02:02
އަލިފާން ކޮންޓްރޯލް ކުރެވިއިވިފައިވިޔަސް އަދިވެސް އަލިފާންގަނޑު އެއްކޮށް ނިއްވައެއް ނުލެވޭ.
02:02
އަލިފާނުގެ 70 އިންސައްތަ މިހާރުވަނީ ކޮންޓްރޯލް ކުރެވުފައި
01:03
ރެސްޓޯރެންޓް ބަނދިގޭގައި ރޯވި އަލިފާންގަނޑުވެސްވަނީ ކޮންޓްރޯލް ކުރެވިފައި. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިއެއް ނުވޭ.
01:02
އަލިފާން ފެތުރުންވަނީ ކޮންޓްރޯލް ކުރެވިފައި. މޫދު ކޮޓަރި ތަކާއި ޖެޓީ އޭރިޔާ 1 ގެ އަލިފާންގަނޑުވަނީ ނިއްވާލެވިފައި. މާލެއިން އައި ފަޔަރގެ ޓީމްއިންވަނީ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަށާފައި.
00:53
މޫދު ކައިރި ކޮޓަރި ތަކުގައި ރޯވި އަލިފާންގަނޑު މިހާރުވަނީ ނިއްވާލެވިފައި.
23:51
އަލިފާން ރޯވެފައި ހުރި ކޮޓަރިތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފައި. އަދިވެސް އަލިފާންގަނޑު ދަނީ އަނދަމުން.
23:47
މޫދުގައި ހުރި ގިނަ ކޮޓަރިތަކެއްގައި ވަނީ އަލިފާން ރޯވެފައި. އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވޭ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ނިއްވަން އިތުރު ސިފައިން މާލެ އިން ގިލި ލަންކަންފުއްޓަށް ދަތުރު ކުރަމުންދާކަމަށް.
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރިސޯޓް ކަމަށްވާ ގިލި ލަންކަންފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެރިސޯޓްގެ މޫދު ކޮޓަރިތަކެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ސިފައިންނަށް ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 22:32 ގައި ކަމަށާއި އަލިފާން ނިއްވުމަށް ސިފައިން މިހާރު އެރިސޯޓަށް ދަތުރުކުރަމުންދާ ކަމަށެވެ.
(ތަފްސީލް އަންނަނީ)
ރާއްޖޭގައި ރިސޯރޓްސް ތައް ހަދާއިރު މިހާރު އެބަހަދާ އެއްގޮތަކަށް ވެސް އެއްވެސް ޖެޓީ އެއް ނެތި ލެގޫން މެދުގައި ނުވަތަ ވިލުގެ މެދު ތެރޭގައި އެގޮތަށް އިމާރާތް ތައް ހަދަން ހުއްދަ ދެނީ އެއީ ޓޫރިޒަމް މިނިސްޓްރީ އިންނޭ އެއީ އެކަން ކުރަން ޖެހޭނެ ގޮތެއް ނޫނޭ މިއިން އެގެނީ ޓޫރިޒަމަށް 40 އަހަރަށް ވުރެން ގިނަ ދުވަސްވީއިރު ވެސް އެމިނިސްޓްރީ އަށް ރިސޯރޓްސް ތަކުގެ ސޭފްޓީ ސްޓޭންޑަރޑް ކަނޑައަޅަން ނޭގުނޭ ވެއަރ އާރޔޫނައު އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ޑާންސް ޑާންސް ޑާންސް...
އުމަރާ ކޮބާ؟
މިއަދު އަލިފާނޯއި ކިޔާއިގެން އެގޮލާ އުޅުނު.
އަނެއްކާ ހަރުގަނޑު ހިފައިގެން ތިރިސޯޓަށް ދިޔައީތަ.
ބޮޑުހުޅު ސަރުކާރު މި
އެއީ 15ވަރަކަށް އަހަރު ވެފަ ވާ ރިސޯޓެއް ނޫން ތޭ؟؟؟
juju