އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެބިނެޓަށް ކަނޑައަޅާ ބޭފުޅުންގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުހިމެނެންވީ ސަބަބެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ނާޒިމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް މިއަދު ހަވީރު ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ވަރަށް ތައުލީމީ އަދި ގާބިލް ބޭފުޅުން މިހާރު ތިއްބެވި ކަމަށާއި ނަމަވެސް ހުރިހާ ބޭފުޅުންނަށް މިނިސްޓަރު ކަމުގެ މަގާމު ނުލިބޭނެ ކަމަށެވެ. ނަމަވެސް ކެބިނެޓަށް ޖޭޕީގެ ފަރާތުން ކަނޑައަޅާ ބޭފުޅުންގެ ތެރޭގައި ނާޒިމް ނުހިމެނެންވީ ސަބަބެއް ނުވިސްނޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ނާޒިމް މިހާތަނަށް ދައްކަވާފައިވާ ސާބިތުކަމާއި ޕާފޯމެންސަށް ބަލާ ކަމަށްވަންޏާ އެއީ އެންމެ ގާބިލް އެއް ބޭފުޅާ އަޅުގަނޑުމެންގެ ތެރޭގަ ހުރި. އެހެންނަމަވެސް އެކަން ނިންމާނީ، އެފަދަ ވާހަކައެއް އެމަނިކުފާނު ވެސް އަދި އަޅުގަނޑު ގާތު ވިދާޅުވެފައެއް ނެތް" ގާސިމް ވިދާޅުވިއެވެ.
ސަރުކާރުގެ އެކުލަވާލުމުގެ މަޝްވަރާތައް އިންތިހާބީ ރައީސް އާއެކު މިއަދު ވެސް ކުރައްވާފައިވާ ކަމަށާއި އެގޮތުން އާ ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު މުޅިން އަދި ފައިނަލް ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިނިސްޓްރީތަކުގެ އަދަދު ތަންކޮޅެއް އިތުރުވެގެންދާނެ. އެހެންނަމަވެސް މުޅި ޖުމްލަ ސިޔާސީ ދާއިރާ އަށް ކުރައްވާ ހަރަދު ވަރަށް ބޮޑުތަން ކުޑަކުރައްވަން އިބޫގެ ވިސްނުން ހުރި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ" ގާސިމް ވިދާޅުވިއެވެ.
ކެބިނެޓާ ގުޅޭ ކަންކަން މުޅިން ފައިނަލްވެގެން ދާނީ މި މަހުގެ 14 ވަނަ ދުވަހު ރައީސް މައުމޫން އަބްދުލްގައްޔޫމް ރާއްޖެ ވަޑައިގެންނެވުމުން ބާއްވާ ބައްދަލުވުމަށްފަހު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އައްނިކަލޯގަޔާ ވަމުންމިދަނީޔަކީ ކަލޯ ގަބޫލުކުރާ ފަލްސަފާޔެއްނޫން އުތަ؟!
މިހިރަ ގަމާރެއް ! ޙުވާ މިބުނީ ތާކު އޮއި ކަނޑުކޮހެއް ތިހެން އުޅެންޏާ އެއް ހޮރުން 100000 ފަހަރުވެސް ކަށިޖަހާނެ . މާދަން ޕާޓީއާ ގުޅުނަސް އެއްެމެ މަތީގަ ހުރިހާމަގާމެއް ދީފަ ގަމާރާ ހެދީ މިގަމު ސުއްނާފަތި ވަމުން މިދަނީ
ނާޒިމް(ސީނޭ) ރީނދޫ ކެބިނެޓްގައި ނުހިމެނެންވީ ސަބަބަކީއޭނާ އަކީ އަންނިއަށް އިސްތިޢުފާދޭން މަޖުބޫރުކުރި މީހަކަށް ވާތީއެވެ. މިހާރު ޗަކްލެސް ޑްރިލް އަށް އެނގިއްޖެބާ.....؟؟؟
ބެއްޔާގެ ހުރިހާ ދަރިންނަށް މިނިސްޓަރުކަން ނުދޭތީ ވަރަށް ރުޅި އައިސްގެންނޯ އުޅެނީ. ކިނބޫ ހުވާކުރާ ތަނަށްވެސް ނުދާނަމޯލަ. ޔުމުނާއަށް މިނިސްޓަރީ އޮފް ހެރިޓޭޖް ހެދި ގޮތަށް ދުނިޔާއަށް މިނިސްޓަރީ އޮފް ބަންގާޅީސް ނަމަވެސް ހެދިނަމަ ދޯ.!
ދެން ނާޒިމަށް ދޭންވީނު ޕާޓީޣެ ރައީސްކަން. ސޭޓާ އެމީހުނެއް ނާޒިމަކަށް ނުރުހޭނެކަން ޔަގީން. މޮޔަފުޅުވީތޯ؟ ސޭޓާ އަދި ނާޒިމުމެންގެ މައްސަލައެއް ނުނިމެޔޭ. އަދިވެސް 11 އަހަރަށް ޖަލަށް ދާންޖެހިދާނެޔޭ. މިހާރު އެތިބީ އެމީހުން ވެރިކަމަށްއަރާ. ސޭޓާ މޮޔަފުޅުވީތޯ؟ މައުމޫނުވެސް އެއުޅުއްވަނީ ހުރިހާ ކުދިންނަށް މިނިސްޓާރުކަން ނުދީގެން. އެހެންވެ ފަރުވާ ނުނިމެނީސް އަވަހަށް އަންނަނީ. ތިމާޔަށް ބައްޔަކަށް ފަރުވާލެއްނެތް