މިހާރު ދުނިޔޭގެ ފެންވަރަށް ތަރައްގީ ކުރަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ރެކޯޑު އަދަދަކަށް ޕްރައިވެޓު ޖެޓް ޖައްސައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން މިއަދު ކުރި ޓްވީޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އާދައާއި ހިލާފަށް ޕްރައިވެޓު ޖެޓް ޖެއްސިކަން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން އިއްޔެ 29 ޕްރައިވެޓު ޖެޓް އެ އެއާޕޯޓުގައި ޕާކް ކޮށްފައި އޮތް ކަން ވަނީ ހާމަ ކޮށްފައެވެ.
އިއްޔެ އެހާ ގިނައިން ޕްރައިވެޓު ޖެޓް ޖައްސާފައި ވަނީ އީސްޓާ ހޮލިޑޭ އާއި ދިމާކޮށް ގިނަ އަދަދެއްގެ މަހުޖަނުން ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެއަށް ޒިޔާރަތް ކުރުމުން ކަމަށް ބެލެވެއެވެ.
ގިނަ އަދަދެއްގެ ޕްރައިވެޓު ޖެޓު ރާއްޖެ އައިސްފައި މިވަނީ ރާއްޖެއަށް ބޭރުގެ އެއާލައިންތަކުންނާއި އެހެނިހެން ފަރާތްތަކުން ކުރަމުންދާ ދަތުރުތައް ހުއްޓާލަން އުޅޭ ކަމަށް ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެފައި ވަނިކޮށެވެ.
During Easter holidays we experienced a boom in private jets.
a record number of 29 private jets were parked @VelanaAirport on 1st April 2018. pic.twitter.com/b3GXrW4Vlv— Maldives Airports Company Ltd - MACL (@MACLmedia) April 2, 2018
މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުުރިއަށްދާއިރު އެ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ވެެސް އެ އެއާޕޯޓަށް ޖެއްސޭނެއެވެ. އެގޮތުން އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ނިމުމުން ދުނިޔޭގެ އެންމެ ބޮޑު އެއް މަތިންދާބޯޓު ކަމަށްވާ އޭ380 މަތިންދާބޯޯޓު ޖެއްސުމުގެ ޓެސްޓު ފްލައިޓުތަކެއް އޮންނާނެއެވެ.
މިހާރު އާ ރަންވޭގެ މެދުން އުތުރުށް 1600 މީޓަރުގެ ދިގުމިނުގައި ތާރު އަޅާ ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ ރަންވޭގެ މެދުން ދެކުނަށް ތާރު އެޅުމުގެ މަސައްކަތެވެ. އާ ރަންވޭގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު މި މަސައްކަތް އަންނަ އޮގަސްޓް މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ސާބަހޭ ޔާންބެގެ ސަރުކާރައް!
ގަދައަށް ހިންގާ ސަރުކާރެއް.
މިހުންނަނީ ބާޣީ ގަންޖާބޯ އާއި އޭނާގެ ވަށައިގެން އެނބުރޭ ކަޓުޕުތުލީ ތަކަށް ހަޖަމު ކުރެވޭނެ ކަންތައްތޯ......؟؟؟
މީތި ގަދައޭ. އަދިގަދަވާނީ ބްރިޖް ނިމުނީމަ. ޔާންޓެ ވަރެއް ނެތް ޔާންޓޭ ހަބޭސް
މީތި ގަދައޭ. އަދިގަދަވާނީ ބްރިޖް ނިމުނީމަ. ޔާންޓެ ވަރެއް ނެތް ޔާންޓޭ ހަބޭސް .ރީންދޫ ކުދިން ވަރަށް ގައިކަހާ ހިރުވާނެ. ޙެހެހް
ނަޝީދު އުޅުނީ އިންޑިޔާ ކުރިއަރުވަން ޔާމިން އުޅެނީ ރާއްޖެކުރިއަރުވަން.
ޖަރުމަނު އެމްބެސެޑަރަށް 1މިލިޔަންދީގެން ވިސާހޯދައިގެން އުޅޭ ބުރުމާ ބުނެގެން އޭނަ ދޭބަޔާންތައް އެއީ!
އަޅުގަނޑު އެއްވެސް އިރެއްގަ ބޭނުމެއް ނުވޭ ދިވެހިންނަ ގެއްލުމެއް ދޭކަށް...ކުރިއަށްވެސް ފާގަތިކަން..