ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ އަންނަ މަހުގެ 7 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްއާރުއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ހުއްދައާއި ހަވާލުވެވަޑަައިގަނެފައި ވަނީ ޕާޓީ އުފެއްދުުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.
އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އަލީމް ވިދާޅުވީ، މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަބާރުގޭގައި ކަމަށާއި މި ޖަލްސާގައި ޕާޓީގެ އަސާސީ ޤަވާއިދު ފާސްކުރުމާއި، ދިދަ އަދި ލޯގޯ ފާސްކުރުމަށް ހަމަޖެހިފައިވާކަމަަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ މި ޕާޓީ ހިންގުމަށް އެރޭ ކައުންސިލެއް އެކުލަވާލާނޭ ކަމަށާއި މި ކައުންސިލް ކައުންސިލް ހިމެނޭނީ އެރޭގެ ބައްދަލުވުމަށް ވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން މެމްބަރުން ހިމަނައިގެން ކަމަށެވެ.
މި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ބޭއްވި މި ރަސްމިއްޔާތުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ މިއީ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގައި އަންހެން ބޭކަނބަލެއް އިސްނަގައިގެން އުޅުއްވި ފުތަރަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 9 ސިޔާސީ ޕާޓީއެއް އޮތްއިރު އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފައްދަވާ 3 ވަނަ ޕާޓީއެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ޑީއާރުޕީއާއި، ޕީޕީއެމް އުފެއްދެވުމުގައިވެސް އިސްދައުރެއް އަދާކުރައްވާފައެވެ.
މައުމޫނު ޕާޓީތަހެދުމުން ގައުމާ ރައްޔިތުންނަލިބެނީ ގައެއްލުން.. ވީމާ މަނިކުފާނު ސިޔާސީޕާޓީ ހަދައިގެން ސިޔާސީކުޅިވަރުން އެއްފަރާތްވުމަށް އާދޭހާއެކު ދަންނަވަން.. މިގައުމު މިއަދު ތަހައްމަލްކުރަމުން މިދާ ނިކަމެތިކަން މިއައީ މަނިކުފާނުގެ ސިޔާސަކަމުން.. މިއަދު ވެރިކަން ބަދަލުވެއްޖެ.. މަނިކުފާނު ދުއްވި ހިބަރުވަދުގަ ޖެހުނީ ރައްޔިތުން.. މިހާލަތުރަގަޅުކުރުމަށް އަގައިން ބަސްފުޅެ ވިދާޅުވުމުގެ މިނިވަންކަންނެތް ބޭފުޅެ މަނިކުފާނަކީ.. މަނިކުފާނު ނާދިރާގެ ސިޔާސީހަޔާތް އާބާދުކުރުމަށް ކޮއްދޭކަމެނަމަ މަނިކުފާނުގެ މިލްކިއްޔާތުން ސިޔާސީލަގަބެ ނާދިރާއަށް ވެދުންކުރުން ބުއްދިވެރި..
ތިޕާޓީގެ ނަން "ރަން 30 ހުދުމު" ކީނަމަ