11:26
Fasaadha Ufehdhikamah Iuthiraafvaa Meehaage Hekibas Balai Nuganeveyne - Dhiyanahttps://t.co/xVsrcGLmn9 https://t.co/xVsrcGLmn9
— Vaguthu Online (@VaguthuOnline) October 16, 2018
10:08
ޝަރީޢަތުގެ މަޖިލީހަށް މަހްލޫފް ވަދެއްޖެ. މަހްލޫފް ވަނީ އިދިކޮޅު ފަރާތްތަކަށް ރިޒާވް ކޮށްފައިވާ ފަސް ޖާގައިގެ ތެރެއިން ޖާގައަކަށް. ކޮންމެ ދުވަހަކު ވެސް އިދިކޮޅު ފަރާތްތަކަށް ފަސް ޖާގަ އަދި ޕީޕީއެމް އަށް ފަސް ޖާގަ ކޯޓުން ރިޒާވް ކުރޭ. އެޖާގަތަކަށް ވަންނަނީ އިދިކޮޅު ފަރާތްތަކުން އަދި ޕީޕީއެމް އިން ބޭނުންވާ ބޭފުޅުން.
08:47
ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތިން ވަނަ އަޑުއެހުން މިއަދު 10:30 ގައި ފަށާނެ. ޝަރީޢަތް މިހާ ހިސާބަށް ދިޔައިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ވަނީ މައިގަނޑު ދެކަމެއް. އެއް ކަމަކީ ލިބިފައި ހުރި ޝަކުވާތައް އިތުރަށް ތަޙްޤީޤު ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރު ކޮށްދިނުން. އަދި ސަލާމަތީ ބާރުތަކުގެ ތަޙްޤީޤަށް ރިޢާއަތްކޮށް މައްސަލަ ނިންމައިދިނުން. ދެވަނަ ކަމަކީ ސިއްރު ހެކިންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފަރާތްތަކަށް ސިއްރުން ހެކިބަސް ދިނުމުގެ ފުރުސަތު ފަހިކޮށްދިނުން.
މިއަދު އޮންނަ އަޑުއެހުމުގައި ސިއްރު ހެކިވެރިންނާއި މެދު ގޮތެއް ނިންމާނެ ކަމަށް އިއްޔެ އުއްތަމަ ފަނޑިޔާރު ވިދާޅުުވި.
މިއަދު އޮންނަ އަޑުއެހުމަކީ މިމައްސަލައިގެ އެންމެ ފަހު އަޑުއެހުން ކަމަށް ވެސް އިއްޔެ އުއްތަމަ ފަނޑިޔާރު ވިދާޅުވި.
08:43
އެސްއޯ ފުލުހުން ވަނީ ސުޕްރީމް ކޯޓުގެ ދޮރުމަތިން އާންމުން ދުރަށް ޖައްސާފައި. ނަމަވެސް ނޫސްވެރިންނަށް އެއްވެސް ހުރަހެއް ނެތި ހަރަކާތްތެރިވުމުގެ ފުރުސަތު ވަނީ ދީފައި.
08:40
ކޯޓު ކައިރީ ސަލާމަތީ ކަންކަން ބަލަހައްޓަން މިހާރު އެސްއޯ ފުލުހުން ވެސް ގެންދަނީ ހަރަކާތްތެރިވަމުން.
08:38
ނަން ނޯޓް ކުރަން ކޯޓަށް ވަނުމުގެ ފުރުސަތު މަހްލޫފަށް ނުދިން. ކިއު ތަރުތީބުން އާންމުން ކޯޓަށް ވައްދާ ނިމިއްޖެ.
08:34
ކިއުގައި ތިބި މީހުން ނަން ނޯޓް ކުރުމަށް ކޯޓަށް ވައްދަމުން ގެންދާއިރު މަހްލޫފަށް ފުރުސަތު ނުލިބޭތީ އޭނާ ޝަކުވާ ކުރަމުން އެބަގެންދޭ.
08:33
ކިއުގައި ތިބި މީހުން ނަން ނޯޓް ކުރުމަށް ކޯޓަށް ވައްދަން ފަށައިފި.
08:31
ކިއު ހަދައިގެން ތިބި މީހުންގެ ތެރޭގައި މަސްލަހަތު ގެއްލޭތީ ފުލުހުން އައިސް މަހްލޫފް ސަފު ކައިރިން ދުރުކޮށްފި.
08:30
މަހްލޫފް އަށް ނަމްބަރު ދިން 14 ވަނަ ނަމްބަރު އޮތް މީހަކީ އިއްޔެ އިން ފެށިގެން ހަދާފައިވާ ކިއުގައި ހުރި މީހެއް ކަމަކަށް ނުވޭ. ކޯޓު ކައިރީ ތިބި މީހުން ބުނާ ގޮތުގައި އޭނާގެ އަތުގައި އޮތީ "ވަގު ނަމްބަރެއް." އެހެންކަމުން އޭނާ އަށް ވެސް އަދި އޭނާގެ ބަދަލުގައި މަހްލޫފަށް ވެސް ޖާގަ ދޭން އެސަރަހައްދުގައި ތިބި މީހުން ދެކޮޅު.
08:28
މަހްލޫފަށް ޖާގަ ލިބުނީ 14 ވަނަ އަކަށް ނޫން. އޭނާ އަށް ޖާގަ ލިބުނީ ސަފުގެ ތަންކޮޅެއް ފަހަތުން. މަހްލޫފް ސަފުގެ ކުރިއަށް އަރަން މަސައްކަތް ކުރުމުން ޕީޕީއެމްގެ އެކްޓިވިސްޓުން އެކަމާއި ދެކޮޅަށް ގެންދަނީ އަޑުއުފުލަމުން. އެހެންކަމުން މަހްލޫފަށް އަދިވެސް ސަފުން ޖާގައެއް ނުލިބޭ.
08:20
ދެބަސްވުން ހައްލުކޮށް، މަހްލޫފް ކިއު އަށް އަރައިފި. މަހްލޫފް ކިއު އަށް އެރީ ކިއު ގައި 14 ވަނަ އަށް ހުރި މީހާ ކިއު ދޫކޮށް އެޖާގަ މަހްލޫފަށް ދިނުމުން. މައްސަަލަ ހައްލުކޮށް ސުލްހަވެރިކަމާއި އެކަން ހައްލު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް.
08:18
08:15
މަހްލޫފް ކިއު ފަޅާލާފައި ކިއު އަށް އަރަން އުޅުނީ ކިއުގައި ހުރި މީހެއްގެ އަތުގައި އޮތް ނަމްބަރު މަހްލޫފަށް ދޭގޮތައް. ނަމަވެސް ކިއު ހަދައިގެން ތިބި މީހުން ވަނީ އެކަމަށް ދެކޮޅު ހަދާފައި. މަހްލޫފް ވިދާޅުވާ ގޮތުގައި ކިއު ހަދައިގެން ތިބި މީހުންގެ ތެރެއިން މީހަކު އޭނާ އަށް ހަމަލާ ދިން.
08:13
އިތުރު ފުލުހުން އައިސް ހަމަނުޖެހުން ހުއްޓުވައިފި.
ސުޕްރީމް ކޯޓުގައި މިއަދު އޮންނަ ޝަރީޢަތައް ވަންނަން ކިއު ހަދައިގެން ތިބި މީހުންގެ މެދުގައި މާރާމާރީ ހިންގައިފިއެވެ.
ކިއު ހަދައިގެން ތިބި މީހުންގެ މެދުގައި މަސްލަހަތު ގޯސްވީ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ދެންމެ އެސަރަހައްދަށް ވަޑައިގެން ކިއު ފަޅާލާފައި ކިއުއަށް އަރަން އުޅުމުންނެވެ.
ފުލުހުނާއި ސިފައިން ގެންދަނީ ހަމަނުޖެހުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ.
(ތަފްސީލް އަންނަނީ)
ކިޔޫއިން އިދިކޮޅުމީހަކު ބޭރައްނުކުމެ މަހުލޫފް ކިއުއަށްވެއްދީ!! އެހެންވެ އެއީ ކިއޫ ފަޅާލުމެއްނޫން.
އެ ވަކަރުގޭ ދަރި އަބަދުވެސް ތެޅޭނީ އެ ވައްތަރަށް. ހަޔާތް ކުޑަކަމުގައި އިންތިހާ. ދުނިޔެއަށް އުފަން ކޮށް ތަރުބިއްޔަތެއް ނުކޮށް މުޖުތަމައަށް ދޫކޮށްލާފަ އޮތް ވަބާއެއް.
އިފުރީތަ މަހުލޫފު މިކަލޭގެއަށް ނުބައިކަން ނޫނީ އެހެންއެއްޗެއް ނޭގެނީތަ މީނަގެ ދަރިންވެސް އުޅޭނީ މިގޮތައް!
ކިއުގަ ހުރިމީހަކާ ތަން ބަދަލު ކިރުމަކީ ކިއުފަޅާލުންތޯ؟
މަޚުލޫފް މީ އެއްޗެއް ކަފާ ހުންނަ މީހެއް. ވަންނަން ބޭނުމިއްޔާ ރެއިން ސުރެން ކިއުގަ ހުރި ނަމަ އެއްނު. ހަމަ ހަމަނުޖެހުން އުފައްދަންވެގެން. ކިހާބޮޑު ނޮހޮރުއްޕާނެއް މީ.
އިބިލީސް އަތުވެޖިއްޔާ ސަލާމަތަކުން ނުތިބެވޭނެ.
ގުޑުގުޑުން ހިނގާނެ އަޅާނުލާ. ޔާމީނަކީ ކޯޓުން ގެނައި ރައީސެއް ވީމާ ޔާމީން ވެރިކަމުން ބޭރުކުރާނީވެސް ކޯޓުން. އެކަން ތިޔަ ކުރަނީ މިހާރު އެކަމުގައި އިސްކޮށްތިބޭނީ ދެން މިހާރު ޔާމީނުގާތު ބާކީތިބިމީހުން.
ތިޔަ މަހްލޫފަކީ އަބަދުވެސް ތިވައްތަރަށް އުޅޭ މޮޔަސޮރެއް. އަބަދުވެސް ވާނުވާގައި ރީލޯޑޭ ތިޔަ އުޅެނީ. މީ ދެން ފުކެއް ބޮޑުވަރު.
މަހޭމެން ތިހެން އުޅޭތީ އަހެރެމެން ލަދުގަނޭ. އެމްޑީޕީގެ މީހެކޭ ބުނާތީވެސް ލަދުން ބޯހަލާކު. މަހޭ ގޮއްސިތަނެއް ވިއްޔާ އެތާކު ހަމަނުޖެހުން ހިންގަން އަބަދުވެސް އުޅޭނީ.
މަހުލޫފު ކޮންއިރަކު ގުންޑާއަކަށް ވީ؟
އިބޫ އަކީ އެއީ 130 ހާސް މީހުންގެ ވޯޓް އިން ރިއަލީ ހޮވިފައިވާ މީހަކު ނަމަ އޭނާ ވެސް ނިކުމެ މޭގައި އަތްޖަހާފައި ބުނަންވީ ނޫންތޭ ރިޔާސީ އިންތިޚާބުގައި ވޯޓް ގައި އީސީން މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ޝައްކު ކުރެވޭނަމަ ރިޔާސީ އިންތިޚާބު ބާތިލް ކޮށްދެއްވާ އަލުން އިންތިޚާބު ބާއްވާ ދިނުމަށް އަދި އެކަމުގައި އިބޫގެ އިއްތިރާޒެއް ނެތް ކަމަށް އެއީ ނޫންތޭ މިކަން ކުރަން ޖެހޭނެ ގޮތަކީ. ކެއަރ އިނަފް ފޯރ ދިސް ކަންޓްރީ އިބޫ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް..
ތި މަހްލޫފެއް ވެއްޖެއްނު އާމުންގެ ތެރެއަށް ނިކުމެ ނޫޅެވޭ ފަދަ އަދަބެއްދީގެންވެސް މައިތި ކުރަން...
މީ މިގައުމަށް ދިމާވެފަ ހުރި ކިޔާ ބޮޑު ބލ އެއް..
މަހުލޫފުނީ މިގައުމައް.ޖެހިފަހުރި ބޮޑު ބަލާވެރިކަމެއް. ކަލޭއައް ހީވީ ކަލޭވީމަ ކިޔިގަ ތިބި މީހުން ބިރުގަންނާނއއޭ
ކޮންމެ ތަނެއްގައި ކޮންމެ ކަމެއްކުރިޔަސް އެއްވެސް ގޮތެއް ފޮތެއްނެތި އުޅޭމީހެއް ތިކަލޭގެއަކީ އިއްޔެ އިރުއޮއްސޫނީއްސުރެ ތިޔަ ތަނުގައި ކިޔު ހަދައިގެން ތިބިމީހުން އަހަރުމެން ދެކުނިން ތިބުނާ މީހާއެއްނެް ކިއުއަކުނެތް
މަހުލޫފެއް ފަޓުލޫނެއް ނޯންނާނެ، ސަފުގަހުރޭ. މިމީހުން މާބޮޑަށްވެސް މިތިބެނީ ސައިޒުންބޭރުގަ. ހީވަނީދިވެހިރާއްޖެއަކީ މިބައިގަނޑުގެ ތަރިކަމުދާހެން. މާޕޮލިޓިކަލްވެގެން އުޅޭ ކުޑަކުދިންކޮޅެއް. ވާނުވާނޭނގޭ ޔޯޔޯތަކެއް
ކޮންމެކަމަކުންވެސް ވައްކަން ކުރުން މަހުލޫފުމެންގެ ކަމަކީ.
ސިއްރު ހެކިބަސް ބަލައިގަތުމާ މެދު މިއަދު ގޮތެއް ނިންމަނީ ނަމަ މަމެން ބަލާލާނަމޭ މިއަދު ފޯރޗިއުން ލައިން ދަތުރު ކުރާ ގޮތް ވެސް އިނގޭތޭ ދައްކަގަ ތަމެން އަތްތިލަ ބަލާލަން އަން ބަލާބަލަ ތިޔާ ވާތޭ ކަނާތޭ ދޭންވީ އިނގޭތޭ އޫލަލާ ތަމެން އަތްތިލަ އެކޭ ޒިބްރާ އެކޭ ނެތެއް ނޫންތޭ ތަފާތެއް އެނީވޭ އަދުގެ ތާރީޚް އަކީ 16102018 އެއްކުރުމުން އަންނަނީ 19 ދޯ ދެން 19 އެއްކުރުމުން އަންނަނީ 10 ދޯ ދެން 10 އެއްކުރުމުން އަންނަނީ 1 ދޯ ތަމެންގެ ނަމްބަރާއި ދިމާނުވިއޯ އޯއް..
ވަގުތު މީހުން ލޯ ހުޅުވައިގެން ހަބަރު ލިޔުން އެދެން
މަހުލޫފް ގެ ގަޔަށް ޕީޕީއެމް
މީހުން އަރައިގަތް ވާހަކަ ލިޔަން ނުކެރުނީ ކީއްވެ
އިދިކޮޅު ކޯލިޝަންގެ ސަޕޯރޓަރުން ސްޕްރީމް ކޯޓު ދޮށަށް އެއްވާން ޖެހޭނެ ރީޒަން އެއް މަމެންނަށް ނުފެނެއޭ ތަމެން އެތަނަށް އެއްވާނަމަ މަމެންނަށް ވަރަށް ޝައްކު ކުރެވެއޭ ޝަރިއްޕެ ލައްވާ އަނގޮޓި ގެނައުމުގައި ތަމެންގެ ވަރަށް މުހިއްމު ރޯލެއް މީގައިވާ ކަން ބޮޑު ސޭޓް ވެސް އެއްޗެކޭ މިކަމުގައި ނުބުނަނީ އެއީ ބޮޑު ސޭޓްގެ އަތެއް ވެސް މީގެ އަޑީގައިވާތީއޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...
ސިއްރު ހެކިބަސް ބަލައިގަތުމާ މެދު މިއަދު ގޮތެއް ނިންމަނީ ނަމަ އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ ތަމެން ނަށް 130 ހާސް ވޯޓް ރިއަލީ ލިބިއްޖެނަމަ ތަމެން ދެން ކިއެއްވެތޭ އިންތިޚާބުގައި ވަގު ވޯޓް ލާފައިވާ ކަމަށް ބުނާތީވެ އެކަން އިންވެސްޓިގޭޓް ކުރަން ދެކޮޅު ހަދަނީ ހަދައިގެން ނުވާނެއޭ ތަމެން ޖެހޭނީ އެކަމަށް މަރުހަބާ ކިޔަންއޭ އެއީއޭ ޑިމޮކްރަސީ ފޮތުގެ ދެ ވަނަ ބާބުގެ ތިންވަނަ ފޮޅުވަތުގައި ލިޔެފައިވާ ގޮތަކީ އިނގޭތޭ މަމެން މީ ޑިމޮކްރަސީގެ ވަރަށް ބޮޑެތި މީހުންނޭ ތަމެންނަށް ވެސް އެކަން އިނގޭނެ އެއް ނޫންތޭ މަމެންނަށް ވަނީ މިރޮގުން ދުނިޔޭގެ އެވޯރޑް ވެސް ލިބިފައޭ އިނގޭތޭ ތަމެންނަށް ތަމެން ދެން ރަނގަޅުވާނީ ރިޔާސީ އިންތިޚާބު މަތިން ހަދާން ނައްތާލާ ރާއްޖޭގެ އެއް ނަމްބަރު ސީޓް މަތިން ހަނދާން ނައްތާލާ ހިންނަވަރޭ ގޮވައިގެން ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ދިޔައިއްޔާ އޭ މަމެން ބުނަން ނެތީމު ދޯ ދަގަ ދަގަ ދަގަ ބޮލިހިލަން ބޮލިހިލާ ދޯ..
ތި މަހުލޫފު ތީ ގައުމައް ޖެހފަ ހުރި ނޮފުރޮއްޕާނެއް
ސިއްރު ހެކިބަސް ބަލައިގަތުމާ މެދު މިއަދު ގޮތެއް ނިންމަނީ ނަމަ އެއީ ވަރަށް ރަނގަޅަށް ސްޕްރީމް ކޯޓުން ކުރައްވާ ކަމެކޭ މިރާއްޖޭގެ ރައީސް ކަމަށް އަންނަން ޖެހޭނީ ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އަންނަ މީހަކަށް ވާން ނުޖެހޭނެއޭ އެކަން ޔަގީން ކުރައްވާނެ ކަމަށް މަމެން އުއްމީދު ކުރަނީ ސްޕްރީމް ކޯޓުން ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ވޯޓް ގައި ވަގުހަދައިގެން އައި މީހަކު އިންޑިއާ އަށް ރާއްޖެ ވިއްކާލި ތަން އެހެރީ ފެންނާން ނޫންތޭ އެއިން އަދިވެސް އަރައި ނުގަނެވިގެން ނޫންތޭ ރާއްޖެ މިއުޅެނީ މިފަދަ ކަންކަމާއި މެދު ސްޕްރީމް ކޯޓުން މަމެންނަށް ވުރެން ބޮޑަށް ވިސްނާނެ ކަމަށް މަމެން މިދެކެނީ..
މުޅި ޣައުމު އެކަންޏެއް ނޫން މުޅި ދުނިއެވެސް...
ތީ ހަމަ އެމްޑީޕީ މީހުން ގެ ވައްތަރު އަބަދުވެސް އުޅޭނީ ފިތުނަ ފަސާދަ އުފައްދަށް.
ރަނގަޅުވާހަކައެއް.
ސިއްރު ހެއްކާއި މެދު ގޮތެއް ނިމެންދެން ތަމެން ތިބެބަލަ މަޑުމަޑުން ގޭގައި ތެލުލި ބަނބުކޭލާއި ކަޅުސަޔާއި ބޯލަ ބޯލާ މަމެން އަންގާލާނަން ތަމެންނަށް ތަމެން އަންނަންވީމަ އިނގޭތޭ ބަސްއަހަގަ ތަމެން އަވަހަށް މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ ތަމެން ދެން ދަގަ ވަލަށް ދަރުހޮވަން ދަގަ ދަގަ ދަގަ ދަގަ ދަރުހޮވަން ދަރުހޮވާދޯ..
މަހުލޫފޫ ތީ މުޅި ގައުމަށް ޖެހިފަހުރި ބޮޑު ވަބާއެއް. އޭނަ ދާ ތަނެއްގަ ހަމަނުޖެހުމެއް ނުހިނގައިފިނަމަ އެއީ މައްސަލައެއް
އޭ މަޚްލޫފް! ތިޔަ ގޮތަށް ބޮޑާ ހޭކޭނީ އަމިއްލަ ގޭގަ(.) ސަލާމަތީ ބާރުތަކަށް ގޮންޖަހާލީމާ ވީގޮތް ހަނދާނަށް ގެނެސް ބަލަ(.) ކުޑަކުޑަ މީހާ!
އިދިކޮޅުމީހުން ކޯޓުކުރިމައްޗަށް އެއްވެ ހަމަނުޖެހުން އުފައްދަން އުޅެނީ ، އެމީހުން ކުރިވައްކަން އަތަށް ގޮވާފާނެތީ ބިރުން... ވެރިކަމާހެދި ބޫތު ކައިފަ ތިބޭތީ
ސިއްރު ހެކިބަހަކީ އެއީ ނެގޭނެ އެއްޗެއް ލީގަލް އިންޑަސްޓްރީގައި އެއީ މަނާ އެއްޗެއް ނޫން ކަން ދޭހަވަނީ އިންޓަނޭޝަނަލް ކޯޓް ދަހޭގް ގައި ވެސް ކަންކަން ކުރަނީ އެގޮތަށް ކަމަށްވާތީއޭ ކަން މިހެން ހުރުމުން ސިއްރު ހެކިބަސް ނަގައިގެން ވޯޓް އިން ވައްކަން ކޮށްގެން އަވަށްޓެރި ބޮޑު ގައުމަކުން ކޮރަޕްޓް ފައިސާ އެންމެ ދެކުނު ވިންގްގެ އެއާރޕޯރޓަށް ގެނެސްގެން އެމެންގެ 5 އެތި ގަނެގެން ވޯޓްގައި މަކަރު ހެދިގޮތް ޖެހޭނެއޭ ބަލަން މީ ދިވެހިންނޭ ދިވެހިންގެ ވެރިއަކަށްވާން ޖެހޭނީ ވަގުވޯޓް އިން ހޮވާ މީހެއް ނޫނޭ އެމީހަކު ވާން ޖެހޭނީ ސީދާ ރައްޔިތުން ހޮވާ މީހަކަށޭ ދިސް އިޒް އިޓް..
ސިއްރު ހެކިބަސް ބަލައިގަތުމާ މެދު މިއަދު ގޮތެއް ނިންމަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ސިއްރު ހެކިބަސް ޖެހޭނެއޭ ނަގަން އެއީ ގާނޫނުގައި އޮންނަ ގޮތުން ނެގޭނެ އެއްޗެކޭ އެނުނެގޭނެ ކަމަށް ބުނާ ވަކީލުންނަކީ އެއީ އަސްލަށް ބަލާނަމަ ކިއްލި ތަޅާ ވަކީލު ކަން ކިޔަވައިގެން އައިސްފައި ތިބި މީހުންނޭ އެމެން ދައްކަނީ އުދުހޭ ކުނާ ދުއްވާ ވާހަކައޭ އެމެން އެއީ މީޑިއާ ސްޓަންޓް ޖައްސައިގެން ސްޓްރީޓް ފިލްމް ކުޅެން އުޅޭ ބަޔެކޭ އެއީ ހަގީގަތަށް ގާނޫނީ ވަކީލު ކަން ކުރަން ދަންނަ ބަޔެއް ނޫނޭ ތަމެން ތިބެގަ ބަދިގޭގައި ހަނޑޫހޮވާލަ ހޮވާލާ..
މިހުރީތަ އެބުނާނިމާލް އަކީ ހާދަވައްތަރޭ ދޯ އޭގެމީހަކާ
ދަޢުވާ ބިނާކޮށްފައިވަނީ، ވަންހަނާވެގެންވާ ވަރަށްއާދައިގެ ކުދިކުދި ކަންކަމުގެ މައްޗަށް ކަމުގައިވާއިރު، އެބަހީ، މުޅި އިންތިޚާބު ބާޠިލުކުރުމާ ހަމައަށް ދެވޭވަރުގެ އެއްވެސް ހެއްކެއް، ދަލީލެއް، ޤަރީނާއެއް، ފާޅުކަންބޮޑު ގޮތެއްގައި ދެއްކިފައިނުވާއިރު، އިންތިޚާބު ބާޠިލު ކޮށްދެއްވުމަށް އެދިފައިވީނަމަވެސް ހުށަހަޅާފައިވާ ފުރޫޢުތަކުގެ މައްޗަށް އެކަނި އެކަމެއް ނުވާނެއެވެ. އަދި ނުވެސް ކުރައްވާނެއެވެ. ވީމާ، އަދި މިވަގުތު ރައްޔިތުން ކަންބޮޑުވުމާ ހާސްވުމުގައި މަގުމައްޗަށް ނުނުކުތަސް ފުދޭނެއެވެ.