އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރިއަށްގެންދިޔަ ފުލް ސްކޭލް އެކްސަސައިޒް "އެކްސަސައިޒް ޖައްރާފާ 2018" މާދަމާ މާލެ ސިޓީ ހިމެނޭ ސަރަހައްދުގައި ފަށަން ތައްޔާރުވެއްޖެއެވެ.
މާދަމާ ފެށުމަށް ހަމަޖެހުފައިވާ މި ތަމްރީނާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ވިދާޅުވީ މާދަމާ އިން ފެށިގެން ޑިސެމްބަރު 01 ވަނަ ދުވަހުގެ 18:00 ނިޔަލަށް ކުރިއަށްގެންދާ މި އެކްސަސައިޒްގައި މާލެ، ހުޅުމާލެ، ވިލިނގިލި، އަދި ތިލަފުށީގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ހިނގާ ރެސްކިއު ހާދިސާތަކުގައި އެމްއެންޑީއެފް ޔުނިޓްތަކާއި ގުޅިގެން މަސައްކަތް ކުރާނެގޮތް ފަރިތަ ކުރެވޭނެ ކަމަށެވެ.
އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި މި ތަމްރީނުތައް ކުރިއަށް ދާނީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓްގެ އެހީތެރިކަމާއިއެކުގައެވެ.
މި އެކްސަސައިޒް ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި ފަޔަރ ވެހިކަލް ސައިރެން އެޅުމާއި އެކު ހަރަކާތްތެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި އެކްސަސައިޒްގައި އަލަށް ތަޢާރަފު ކުރާ އަލިފާން ނިއްވާ ސައިކަލް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އަދި ތަމްރީނުތައް ކުރިއަށް ގެންދާއިރު ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެކްސަސައިޒް ޖައްރާފާއަކީ ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ތަފާތު ހާދިސާތަކަށް ހަރަކާތްތެރިވުމުގައި އަލިފާންނިވާ މީހުންނަން ލިބިފައިވާ ޢިލްމާއި، ހުނަރާއި އަދި އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން ޢަމަލީ މައިދާނުގައި ސާބިތުކޮށްދޭ މިންވަރު ދެނެގަތުމާއި، ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަން ކުރިމަގުގައި ހައްލުކޮށް، ހުނަރުވެރި ކަމާއެކު ރައްޔިތުންނަން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ އެކްސަސައިޒެކެވެ.
"އެކްސަސައިޒް ޖައްރާފާ" ގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރިއަށްގެންދިޔަ ފުލް ސްކޭލް އެކްސަސައިޒް އަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެންއެންޑީއެފް އިން ކުރިއަށްގެންދާ އެކްސަސައިޒެކެވެ.
ދެން މާދަމާ މީދާމަރާ ހުސްކޮށްފަ އަނެއްދުވަހުން މާލޭގެ މަގުތައް ސާފުކޮށްފަ. އަނެއްދުވަހު ސައިކަލް ތައް ޓޯކުރެވުނީމަ މިއަހަރުގެ ބޮޑު ރިޕޯރޓް ނިމުނީ. ކޮބާތަ މަގުތަކުގެ ވައްކަންތައް ބެލެހެއްޓުން. ޑްރަގް ގައި ޖައްސަމުންދާ ޒުވާނުން ހުއްޓުވުން، ކޮބާތަ ގަވާޢިދާޚިލާފަށް ގްރޫޕް މާރާމާރީ ހިންގުން. ކަމެއްނެތް މީހުންތައް ރާއްޖެތެރޭގެ ކުށްތައް ހުއްޓުވަން ފޮނުވާބަލަ
ކަލޭ ދާންވީނުން ކުއްކުރާ މީހުންނާ ދެކޮޅަން ހެކިބަސް ދޭން. ޢަނގަ ނާރުވާ