ފަލަކީ ހިސާބަށް ބުރަވެ، މާދަމާއަކީ ރާއްޖެއަށް ވެސް ފިތުރު އީދުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ޤަރާރުގައި ވިދާޅުވެފައިވަނީ މިއަދުގެ އިރުއޮއްސުމަށް ފަހު ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކަށާއި ގިނަ އިސްލާމީ ޤައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހުޅެވި ހަނދު ފެންމަތިވެފައި ހުންނާނެކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ޔަޤީންވާތީއާއި އިސްލާމީ ބައެއް ޤައުމުތަކަށް 1440 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުވެއްޖެކަމުގެ ޚަބަރު ރަސްމީގޮތުން ލިބިފައިވާތީއާއި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގައި ރާއްޖޭގައި މިހާތަނަށް އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާގޮތުގެ މަތިން މާދަމާ (4 ޖޫން) އަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހުގެ ގޮތުގައި ކަނޑައަޅާކަމަށެވެ.
ކުރިން ވެސް ބެލެވިފައި އޮތްގޮތައް މާދަމާ އަކީ ފިތުރު ޢީދު ކަމަށް ރާއްޖެ އިން ނިންމި ނަމަވެސް ރާއްޖެ އިން އެގޮތައް ނިންމީ އާއްމު ގޮތެއްގައި ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކުން ވެސް ގޮތް ނިންމުމުގައި ތަބާވާ ސައުދީ އަރަބިއްޔާގެ ނިންމުން އިއުލާން ނުކުރަނީސް ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ރާއްޖެ އިން މާދަމާ އަކީ ފިތުރު ޢީދު ކަމަށް އިއުލާން ކުރި ފަހުން ސައުދީ އަރަބިއްޔާ އިން ވަނީ މާދަމާ އަކީ ފިތުރު ޢީދުގެ ފުރަތަމަ ދުވަސް ކަމަށް ނިންމާފައެވެ.
ފިތުރު ޢީދު ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތެރޭގައި ވެސް ބައެއް ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. ނަމަވެސް މޫސުން ގޯސްވުމުން ޢީދު ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި ގިނަ ހަރަކާތްތައް ކެންސަލް ކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާމް ކުރެއްވުން ވެސް ވަނީ މޫސުން ގޯސްވުމުން ކެންސަލްކޮށްފައެވެ.
ބައެއްއިސްލާމީ ޤައުމުތަކަށް ހަނދު ފެނިފައިވަނީ
މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފި ނަމަ ދެން މަމެން އުއްމީދު ކުރަމޭ ރައީސް އިބޫގެ ސަރުކާރުން މިއީދު ނިމުމުން ރައްޔިތުންނާއި ގުޅިފައިވާ ބޮޑެތި ޑްރީމްސް ތަކުގެ މަސައްކަތް ތައް ކަމުގައިވާ މާލެ ސަރަހައްދުން ގޯތި ތަކަށް އެދިފައިވާ އެންމެންނަށް ގޯތި ދިނުމުގެ ކަންކަން އީދު ތެރޭގައި އިއުލާން ކޮށް ހަދާ އަދި އީދު ނިމުމުން މިމަސައްކަތް އާފޯރި އާއި އެކު ފަށައިގަންނާނެ ކަމަށް ވެން ވީއާރ ލޮސްޓް ވިލް ޔޫ ބީ ދެއަރ ފޯރމީ...
މައުމޫން ދުނިޔޭގަހުރީޔަ ކޮންމެހިސާބެއްގަ ހަނދުހުއްޓަސް ފަލަކީ ހިސާބް ޖަހައިގެން ހަނދު ހުރިހިސާބެއް ހޯދާނެ
ފަލަކީ ހިސާބު ދައްކާގޮތުން.
1.ރާއްޖެ މާލެ އަށް ހަދު އޮއްސޭނީ އިރު އޮއްސޭތާ 4 މިނިޓްފަހުން
2. މައްކާ އަށް ހަނދު އޮއްސޭނީ އިރު އޮއްސޭތާ 6 މިނެޓް ފަހުން.
3. ޓިއުނޭޝިއާއަށް، ހަދު އޮއްސޭނީ އިރު އޮއްސޭތާ 9 މިނިޓް ފަހުން.
4. އިންޑްނޭޝިއާ ަަަަަަ އަށް، އިރާއި، ހަނދު ެެެެެެެެެެ އޮއްސުނީ އެއްގަޑިއެއްގައި ކަމަށްވާތީ، ހަނދު ސާބިތު ނުވުން ދުރު.
ފަލަކީ ހިސާބުން، ވަރަށް ރަގަޅަށް އިނގޭ ހަނދު އިރު އޮއްސޭއިރު ފެންމަތީ ހުންނާނެކަން.
އީދު މުބާރިކް.... ކޮމެންޓް ވިދާޅުވާ ކުދިންނާއި ވަގުތު ހީވާގި ޓީމަށް.
ތަމެންގެ ވެރިކަމުގެ ފުރަތަމަ ރޯދަ މަހު އައި އީދު ދުވަހު އީދު ސަލާމް ކުރުން ވެސް ކެންސަލް ކުރަން ދޯ ޖެހުނީ ތިޔާއިން އެގިގެން ދާ އެއްޗަކީ ތަމެންނަކީ އެއީ ޕްރޮއެކްޓިވް ކޮށް މަސައްކަތް ކުރަން ދަންނަ ބަޔެއް ނޫން ކަން ޖޫން މަހު އީދު ދުވަސް އަންނަ އިރު ރާއްޖޭގެ ނަކަތް ތަކުގެ އަލިފުބާ ދަންނަ މީހަކު ނަމަ އިނގެންވާނެ އެއް ނޫންތޭ އީދު ސަލާމް ކުރުން މުލިއާގޭގައި ނުބާއްވަން އައި ޑްރޯ ދަ ޕްލޭން ލިޓިލް ބިޓް ސީ ދަ ފޯރކާސްޓް...
ދެން ފަލަކީ ހިސާބައް ބުރަވާންބޭނުން ނުވާމީހުން އީދު ދުވަހު ރޯދަހިފަންވީއެއްނުން..
މަސްވެރިޔާ ހާދަމޮޅޭ ފަލަކީ ހިސާބުޖަހަން
މުސްލިމުންގެ ތެރެއިން އެންމެ މީހަކަށް ހަނދު ފެނުނުނަމަވެސް ހުރިހާ މުސްލިމުން ޖެހޭނީ އެކަން ބަލައިގަންނާށެވެ.
ކުރިން މިކަހަލަ ކޮންމެ ކަމަކަށް ޔެލޯ ކުދިން މައުމޫނައް ޖޯކުޖަހާ، އެކިޒާއްޒާތައް މަލާމާތުގެ ފަރިހި ކިޔާނެ. މި އަދު އާއިލީ ވެރިކަންވެސް ފަލަކީ ހިސާބުން ހަނދު ހޯދީމަ، އީދު
ކޮން ފަލަކީ ހިސާބެއް؟؟! އަހަރުން ގަބޫލުކުރާނީ ހަމައެކަނި އެމްޑީޕީ ގައުމީ މަޖިލިހުން ބުނާއެއްޗެއް އެކަނި..