ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ، ކާށީދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު، ކ.ކާށިދޫ ތަރައްޤީ ކުރައްވާނެ ގޮތުގެ އާދަޔާ ޚިލާފު ޕްލޭން ހާމަކުރައްވައިފިއެވެ.
ޖާބިރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާއްމު ކުރައްވާފައިވަނީ އޭނާގެ މެންބަރުކަމުގެ ދަށުގައި ކާށިދޫ ތަރައްޤީ ކުރައްވާނެ ގޮތް ކަމަށާއި، ރައްޔިތުން ވޯޓް ދެއްވުން އެދޭ ކަމަށެވެ.
ޖާބިރުގެ ތަސައްވުރުގައި ވާގޮތުން ކާށިދޫ ތަރައްޤީ ކުރެވިގެންދާނީ، ކާށިދޫ ފަޅު ތެރޭގައި ހަތަރު ތަރީގެ ރިސޯޓަކާއި، ހޮޓެލް ސްކޫލަކާއި، ޕިކްނިކް އައިލެންޑެއް އަދި ތިން ތަރީގެ ގެސްޓްހައުސްތަކުގެ އިތުރުން ގެދޮރުވެރިކުރުމުގެ ގޮތުން ފްލެޓްތަކާވެސް އެކުގައެވެ. ޖާބިރު ޢާއްމު ކުރެއްވި ކުރެހުމުގައި ވާގޮތުން ކާށިދޫ ތަރައްޤީކޮށް ނިމުމުން 300 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ތަނަވަސް ވެގެންދާނެއެވެ.
ޖާބިރުގެ ކާށިދޫ ތަސައްވުރަށް ބަލާލާއިރު، ފަޅުތެރޭގައި ތަރައްޤީކުރާ ހަތަރު ތަރީގެ ރިސޯޓުގައި 240 ބެޑް ހުންނައިރު، 152 ބީޗް ވިލާ އަދި 64 ވޯޓަރ ސުއިޓްގެ އިތުރުން 24 ގަރޑެން ވިލާ ހުންނާނެއެވެ. އެ ރިސޯޓުން އެކަނިވެސް 250 ވަޒީފާ އެދެއްދޭނެ ކަމަށް އޭނާ ލަފާކުރައްވައެވެ. މުވައްޒަފުންނަށް ލުއި ފަސޭހަ ކުރުމަށްޓަކައި ރިސޯޓާއި ކާށިދޫ ބުރިޖަކުން ގުޅުވާލާނެއެވެ.
ތަސައްވުރުގެ ތެރޭގައި ހިމެނޭ ތިން ތަރީގެ ގެންސްޓްހައުސް ސިޔާސަތުގެ ދަށުން ހަތް ބުރީގެ ހަތަރު އިމާރާތް ތަރައްޤީ ކުރާއިރު، ކޮންމެ އިމާރާތަކީ 30 ކޮޓަރީގެ ގެސްޓްހައުސްއެކެވެ. އެގޮތުން 120 ބެޑް ތަރައްޤީ ކުރެވި، ހަތަރު ފިހާރަ އާއި 4 ކެފޭގެ އިތުރުން ކޮންފެރެންސް ހޯލެއް ތަރައްޤީ ކުރެވޭނެ ކަމަށް ލަފާކުރައްވާއިރު، އެ ޕްރޮޖެކްޓުން 50 ވަޒީފާ އުފެދޭނެ ކަމަށް ބެލެވެއެވެ.
20 ބުރީގެ ތިން އިމާރާތް ތަރައްޤީކޮށް 10 ވަޒީފާ އިތުރު ކުރެވޭނެ ކަމަށް ލަފާކޮށް ރިއަލް ސްޓޭޓް ވިޔަފާރި ކާށިދޫގައި ފުޅާކުރަން ޖާބިރު އަމާޒު ހިފާފައިވާއިރު، "ކާށިދޫ ހޮޓެލް ސްކޫލް" ގެ ނަމުގައި ހޮޓެލް ސްކޫލެއް ތަރައްޤީ ކުރުމަށް ތަސައްވުރުގައި ހިމަނުއްވާފައިވެއެވެ.
Mee Kaashidhoo innaane goiy . Jabir ah votu dhevva . pic.twitter.com/zJ2oaUMR5q
— Abdulla jabir (@chairmanjabir) December 11, 2018
ޖާބިރުގެ ތަސައްވުރުގައި ކާށިދޫގެ ރީތި ތުނޑި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، ބާބަކިއު ޕެވިލިއަން، ގެސްޓްހައުސް ޕެވިލިއަން އަދި ރިސޯޓް ޕެވިލިއަން އަދި ކާށިދޫ ރައްޔިތުންގެ ޕެވިލިއަން ހިމެނޭހެން ޓުއަރިސްޓް ބީޗެއްގެ ގޮތުގައެވެ. އަދި ބީޗުގައި ލައިވް މިއުޒިކާއި، މިއުޒިކަށް ޚާއްޞަ ސްޓޭޖެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާއިރު، ބީޗުގެ ސަލާމަތީ ކަންކަންވެސް ބެލެހެއްޓުމަށް ތަސައްވުރުގައި ހިމަނުއްވާފައިވެއެވެ.
ކާށިދޫ ދާއިރާއަކީ ކާށިދޫގެ އިތުރުން ގާފަރުވެސް ހިމެނޭ ދާއިރާއެއް ނަމަވެސް، ގާފަރު ތަރައްޤީ ކުރައްވާނެ ގޮތުގެ ތަސައްވުރު އަދި މިހާތަނަށް ޖާބިރު ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޢަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާއިރު، އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވުމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި ކުރީގެ ހުވަދު އަތޮޅު މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކާށިދޫ ނޫނީ ނުފެންނަނީތަ
ގާފަރު އެއީ ނެތް ރަށެއްތަ ޖާބިރޫ??ނުލިބޭނެ ވޯޓެއް.. ވަރަށް ވެދުން......
ބަލަ މިއީ މަކަރުވެރި ލޮލީ ޖާބިރު ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި މިފްކޯ ގެ ޗެއަމަނުކަން ދިނީމާ ކަޅުފައިސާ ގެ ވާހަކަރައްޔަތުންގެތެރޭގާ ދެކެވުނު މއީސީދާ މޮޔަސޮރެއް މެންބަރުކަމަން ހޮވަނަހެޔޮނުވާނެ ކާށިދޫމީހުންވެސްނާތި؟؟
ކުރީގެ ދައުރުގަ ކަލޭ އެޅި ފަސްތަރި ހޮޓާ ގެ ވަޒީފާ ގަ އެއްނު މަމިއުޅެނީ?
ދިވެހިންނަށް ގިނަގުނަ ނިއުމަތްތަކެއް ލިބިފައިވެއެވެ. ފަސްގަޑުތިރި ކުދިކުދި ރަށްތަކެއްގެ ގޮތުގައި އޮވެމެ ތޫފާނުތަކުން ސަލާމަތްލިބެއެވެ. އެންމެ ރާޅަކުން މުޅިރަށް ނެތިގެންދާހައިވެސް ރަށްތައްކުދިވެފައި ފަސްގަޑުތިރިއެވެ. އެކަމަކު ތޫފާންތަކާ މުސީބާތްތަކުން ދުރު ސަލާމަތްތެރިކަން މިރަށްތަކަށް ލިބިފައިވެއެވެ. ނިއުމަތުގެ ކޮޅެއްނެތެވެ. ނަސްލީ ހަމަނުޖެހުންތަކެއް، މިގައުމުގައި ނެތެވެ.އެއްދީނަކަށް އުޅޭ ބައެއް ދިރިއުޅޭ ގައުމެކެވެ.މަޒުހަބުގެ ތަފާތެއްވެސް މިގައުމަކު ނެތެވެ. ތިޔާގެ ވެފައި ޖީބުތައް ތަނަވަހެވެ. .ކަޑުއޮޅިން ލިބޭ މަންފާއަކުން ކައިބޮއިހަދައި އުޅެވެއެވެ.މިއީ ދިވެހިންގެ ހަގީގަތެވެ. ކަންމިހެން އޮތަސް މިފަހަކަށް އައިސް ހުޅަގުގެ ފިކުރިއްޔާތު މިގައުގެ އިމުގެ ތެރެއަށް ވަންހިސާބުން ފެށީގެން ދިވެހިންނާ ބީރައްޓެހި ދީނާދެކޮޅު ދިވެހިންގެ ސަގާފަތާ ނުގުޅޭ ކަންކަން މިދަނީ ފެންނަމުންނެވެ. އެއްބަޔަކު ގިސޯސްނުހިފަން ގޮވާއިރު އަނެއްބަޔަކު ހައްދު ޖެހުން ހުއްޓާލުމަށް ގޮވަނީއެވެ. ކޮންމެ ރައްޔިތަކުވެސް ސިޔާސީ ތޮށިގަޑުން ބޭރުވެ ގައުމީ ނަޒަރަކުން ވިސްނަންވެއްޖެއެވެ.
ވަރަށް އަގުހުރި ވާހަކަ ކޮޅެއް
ޖާބިރު އެހުރީ މޮޔަވެފަމި.ކުރިންވެސް ދ
ޖާބިރު އެހުރީ މޮޔަވެފައި.ކުރިންވެސް އަހަރުމެންނަށް ތިކަހަލަ ކަނޑުކޮސް ހުވަފެން ދެއްކި.އަހަރުން ނޫޅެން ހބލ ވެގެން ކަލެއަށް ވޯޓުދޭކަށް.
ގާފަރުގަ ކަލޭ ކުރިން އެޅި ޔޮޓުމެރީނާގަ މަމިއުޅުނީ.ޖައްސާލަބަލަ ނިކަން މިތަނައް
މިސޮރު ހަމަ ރަނގަޅައްވެސް މޮޔަވެޖެ..
ކާށިދޫ ކާލަން އުޅޭކަހަލަ
ބަލަ ތިމާ މީހާ ވައުދެއް ވާއިރު ތިމާ މީހާ ކުރިނވީ ވައުދު ފުއްދިފަ އިންތޯ ބާލާބަލަ އަދި ލަދު ހަޔާއި ކުޑަކަމުން މި ވައުދު ވަނީވެސް އެއްބައް ކައިރީގަ އޭ
އަޅެ ޖަހާބެރު ތަށިމަތީގަ އިށީނީމަ ފައިބަނީ ޑޮލަރުތަ!!! ނޫނީ ޖަހާބެރަކީ ފައިސާ ޖަހާ މެޝިނެއްތަ!!! ނު ހޮވޭނެ!!!! ވަރަށް ވެދުން
މިގޮލާ ހަމަރަނގަޅަށްވެސް މޮޔަވެއްޖެ
މީރާއަށް ދައްކަން އޮތް ފައިސާ ހަލާސްކޮށްފަވެސް ތިކަން ކުރެވޭނެތޯ؟ ﷲ ގެ އިރާދަފުޅުން ކާށިދޫ އޮންނާނީ މިހެންނޭ ބުނިނަމަ އަޅުގަނޑު މި ކޮމެންޓް ނުޖަހާނަމެވެ. އަޅުގަނޑު އިން ހޯލެއްގަ މަނިކުފާނު ވިދާޅުވި އެއްޗެއްގެ ސަބަބުން އެ ދުވަހުން ފެށިގެން އަޅުގަނޑު މަނިކުފާނު ފެންނަ ހިސާބަކަށްވެސް ދާން ބޭނުމެއް ނުވެއެވެ. "އަޅުގަނޑަށް އަބަދުވެސް ހުރެވޭނީ ރާޅު ފެންނަ ހިސާބުގައިި" މިހެން ބުނުއްވީ "ރާ" އަށް ދިގުކޮށް ދަމާލުމަށް ފަހުގައެވެ.
ނަމަނަމަ ވޯޓު ނުދޭތި. ޢެއްފަހަރު ތިރަށު މީހުން މޮޔަހައްދާފި ދޯ. ދެން ނުދޭތި އެފުރުސަތު. އެދައްކާނީ ހުސް އަވާމެންދުރު.
ނޯ ވޯޓް ފޯރޔޫ ! އޯކޭ؟
ސަމާލުކަން ހޯދަން ޖާބިރު އަދި ހަދާނެ މިކަހަލަ ކިތަންމެ ޖާދޫ އެއް.
ކާށިދޫ އައިލެންޑް ރިސޯރޓް އެންޑް ސްޕާ
މަނިކުފާނު ގދ ވާދޫ ކައިރީގައި އޮތް ވަޓަވައްރެހާ ހަދަން ފެށިތާ 15 އަހަރު ފާއިތު މިވަނީ. އެތަން ނުނިންމާ ކޮން ފޮންުޏެެއް ކަނޑާކަށް.