މަޖިލިސް މެމްބަރެއްގެ ގޮތުގައި ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި ޑިފެންސް މިނިސްޓްރީން ކޮށްދެއްވާފައި ހުރި ބައެއް ކަންތައްތަކާއި ގުޅޭގޮތުން މިއަދު އެމްއެންޑީއެފްގެ ކޯސްޓް ގާޑް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ މި ދައުރު ނިމުމާއި އެކީގައި ރައްޔިތުންނާއި ގާތުން މަޖިލިސް މެންބަރެއްގެ ގޮތުގައި އިރާދަކުރެއްވިޔާ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ދެމި ހުންނަވާނެ ކަމަށެވެ.
"ކޮންމެ ދިވެެއްސަކުވެސް ގައުމަށް ހިދުމަތް ކުރުމަކީ ކުރަން ޖެހޭނެ ކަމެއް. އިރާދަކުރެއްވިޔާ ރައީސް ޔާމީންގެ މި ދައުރު ނިމުމުން ދެން އަންނަ ސަރުކާރެއް ޒިންމާދާރު ކުރުމަށް މަޖިލިސް މެންބަރެއްގެ ގޮތުގައި އަޅުގަނޑު ރައްޔިތުންނަށް ހިދުމަތް ކުރާނަން" މިނިސްޓަރ ޝަރީފް ވިދާޅުވިއެވެ.
މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައިވާކަން ހާމަކުރެއްވި ނަމަވެސް، މިނިސްޓަރު މަޖިލީހަށް ވާދަކުރައްވަން ނިންމެވީ ކޮން ދާއިރާއަކުން ކަމެއް އަދި ނޭނގެ އެވެ.
ޑިފެންސް މިނިސްޓަރުގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް ވަޒީރުން ގެންދަވަނީ ދެން އޮންނަ ރައްޔިތުން މަޖިލީހުގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން ކަމަށް އެބޭފުޅުން ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުން ބުނެއެވެ.
އަންނަ އަހަރުގެ މާޗް މަހު މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކުރައްވާފައެވެ.
ހޮވިގެންތާ!!!! ހުވަފެން ރަޅު، އެކަމަކު މަގޭ ދަތް ދޮޅިގައި ހެލްމަޓް އަޅާނަން.
އަނެއްކާ މަޖުލީހަށް ހޮވުނީތަ؟ ނޫނީ ކޯޓުން ހޮވާދެނީތަ؟
މިހާރު ކޯޓުން ހޮވާދޭނީ ހަމައެކަނި އާސަރުކާރަށް ނިސްބަތްވާ ފަރާތްތައް.
މަރްޙަބާ
ނުހޮވޭނެ، ޔާމީނާ ވައިއެޅިފަ ހުރި މީހެއްވެސް
މީ ރައީސް ޔާމީނަށް ވުރެންވެސް މަތީގަ ހުންނެވި ބޭފުޅެއް
ކަލޭ ނުހޮވޭނެ.
ޥަގެ
ދަތްދޮޅި އާދަނުގެ ކިބައިން ދިވެހިން ސަލާމަތް ކުރައްވާންދޭވެ.
ހުވަފެން ބަލަނީ ތޯއްޗެއް
ކަލޭ މަޖްލިސް އަށް ހޮވާނެމީހަކު ނެތް !
މަޖިލީހަށް ހޮވުމަކީ ވަރަށް ނާދިރުކަމެއް، ހޮވިއްޖެއްޔާ ކިތައްމީހުންގެ ދަތްދޮޅި ދުއްވާލާނެބާ؟