މާޗު އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ގޭބީސީތަކުން ބޭނުންކުރާ ކަރަންޓުގެ އަގު ހެޔޮކޮށްދެވިފައި ވާނެ ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާން ކުރައްވައިފިއެވެ.
ކަރަންޓް އަގުހެޔޮ ކުރިކަން ރައީސް އިއުލާން ކުރެއްވި މިއީ ދެވަނަ ފަހަރެވެ. ކަރަންޓްގެ އަގު ހެޔޮކުރިކަން އެމަނިކުފާނު ފުރަތަމަ އިއުލާން ކުރެއްވީ އެމްޑީޕީގެ މަޖިލިސް ކެމްޕޭން ފެއްޓެވުމުގެ ރަސްމިއްޔާތުގައެވެ.ނަމަވެސް އެއީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެކެވެ.
ސަރުކާރަށް 100 ދުވަސް ހަމަވުން ފާހަގަކުރުމުގެ ގޮތުން ރައީސް އޮފީހުގައި ވަޒީރުންނާއެކު ބާއްވަމުންދާ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮކުރިއިރު ވަރަށް ބޮޑުތަން ހެޔޮކޮށްދެއްވާފައިވާނެ ކަމަށާއި، މިސާލަކަށް 4،600ރ. ކުރިން ކަރަންޓު ބިލަށް ދައްކަމުން އަންނަ ގެތަކުން މިހާރު ދައްކާނީ 3،400ރ. ކަމަށެވެ.
މާޗްގެ މަގުގެ އެއްވަނަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ކަރަންޓްގެ އަގުހެޔޮ ކުރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު އިއުލާން ކުރެއްވި ނަމަވެސް މަދުން ކަރަންޓް ބޭނުން ކުރާ ފަރާތްތައް އޭގެތެރޭގައި ހިމެނިފައެއް ނުވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަގު ނައްތާލަން ނިންމާފައިވާ ކަމަށެވެ.
400 ޔުނިޓަށް ވުރެ ގިނައިން ކަރަންޓް ބޭނުން ކުރަނީ ބޮޑެތި ފިހާރަކުންނާއި، ވަރަށް ބޮޑެތި އިމާރާތްތަކުންނެވެ. އާދައިގެ ދިރިއުޅެއް އުޅޭ ގޭގޭގައި އެމިންވަރަށް ކަރަންޓް ބޭނުމެއް ނުކުރެއެވެ. އެހެންކަމުން ރައީސް ޞާލިހް އިއުލާން ކުރެއްވި ކަރަންޓް އަގުހެޔޮ ކުރުމުގެ ވައުދުގެ ފައިދާ ކުރާނީ ގިނައިން ކަރަންޓް ބޭނުންކުރާ މުއްސަނދިންނާއި ވިޔަފާރިވެރިންނަށެވެ.
އަޅުގަނޑުގެ ގެޔަށް މިދިޔަމަހުވެސް ފެނަކައިން މަކަރުހަދާ ބިލްބޮޑުކޮއްފައިވޭ
މިހާ ނާގާބިލު މީހަކު މި ދިވެހި ރާއްގޭގެ ވެރިކަމަކައް ނާދޭ
ﷲ ގެ ހެޔޮ ރަހުމަތުން މިކަމުން ސަލާމަތް ކުރައްވާށި
ނާގާބިލް ވަނީ ވައްކަން ނުކޮއް ރައްޔިތުންނައް ހިދުމަތްކުރާތީތަ، ހަޖަމް ކޮއްލައިގެންތިބޭ، މީ ރައްޔިތުންގެ ވެރިކަމެއް.. އެނގޭ މިކޮމެންޓް ޖަހާކައް ނުކެރޭނެކަން
އަދި ނުވޭނު 100 ދުވަހެއް. ސަތޭކަ ދުވަސް ހަމަކުރާންޖެހޭނީ ރައީސް ރަށުން ބޭރުގައި އުޅުއްވާ ދުވަސްތަކާއި ބަންދު ދުވަސްތަކާއި އޮފީހަށް ނުކުންނަވާ ދުވަސްތައް ނުހިމަނައި 🙂
ދޮގެއް ވިއްޔާ މި ވެރިކަން އަވަހަށް ވައްޓަވާން ދޭވެ
މި ނޫސް ކިޔާ ބައެއްމީހުންގެ މައްސަލައެއް އުޅޭހެން ހީވަނީ، މީހަކު ރަނގަޅު ކަމެއް ކުރިއަސް ބަލައިގަންނާކަށް ނުއެގޭ! ހީވަނީ ހިސާބައްވުރެ ޖާހިލީހެން.
ކުރީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް މާލެއާއި އެއްވަރަށް ކަރަންޓްގެ ފީ ހަމަ ހަމަ ކޮށްފައި އަދި ފެންވެސް އެކަމު މިއަދު ވިދާޅުވި ދެން މިއަދަށް ފަހު މާލެއާއި ރަށް ރަށް ހަމަ ހަމަ ކޮށް ބިލް ކުރާނެއޭ އެއްވަރޭ މިކުރީ މިއީ ހަމަ ޔަގީނުން ވެސް ހެއްދިވެ ދޮގެއް މިކަން އިސްލާހު ކޮށް މައާފަށް އެދެން ޖެހޭ އޮޅުވާލަށް ވާކަށް ނުވާނެ ދެން ވާހަކަ ދައްކަވާ ފަހަރަކުން ރަނގަޅު ކޮށްލައްވާ... އެއަރ ޕޯޓް ޓަމިނަލް ގެ ކުރެހެމެއް ނެތޭ ވިދާލުވި ކަހަލަ ވާހަކަ އެއް ކުރީ ސަރުކާރު ނިމުނު އިރު ވަނީ ޓަރމިނަލްގެ 1400 (ސާދަ ސަތޭކަ) ބުޑަށް ކޮންކުރީޓް އަޅާފައި . މިކަން މިހާރުގެ އެމްޑީ މޫސާ ސާލިހަށް ރަނގަޅަށް އިނގޭނެ... އެކަމަށް ވެސް ޖެހޭ ރައީސް މައާފަށް އެދެން... އަލަށް އަޅާ ފްލެޓްވެސް އިންސާނުން ދިރިއުޅޭން ކަމުދާ ތަނެއް ނޫނޭ ބުނުއްވި ބުނުއްވުމާކީވެސް ހެއްދެވުނު ދޮގެއް ހަދާ ނުނިމޭ ތަނެއްގެ ފެންވަރު ނޭގޭނެ..... އެކަމަށް ވެސް މައާފަށް އެދެން ޖެހޭ...... 100 ދުވަހު ތެރޭ މިގޮތަށް ހެއްދެވުނު ދޮގުގެ އަދަދު ބަލަން ޖެހޭ.....
ތިގޮތަށްކީއްވެތޯ މުޅިރާއްޖެއަށް ސްކޫލުތަކުގެ ނާސްތާ ދޭންނުފެށީ މުޅިރާއްޖޭގެ ގުރޭޑް 1 އަށް އެއްފަހަރާ ނުވަތަ ގުރޭޑް 5 އަށް ނޫންނަމަ 1000 ރ އިންމަތީގެ ޢާއްމްދަނީއެއްލިބޭފަރާތްތަކުގެ ބެލެނިވެރިކަމުގެދަށުގައިވާހުރިހާ ކުދިންނަށް އެއްފަހަރާ ފެށިނަމަ ވ ސަޅިވީސްދޯ
ޢަބަދުވެސް ކޮންމެ ސަރުކާރެއްގައިވެސް ފައިދާ ކުރާނީ މުއްސަދި' މަހުޖަނުން' ވިޔަފާރިވެރިންނަށް ނިކަމެތިނަނައް އޮންނާނީ ވޯޓް ދިނުން
ތިވަޢުދުފުދިއްޖެ
ކިހާވަރެއްތަ އަގުހެޔޮވީ ނޫނޭ އަނިޔާވެރި ވެރިކަމެއް
ކަލޯގެޔާ އެތަންދޯ މިފެނުނީ މިދިޔަމަހު ބިލައްވުރެ މި މަހުގެ ބިލައް އިތުރުވީ އެންމެ -/200 ރުފިޔާ، ކަރަންޓްބިލް ތިހާވަރަކައް ކުޑަކުރެވޭނީ ރައްޔިތުން ބޮލުގައި ތެއްގޯނި އެޅުވުން ނޫންކަމެއް ނުކުރޭ މަނިފާނު އިސްތިއުފާ ދީފަ ވަޑައިގަންނަވާ
ސާބަހޭ ތީޤަަައުމުގެ ރޫހަކީ