ދިވެހި ސިފައިންނާއި ޖަޕާންގެ ސިފައިން ގުޅިގެން ހިންގާ ޚާއްޞަ އަސްކަރީ ތަމްރީންތަކެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އިން ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓްގާޑް އާއި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސް ގުޅިގެން، ސާޗް އެންޑް ރެސްކިއު ތަމްރީނުތަކެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ހުޅުމާލެ އިރުމަތީފަރާތުން ކަނޑުގެ ސަރަހައްދުގައި ހިންގާ މި ތަމްރީނުތަކުގައި ޖަޕާން ނޭވީގެ ފްލައިޓަކާއި އެމްއެންޑޯއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ހަރަކާތްތެރިވާގޮތަށް ވަނީ ހަމަޖެހިފައި." ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވިއެވެ.
މި ތަމްރީނުތައް ކުރިއަށްދާނީ މިއަދު 11:00 އިން މެންދުރުފަހު 13:00 އަށެވެ.
މިތަމްރީންގައި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތާއި ކަނޑުމަތީގައި ތިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަކަށް އަމަލީ ގޮތުން ފަރިތަކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
https://twitter.com/MNDF_Official/status/1153187464506294273
ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެެރޭގައި އެމްއެންޑީއެފް އިން ވަނީ އަސްކަރީީ ގިނަ ތަމްރީންތަކެއް ކުރިއަށް ގެންގޮސްފައެވެ.
ފޮޓޯގައިވާ ބޯޓަކީ ކަނޑު އަޑިން ދަތުރުކުރާ ސަބްމެރިން ހޯދަން ހާއްސަ ޕީ-3 އޮރިއޮން މަރުކާގެ ބޯޓެއް. އެހެންވީމަ ތިކުޅޭ ކުޅިވަރަކީ އެހެން ކުޅިވަރެއްކަމަށް ބުނުމުގެ ޖާގަ އެބައޮތް.
ކޮބައިބާ ހަރުގަޑުގެ ވެރިޔާ އުމަރު! ޖަޕާނު ސިފައިން ރާއްޖެ ހިފަން އުޅޭއިރު އެއްކަލަ ހަސަދަވެރިޔާ އުމަރު ނަސީރު ކޮބައިބާ!
ކޮބާ އުމަރު ؟ ޖަޕާނު ސިފައިން ރާއްޖޭން ބާލަން މުޒާހަރާ ކުރާކަށް ނުވޭތަ ؟
އުމަރޭ ބުމަރޭ ކިޔައިގެން ޖަޕަާނާ އިންޑިއާޔާ އެއްވަރުކުރަން ނޫޅޭ.. ޖަޕާނަކީ ޗައިނާފަދައިން ނިޔަތް ރަނގަޅު ބަދަލަކަށް ޑިމާންޑުނުކޮށް ބޮޑެތި އެހީވާ ޤައުމެއް.. އަނެއްކާ މިއީ ސިފައިންނަށް ތަމްރީނުދެނީ ދެއްތޯ.. މިގޮތަަަށް އެމެރިކާ ސިފައިންވެސް އިންޑިޔާ ސިފައިންވެސް އައިސް ގޮސްހަދާ އެއްޗެކޭ ނުކިޔާ އެއްވެސް ބަޔަކު.. މައްސަލައަކީ ގަދަފައިވިއްދާގަ މި ޤައުމުގަ ތިބެން ހިފާތީ ދުނިޔެ އުމުރަށް އަސްކަރީ ބޭސް ހަދައިގެން