ގުރައިދޫ ދާއިރާ އަށް އިންތިހާބު ވެވަޑައިގަންނަވާފައިވާ އިބްރާހިމް ރިޒާ މެންބަރު ކަމުގެ ހުވާ ކުރަށްވައިފިއެވެ.
19 ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވި ޖަލްސާގައި ރިޒާ އަށް ހުވާ ނުކުރެއްވެވުނީ އުމްރާގެ އަޅުކަމުގައި ބައިވެރިވެ ވަޑައިގަތުމަށް މައްކާގައި ހުންނެވުމުންނެވެ.
ރިޒާ އަށް މަޖިލިސް މެންބަރު ކަމުގެ ހުވާ ލައިދެއްވާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. ރިޒާ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
19ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޛު އިބްރާހީމް ރިޟާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފި pic.twitter.com/ciDu8RYXnz
— People's Majlis (@mvpeoplesmajlis) June 10, 2019
ރިޒާ މިއަދު އެފެއްޓެވީ ރައްޔިތުން މަޖިލީހުގެ ތިން ވަނަ ދައުރެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ހުވާކޮށްފައި ވަނީ 86 މެންބަރުންނެވެ.
އުމްރާޔަށް ދިޔަ މީހެއް ހެނެއް ހިޔެއްނުވޭ. އުމްރާގެ އަޅުކަން ކުރާމީހުން ބޯ ބާލަން ޖެހޭ ނޫނީ ތުނިކޮށް ކޮށަން ޖެހޭ. މީނަ ހީވަނީ ކޮންމެވެސް ތަނަކަށް ޗެއްޓީޔަށް ގޮއްސަ އައިހެން. ތިކަލޭގެޔަށް އާ އެއްޗެއް އެންގިފަ އޮތީ ތޯ އެއްޗެއް. ލާރި ގިނަވެގެން އުޅޭ މީހުން އިޚްލާސްތެރި ކަމެއް ނެތްކަން މިފެންނަނީ އަޅުކަމުގަވެސް.
ރިޒާއެވެ. މިފަހަރު ކަލޭ ހޮވުނީ ހަމަ ކިރިޔާއެވެ. މިހާރު 2 ދައުރިގެ ލާރި ކެވިއްޖެއެވެ. ތިތާނގައި ގާނޫނުތައް ހެދޭއިރު އިސްލާމްދީނަށް ނިކަމެތިވާގޮތަށް ހެދޭ ގާނޫނުތަކުގައި އަނގައިން ނުބުނެ ވަކާލާތު ނުކޮށް ކަލޭ ހުންނަނަމަ.. ކަލޭތިޔައީ މައުޙަދުގެ ދަރިވަރުންނަށްވެސް ހުތުރެކެވެ. އަދި ކޯޓުތަކުގައި މަހުޖަނުންގެ މައްސަލަތަކުގައި ، ފައިސާލިބޭތީ ދިފާޢުގައި ވަކާލާތު ކޮށްފައި އިސްލާމްދީނުގެ ދިފާޢުގައި ވަކާލާތު ކުރުމުން ފައިސާބޮނޑިއެއް އަތަށް ނުލިބޭތީ މަޖިލީހުގައި މަންމަނެއްހެން ހަނުހުންނަ ހުރުން ދޫކޮށްލަން ވެއްޖެ އެވެ. ކަލޭކިޔެވީ ފަހެ ކޯއްޗެއް ހެއްޔެވެ؟