ރާއްޖޭގެ މަޝްހޫރު އަތަރު ބްރޭންޑް "އޫދު އަލް ސަބާޔާ"ގެ އޮފިޝަލް ވީޑިއޯ އާއްމުކޮށްފިއެވެ.
އެ ވީޑިއޯގައި އޫދު އަލް ސަބާޔާގެ ބްރޭންޑްގެ އަތަރާއި ސެންޓުގެ އެކި ވައްތަރުތައް ދައްކާލައެވެ. އޮފިޝަލް ވީޑިއޯއަށް ގިނަ ބައެއްގެ ތަރުހީބުވެސް ވަނީ ލިބިފައެވެ.
މިއީ އޫދު އަލް ސަބާޔާ ބްރޭންޑްގެ އޮފިޝަލް ވީޑިއޯއެއް ނެރުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
https://www.facebook.com/101395983554625/posts/846799125680970?sfns=mo
ކުރިއަށް މި އޮތް ފިތުރު އީދާއި ދިމާކޮށް އޫދް އަލް ސަބާޔާއިން ހާއްސަ ޕްރޮމޯޝަންއެއް ވެސް މި ވަނީ ފަށާފައެވެ. ޖޫން މަހުގެ އެއް ވަނަ ދުވަހުން ފިތުރު އީދު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހިލޭ އަތަރު ފުޅިއެއް ލިބިގެން މި ދަނީ 500 އަށްވުރެ މަތިން ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އަދި 1000 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.
އޫދު އަލް ސަބާޔާއަކީ މީރުވަހުން ދިވެހިން ހިތްތައް އަތުލަމުން އަންނަ މޮޅު އަތަރު ބްރޭންޑެކެވެ. މި ބްރޭންޑުގެ ޕްރޮޑަކްޓްތައް މިހާރު މާލެ އާއި ހުޅުމާލެ އަދި އައްޑޫ ސިޓީންވެސް ލިބެން ހުންނާނެއެވެ.
އަތަރުގެ އިތުރުން، ޕާފިއުމް އޫދު އަލް ސަބަޔާ އިން ދަނީ ވިއްކަމުންނެވެ.
އޫދު އަލް ސަބާޔާގެ ފޯން ނަމްބަރަކީ 9495757 އެވެ.