ސަރުކާރުގެ ސިޔާސަތަކީ ރަށްރަށް ހިންގުމުގެ ބާރު ސަރުކާރުން ދޫކޮށްލައި، ރަށު ކައުންސިލްތަކާ މުޅިން ހަވާލުކުރެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރައްވަން ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރެއިން، ލާމަރުކަޒީ ނިޒާމުގެ ދާއިރާއަށް އަމާޒުކުރައްވާފައިވާ ވައުދުގެ ދަށުން، ރަށު ކައުންސިލްތަކުން ބޭނުންކުރުމަށްޓަކައި ފަރުމާކޮށްފައިވާ ވެބް ޕޯޓަލް "އައިލެންޑްސް.އެމްވީ" އިފްތިތާހް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ދިނުމުގެ އިތުރުން ރަށްތައް މާލީ ގޮތުން ފުދުންތެރި ކުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"ޖަޒީރާވަންތަ ގޮތެއްގައި ރާއްޖެ ތަރައްގީ ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު ރަށްރަށުގެ ފުދުންތެރިކަން އިތުރު ކުރަންޖެހޭ. ހިންގުމާ އެކީގައި މާލީގޮތުން ފުދުންތެރި ކުރުވުން އެއީ އަޅުގަނޑުމެންގެ އެއް ސިޔާސަތު." ރައީސް ޥިދާޅުވިއެވެ.
މިރޭ އިފްތިތާހް ކުރި އައިލެންޑްސް.އެމްވީ އިން ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާއި، ރަށުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކެއްގެ މައުލޫމާތު އެއްތަނަކުން ލިބި، ރަށު ކައުންސިލްތައް މެދުވެރިކޮށް ހުރިހާ ދާއިރާއަކުން ރަށާބެހޭ މައުލޫމާތު އިސްތިހާރު ކުރެވޭނެ ފުރުސަތު ފަހިވެގެން ދާނެއެވެ. މިގޮތުން، އެރަށަކަށް ލިބިފައިވާ ޚާއްޞަ ކަންކަމާއި، ރަށުގައި ލިބެންހުރި ވަސީލަތްތަކާއި، ރަށުގެ އިޤްތިޞާދާ ބެހޭ މައުލޫމަތު ފޯރުކޮށްދޭނެ ޑިޖިޓަލް ފްރަންޓް އޮފީހެއްގެ ގޮތުގައި މި ވެބް ޕޯޓަލް ބޭނުން ކުރެވޭނެއެވެ.
"އައިލެންޑްސް.އެމްވީ" ވެބް ޕޯޓަލްއަކީ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ބުރޯ ތިޔަކަން އަދި ނުކުރެވޭނެ ރަށްރަށް ހިންގަން ފައިސާވެސް ދޭން ޖެހެނީ ދަވްލަތުގެ ބަޖެޓުންދޯ . އަދި އަތޮޅުތަކަުން އެކަން ހާސިލް ވާކަށް ނެތް އެކަމަށް އަދި 40 އަހަރު ބޭނުންވާނެ.
ރައްތަކުން މީހުން މާލެގެނެސް ފަޅުރައްތައް ކައުންސިލުން ހިންގަން ދޫކޮޢްލުން
ނޭގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް، ކަދުފަތީގަ އެއްރަށުން އަނެއް ރަށަށް ވަރަށް ސަޅިވާނެ އެއީ ޖަޒީރާވަންތަ ދަތުރު.
ކޮސް ނުގޮވާ! އިނގިރޭސިން ވެސް ފަށާފައި ފެއިލް ވެފައި އޮތް ސިޔާސަތެއް.
އަމާޒަކީ މާލެ އެކަނި ހިންގުން.
އަޅެ މީ ތާކުޙުރި ބޮޑު ބީތާއެއްތަ. ކިޔޭ ނުކިޔޭ ވާ ނުވާ އެނގޭބާ.
ތިޔައީ ތިބައިގަޑުގެ އާވަހާކައެއް ނޫން ބައެއް ރައްޔިތުން ނަށްއ ނޭގުނަސް. ތި ބައިގަޑު ބޭނުނވަނީ މިރާއްޖޭގެ ހިންގުންވެސް ބެރުބަޔަކާ ހަވާލުކުރަން، އަޖައިބެއްކަހަލަ ބވާހަކައެއްތާ، ރައްތައް ހިންގުން ކައުންސިލްތަކަށް މާލޭގެ ހިންގުން ސިޓީ ކައުންސިލާ ދެން ކޭކުރާ ސަރުކާރެއް، ކޮންކަމެއް ހިންގަން، ލަތު ގެ ކަންފުޅެއް ހުރިބައެއް ނޫން، އެބުނީ ހަމަ ރަގަޅަށް ތީ ވެރިކަން ކުރަން އިނގޭ ބައެއް ނޫން
މިމީހުން ވެރިކަމަށް އައުމަށްފަހު އަބަދުވެސް ލާމަރުކަޒީއޭ ޖަޒީރާއޭ ކިޔާލަކިޔާލާ ތިބޭނީއެވެ. ކަމެއްވޭތޯއެއް ނޫޅެއެވެ.
ނާޤާބިލްކަން އަމިއްލަޔަށް އިޙްސާސްކުރެވުނުވަރަކަށް އެޅޭނީ ފޮޅި! ތިރީގައިމިވާ ކަންކަން އޮތީ ކިހާހިސާބެއްގައިތޯއެވެ؟
* އޯވަޓައިމްލިމިޓް ކަނޑާލަ މުސާރަތައް ޑަބަލްކުރުން
* ވިހާކޮންމެ މީހަކަށް ދޭ ޟަރޫރީ ހަދިޔާފޮށި
* މަސްވެރިންގެ ކާޑަށް ފައިސާ ޖަމާކުރުން
* ހުރިހާ ދަރިވަރުންނަށް ފަސްއަހަރުވަންދެން ދޭންބުނި ނާސްތާ
* އައްޑޫގައި އަޅަންބުނި 13 މޭލްގެ ބްރިޖާއި ފާދިއްޕޮޅުގައި އަޅަންބުނި 4 މެއިލްގެ ބްރިޖް
* ކާޑުގެ ބާވަތްތަކުން އަގު 50 ޕަސެންޓް ކުޑަކުރުން
* ކަރަންޓް ޔުނިޓަކަށް ބައިރުފިޔާ ހަމަޖެއްސުން
*
މިކުދީން ހާދަ ބުލޫއޭ
ތީ ހިންގަން ނޭނގޭތީ ދައްކާވާހަކަ، ނޭގެންޏާ ޖެހޭނީ ދޫކޮށްލަންތާ!
ލާދީނީ ރޫހާނީ ސައިޓު އެންވެސްމައުލޫމާތުނުލިބޭނެ
ރަށްތަށް ހިންގުމުގެ ގާބިލްކަން ތަމެންގެ ނެތޭބުނުއްވިއްޔާ މާރަނގަޅުވާނެ.
ބަހާއި ޢަމަލާއި ދިމާނުވިޔަސް މިއީ ދެން ތަންކޮޅެއް ބޮޑުވަރެކެވެ.
ތިޔަ ވިސްނުމުގަ ނޫންބާ ލާމަރުކަޒި ނިޒާމެއް ގާނޫނުއަސާސިގަ ހިމެނީ .އެނިޒާމް ހާސިލް ކުރުމަށް ފުރަތަމަ އެމްޑީޕީ ވެރިކަމަށް އައިސް އެ ނިޒާމ،ާމެދު ނުވިސްނީ ކީއްވެ ؟އެ ނިޒާމުގެ މަތިން ކޮންމެ އަތޮޅެއްގާ އަތޮޅު ކައުންސިލުގެ މަތިން މަސައްކަތް ކުރާނެ ގައުމީ އިދާރާ އެއް ހަދަާ އަތޮޅު ކައުންސިލާ ރަށުކައުންސިލަތަކުގެ ރައްޔިތުންގެ ފައިސާ ރައްޔިތުންކުރެން އެހުމަކާ ނުލާ ނަގާ އަދިއަދަށް ދާންދެންވެސް ރައޔިތުންނަށް އެފައިސާއަށް ވީގޮތެއްނޭގޭ. ގޭގަހުރެފަ ބަދިގެއަށް ވަދެ އައޑީކާޑު ހަދާގޮތަށް ގާތުން ހުރިހާކަމެއްވާގޮތް ހެދުމަށް ކަމަށް ބުނެ ގައުމީ އިދާރާއެއް ހަދާ ކައުނސިލްތަކުގެ ބާރު ކަނޑުވާލާ ކައުންސިލްތައް ހާލުގާ ޖެއްސީވެސް އެމްޑީޕީ ގެ ސަރުކާރުންނޫންތަ ؟މިހާރު އަނެއްލަވަ ކިޔަންފަށައިފި މިފަހަރު ކިހިނެތް ހަދާނެބާ ؟ އިންޑިޔާގެ އަސްކަރިއްޔާ ގެނެސް ކޮންމެ ރަށަކު ބައިތިއްބަނިތަ ؟
ހުރިހާ ކަމެެއް ހަމަވީތިޔަ