މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަވަހާރަ ކޮށްލުމާއި ގުޅިގެން، މަރުތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓު ލީކުވި މައްސަލަ ބަލަން ފަށައިފިއެވެ.
ދިވެހި މީސްމީޑިޔާ އެކްޓީވިސްޓެއް ކަމަށްވާ ޝުމްބާ މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޑރ އަފްރާޝީމްގެ މަރާއި ގުޅޭގޮތުން މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓު މީޑިޔާތަކާއި ހިއްސާކުރިކަމަށް ބުނެ އޭނާ އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެ "ސިއްރު" ރިޕޯޓު އޭނާގެ އަތުގައި ނެތް ކަމަށްވެސް އެ ޓްވީޓުގައި ޝުމްބާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ޝުމްބާ ވަނީ މަރުތައް ބަލާ ކޮމިޝަނުގެ އެ ތުހުމަތަށް އިންކާރުކޮށްފައެވެ.
ކޮމިޝަނުން "ސިއްރު" ޖަހާފައި ނެރުނު ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ފޮނުވާފައެވެ. އެކާއެކު ސިއްރު ޖަހާފައި އޮތް މި ރިޕޯޓުގެ ބައިތައް މިހާރު ދަނީ މީސް މިޑިޔާގައި ދައުރުވަމުންނެވެ.
ސަރުކާރަށް ވިސްނޭކަށް ނުވޭތަ. ކަލޭމެންގެ ކަނޑުކޮސް ސިޔާސަތާއި ހުދެ ކަލޭމެންގެ ޕާރޓީމީހުން ފޫހިވެގެންވާގޮތް ތިއީ... ލޮލް
ލީކުވާނެ ފޫގޮސްފަ އޮތީމަ އިބިރިހިމާގެ ނެޕީ އާކުރަން ޖެހޭ
އަފްރާޝިމްއާ އަދާލަަތު ޕާޓީއާ ދެމެދު ރުޅިވެރިކަމެއް ނެތްބާ؟
ފޫގޮއްސަދޯ! އެވަރުކަމެއް ވެދާނެ، އަވަހަށް ޑައިޕަރެއްކަހަލަ އެއްޗެއްގެ އެހީ ހޯދާ!
ހަހަހަ މަޖާ ކަމެއް މިއޮތީ. ކަލޭމެން ޝުމްބާއަށް ފޮނުވިންތަ އެތިޕޯޓު؟ ކަލޭމެން އެ ފޮނުވި މީހުން ތެރޭން މީހަކު ދީގެނެއްނު އޭނައަށް އެ ލިބުނިއްޔާ ލިބޭނީ؟ ހިންޏައިގެން އަވަދި ވެދާނެ. ލީކުވާ މައްސަލަ ބަލާ ކޮމިޝަނަކަށް ކޮމިޝަންވެސް މިއޮއް ބަދަލުވީ. މިއޮތީވާ ކަމެއް
ފުލުހުން މުރުތައްދުންގެ ޙިމާޔަތުގަ ތިބޭ ސަބަބު ދިވެހި ރައްޔިތުންނަށް ހާމަ ކޮށްދީބަލަ
ސުޢޫދުއަށް އޮޅިގެން ކަމާ ނުބެހޭ މީހަކަށް ދެވުނީކަށް ނޭގެއެއްނު ކުރީފަަހަރުވެސް އިބޫއަށް ދޭންވި އެއްޗެއް ދެވުނީ އަންނިއަށް ދޮއްތަ
ފީނީ ހަރުކަށި ފިކުރުކަމައް ބުނާނަމަ ތުހުމަތު ކުރެވެނީ އަދާލަތު ޕާޓީގެ އިމްރާން ށެވެ. ށަބަބަކީ އެކަން އެހެންމީހެއްގެ ބޮލައް ކަނޑާލަން އެންމެގަދައަޅާ މަސައްކަތް ކުރިމީހަކީ އިމްރާން އެވެ. ޢަދި ނުވިތާކައް އަދިވެސް އެކަންސާފު ވިޔަނުދީ މަސައްކަތް ކުރަމުން އެގެންދަނީވެސް ހަމަ އިމްރާންއެވެ..
ޢަނެއްކާ އަނެއްކޮމިޝަން މަރުރިޕޯޓް ލީކުވާތޯބަލާ ކޮމިޝަން . ދިޔާތަކެތި ލީކުވުން ކުޑަވާނެ ފިނިކުރީމަ އެތަނެއް ހޫނުވާވަރަކައް ލީކުވާނީބޮޑު
ޞާލިޙު ކާރިން ފުރަތަމަ އަޙާ. އޭނަތިކަންކުރީ. ނިކަން ހިޔަޅުވާނެ.
މިއީ އަޖައިބެއް. ޜިޕޯޓު ހިއްސާކުރީ މަދު ބަޔަކަށް. ޥަރަށް ހައްސާސީ ސިއްރު ރިޕޯޓެއް. ޢެކަމަކު ވެސް ލީކު ވެއްޖެ.
ދެން ހަމަ މި ރިޕޯޓުގަ މި އޮތީ، ޑޜ. ޢަފްރާށީމްގެ ޕްރޮގްރާމް އޮތްކަމެއް އާންމުނަނަކަށް ނޭންގޭނެއޭ. ޢެންގޭނީ މިނިސްޓްރީ މީހުންނަށޭ ( އަދި ރިޕޯޓުގަ ނެތަސް ޓީ ވީ މީހުންނަށް ވެސް). ޢެހެން ވީމަ އަދާލަތު އޮފީސްގަ ބަޔަކު އެ ޕްރޮގްރާމް ބަލަން ތިބިކަން ފާހަގަކުރެ ވޭ ކަމަށް. މިއީ އަދި ސިއްރުކުރަން އޮތް މައުލޫމާތެއް ވެސް ނޫން. ޙަމަ "ލީކް" އެއް ނު ވާނެ ؟! ޢެކަމަކު ބަޔަކު ނަން ހާމަކޮށް ބޮޑު އިލްޒާމަކާއި ގުޅު ވީ !
ތި ރިޕޯޓްވެސް ލީކުކުރީ ނަޝީދު. އޭނާ އެއީ މިޤައުމުގަ ދީނީ މީހުން ގިނަވާތީ އެކަމާ ކަންބޮޑުވާ މީހަކީ.