަން ޖައްސާ ބައިގަނޑެއް އެތަނުގައި އޮވޭ . އެންމެ މީހެއް ދެމީހެއް ނޫން މޮޔަވީ އެތަނުން.
Adhi egotha vahakaeh liyedhy