މަޖިލީހުގެ ރިޔާސަތުން އަންހެން ބޭފުޅަކު ފެނުމަކީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މިއަދު ވިދާޅުވުމާއި ގުޅިގެން، ޑރ މުހައްމަދު އިޔާޒު އެއަށް ރައްދުދެއްވައިފިއެވެ.
ޓްވިޓާ މެދުވެރިކޮށް މިނިސްޓަރ ޝިދާތާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމުގައި އަންހެން މެންބަރަކު ފެނިގެން ދިޔުމަކީ ބައިނަލްއަޤުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށެވެ.
މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފައިވާ ދެ މެންބަރުންނަށް ވެސް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ. އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖޭގެ ރައީސް އާއި ނައިބް ރައީސް ނެތިއްޖެ ހާލަތެއްގައި ގައުމު ހަވާލުވާނީ މަޖިލީސްގެ ރައީސް ކަމަށެވެ. އަދި ގައުމެއްގެ އެންމެ އިސްވެރިއަކަށް އަންހެނަކު ހުރުން އިސްލާމްދީން ހުއްދަނުދެއްވާކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އިސްތިއުފާ ދެއްވައިފިނަމަ، ނުވަތަ އެހެން ވެސް ސަބަބެއް މެދުވެރިވެގެން އެބޭފުޅުން މަގާމުން ވަކިވެއްޖެނަމަ ރައީސް ކަމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެ ބޭފުޅުންނެވެ.
އިޔާޒު ތިހެންބުނީތީވެސް ދެން ހޮވާނީ އަންހެނެއް.
ސިދާތާ އަށް ޢިލްމުވެރިޔަކު ރައްދު ދެއްުމުން އެއާދެކޮޅަށް ކަންކުރުމަށް އެމްޑީޕީއަށް ހިތްވަރުލިބި މަޖިލީހުގެ ރައީސްކަމަށް އަންހެނަކު ހޮވުމަކީ އެމްޑީޕީގެ ޢަޒުމަކަށް ހަދާނެ! އެއީ އެމީހުންގެ ސޫރަފާޅުވުމުގެ ފުރަތަމަ މަރުޙަލާއަށް ވާނެ!
ސިދާތާ ކަންކުރަނީ ދުނިޔެއަށް ދައްކަން. މަގާމުގެ ދަހިވެތިކަމުގަ. ލާދީނީ ޕާޓީއާއި ގުޅޭ އެންމެގެ ވައްތަރުތީ. އިބްތިހާލް ސަލާމްބުނި.
މިހާރަކު ދެން ޑޮކްޓަރ ޢިޔާޟުގެ ބަހެއް ނުވިކޭނެ. ވެރިކަން ހޯދަން މަސައްކަތްކުރި ދުވަސްވަރު "އަތްއަތް މަތީގަ" ގެންގުޅުނެއްނޫންތޯ؟ ވެރިކަން ލިބުނީމަ އަރުވާނީ ފެންކައްކާ ބޮލީގެ އުއްޒަތް.
މިހާރު އެއްކަލަ އިލްޔާސްގެ ޚަބަރެއް ވެސް ނުވޭ ދޮއްތަ ޢިޔާޒު ވަރެއް ހަމަނެތް ހައްޤު ބަސްބުނަން ކެރޭވިއްޔަ ޕާޓީ ކުދިންނާ ދެކޮޅަށްވެސް
ދީނުގަ ކަމެއް އޮތް ގޮތް އިޔާސް ބުނީމަ އެއީތެދެއްތޯ ބަލަން ވީއެވެ. ތެދެއްނަމަ ގަބޫލުކުރަން ވީއެވެ. ދެން ދީނުގަ އޮތް ކަމެއް ނެތް ކަމަކަށް ނުހެދޭނެއެވެ.
އިޔާޒުމެން ދައްކާ ވާހަކަ މިހާރު އެކަކުވެސް އަޑުނާހާނެ.... އެލެކްސް މެންކަހަލަ މީހުންނަށް ބާރުލިބޭ ވެރިކަމެއް ގެންނަން އިޔާޒު ކުރި މަސައްަތައްފަހު މަ ސަލާމް
އޭނައަށް މަގާމެއް ލިބުނީމަ އޭނައަށް ނޭގެ ދުލުން ލިޔޭ ނުކިޔޭ އެއްޗެއް. ހެދޭ ނެހެދޭ އެއްޗެއް ނޭގެ
މި މަންޖެ މީހާދަ ވަރެކޭދޯ މިހުރީ