ގދ. ގައްދޫ އިން ކަރަންޓު ކެނޑޭ މައްސަލައިގައި ޙައްލެއް ހޯދައި ނުދެވުމުން އެރަށު މީހުން ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން "ވަގުތު" އަށް އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުނީ، މިއަދުވެސް ގިނައިރުތަކަކަށް ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށާއި ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާތީ ރައްޔިތުންނަށް ބޮޑެތި ތަކުލީފް ތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.
އިއްޔެއިން ފަށައިގެން އެކި ވަގުތުތަކުގައި ގައްދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި ވާއިރު، އިއްޔެ އިރު އޮއްސުނުއިރުން ފަށައިގެން ގިނައިރުތަކެއް ވަންދެން އެރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައި ވެއެވެ. ނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތެއް ނުކޮށް އެރަށުގެ ފެނަކައިގެ ވެރިން އިއްޔެ ގދ. ތިނަދޫގައި ކުރިއަށްގެންދާ މަސްވެރިންނަށް ހާއްސަކޮށް ބޭއްވި ޖަޒީރާ ހޮޅުއަށީގައި ބައިވެރިވުމުން ވެސް ގިނަބައެއްގެ ނުރުހުން އެފަރާތްތަކަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.
ގައްދޫ އިން މައުލޫމާތު ދިން ފަރާތުން ބުނިގޮތުގައި އެރަށުން ކަރަންޓު ކެނޑޭ މައްސަލައިގައި ހައްލެއް ހޯދައި ދެވޭނެ އިރެއްވެސް ފެނަކައިން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ކުރިމަތިވަމުން ދަނީ ކުރީގެ ސަރުކާރުން ޖެނެރޭޓަރުތައް މެއިންޓެއިންކޮށް ބަލަހައްޓާފައި ނުވާތީ ކަމަށް ގައްދޫ ފެނަކައިގެ އިސް ފަރާތްތަކުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
އިއްޔެ ގައްދޫއިން ކަރަންޓު ކެނޑެން ފެށީ އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއް އިންޖީނުގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަނީ ކަރަންޓްގެ މައްސަލަ ދިމާވެފައެވެ.
ޖަޒީރާ ރާއްޖޭގައި ކަރަންޓު ބޭނުންވޭތަ
ކުރީގެ ސަރުކާރުން އިންޖީނުތައް މެއިންޓެނަންސް ނުކޮއްހުރީތީ މައްސަލަ ކުރިމަތިވާންޖެހެނީއޭ ތިބުނަނީ އެސަރުކާރު ނިމުނުފަހުން 7މަސް ފާއިތުވިފަހުން ދޮތަ؟؟ ދެން ކީއްވީބާ މިހާރުގެ ސަރުކާރާއި މިހާރުގެފެނަކައިން ތިޔަމައްސަލަ ހައްލުނުކުރެވިގެން އުޅެނީ؟؟ 7 މަސްދުވަހުގެ މުއްދަތު ކުޑައީތޯ؟؟؟
ތިވެސް މިސަރުކާރުގެ މައްސަލައެއްނޫން ތިއީ އިންޖީނުގެ މައްސަލައެއް ނޫނީ ކުރީސަރުކާރުގެ އަނިޔާއެއްދޯ؟
ޢެކްޓިވިސްޓުން މަގާމުތަކަށް ނުލައި ތަންދޮރު އިނގޭ މީހުންނާއި ކަންކަން ހަވާލުކުރޭ.
ގައްދޫ މީހުންނަކީ ވަރަށް ތަފާތު ބައެއް. ޢެހެން ރަށްރށުގައި ވަކިޕާޓީއެއްގެ އައުލަބިއްޔަތު ބޮޑުނަމަ ތިކަހަލަ ކަމެއް މާބޮޑުކަމަކަށް ނުވެދާނެ.
ނަމަވެސް ގައްދޫގައި ހައްގުވާ މިންވަރު ހޯދަން ކުލަޔަކަށް ފިކުރަކަށް ނުބަލައި ނިކުންނާނެ
އެއިރަކުން ނުކެޑޭނެ ގިނައިން މުޒާހިރާކުރޭ
ކުރީސަރުކާރުގެ ބޮލަށް. ވަރަށްފައްކާ.
ތިތިބީ ޖަޒީރާ ވެފަ. ހަމަ ރަނގަޅަށް ތިވަނީ ކަރަންޓް ބޭނުމެއް ނޫނޭ ބުނެފައެއްނު އޮތީ. ދެން ހެވެއްނު.
ޖަޒީރާވަންތަކަން އިތުރުވާނެ މިހާރު. އެއަށް އޯކޭ ބުނެފަ އޮތީ. ދެން ކޮން ވާހަކައެއް؟
ވާދޫ މީހަކު މައިފޫނާ ސައީދު އަކީ ވޭދިޔަ ސަރުކާރުގަވެސް ހުވަދު އަތޮޅު ފެނަކައިގަ މަސައްކަތް ކުރި މީހެއް. ފިފަދަ ކަމެއް އަމިއްލާ ދާއިރާގެ ރަށެއްގަ ދިމާވާއިރު ހައްލު ކުރަން ނޭގުމަކީ .ކުރިއަށްތާގަވެސް ދިމާވާ ކަންތައް ހައްލު ހޯދަދެވޭނެ މީހެއް ކަމުގައި ސުވާލު އުފެދޭ.
މީކީ ވަކިސަރުކާރުއާ ގުޅުން ހުރި ކަމެއްނުން.. ތަނެއްގެ ވެރިންގެ ގޮތުގައި ތިބޭ ބަޔަކު ތަނެއް މެނޭޖު ނުކުރެވިގެން ނުކުން މައްސަލަ. އެކްޓްވިސްޓް ވަޒީފާ ތަކަށް އައްޔަން ކުރުމުން ވާހާ ކަންތައް މިފެންނަނީ. ގައްދޫގައ 1 މެގަ ވޯޓް ކަރަންޓް އުފެއްދޭ ވަރަށް ޖެނަރޭޓަރ ސެޓް އެބަހުރި.. ސާވިސްނޮކޮށް ބަލަހައްޓަން ނޭގުމުގެ ސަބަބުން ދިމާވެގެން އުޅޭމައްސަލަތައްތީ؟
އިންޖީނުގެ ހުރެފައި ކަރަންޓްދިނީމަދޯ ކަރަންޓްކެނޑެނީ.