ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ދުވަސް ވަންދެން އިނާޔަތް ދިނުމަށް 200 މިލިއަން ރުފިޔާ ސަރުކާރުން ކަނޑާއަޅަން މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ހަމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިގޮތަށް ހާމަކުރީ ކުރެއްވި ޓްވީޓެއްގައެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިއަދު ފިނޭންސް މިނިސްޓްރީންް ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އަމީރު ވަނީ ސަރުކާރުން ޖުމްލަ 2.5 ބިލިން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަަމަށް ވިދާޅުވެފައެވެ. އަމީރު ވިދާޅުވީ އެއީ ވިޔަފާރިތަކަށް ވޯކިންގ ކެޕިޓަަލް ހޯދައިދިނުމަށް ތައާރަފްކުރުމަށް ނިންމި ޕެކޭޖެއް ކަމަށެވެ. އަދި އެކަން ބައެއް ބޭންކްތައް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، މި ލޯން ދިނުމުގެ ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމާއި ގުޅިގެން ދިވެހިން ވަޒީފާ ގެއްލުމުގެ ފުރުސަތާއި ޕްރައިވެޓް ސެކްޓަގެ މުސާރަތައް ކުޑަ ކުރުމަށް އޮވެދާނެ ފުރުސަތުތައް ކުޑަ ކުރުމަށް ކަމަށެވެ.
ނޯޕޭ އަށް ފޮނުވަން ޏާ؟
މަސްވެރިން ބަޑަށްޖެހުނަސްއޯކޭ
ނޯޕޭ އަށް ފޮނުވަންޔާ ލިބޭތަ؟
ދެން ތި ރުފިޔާއިން އެމީހުނަށް ކިހިނެއް މިހަދަނީ، އެވެރިންނަށް ލިބޭނެތަ؟ ކޮވިޑޭ ކިޔައިގެން ވަޒީފާއިން ވަކިކުރަން ޖެހޭތަ؟ ވަޒީފާ ގެއްލެން ޖެހޭތަ؟ ހާދަ ހެއްވާ ދޯ!!!!! ބުރުމާ ގާސިމް އޭނަގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ، ކޮންމެ ފަހަރަކު މިކަހަލަ ކަމަކާ ގުޅުވައިގެން ، ކުރިން ސުނާމީގައި ގެއްލުން ވެއްޖެ ޔޯ ކިޔައިގެން މުސާރަ ކެޑީ، މިހާރު ކޮވިޑޭ ކިޔައިގެން، ކޮބާ އޭނަޔަޔަށް ލިބުނު ލާރި، ވީފައިދާއިން މުވައްޒަފުންނަށް އެއްވެސް ކަހަލަ ބޯނަސްއެއް ދިންތަ؟
ގިނަ މަހުޖަނުން ފޮނުވަނީ ނޯޕޭޔަށޯ!.. ކޮބާތަފާތަކީ؟ ޤާނޫނުގަަައި ބުނާ 3 މަސްދުވަހުގެ، މުސާރަ ނުދީވާނެދޯ ވަޒީފާއިން ވަކިނުކުރަންޏާ!
ވެރިކަން ބަދަލުވުމުން ވަޒީފާއިން ކަނޑާލި މީހުން. ވަކިކުރިކަމުގެ ލިޔުމެއްނުދީ ފޯނުން ވަޒީފާއިން ވަކިކޮއްލަނީ. ކުއްލިޔަކައް ވަޒީފާ އިން ވަކި ކުރީމާ ވާގެއްލުން ހަމަ އެކައްޗެއްދޯމިވަނީ.
ދެން ސަސްޕެންޝަން ގަ ތިބޭ މީހުންނަށް ކޮންގޮތެއް އޮތީ
އެއީ ހަމަ އެކަނި ސަރުކާރުންތަ. ޏޫނީ އަމިއްލަމީހުނވެސް ހިމރނޭތަ
ދެން ވަޒީފާގައި ނޫޅޭ މީހުންނަށް އިނާޔަތް ނުދޭތަ؟
ތީ ކަމުދާ ގޮތެއްނޫން. މިފަދަ ޙާލަތުގައި ރިސޯރޓްތަކުން ޢިނާޔަތުގެ ފައިސާގެ މިންވަރެއް ލިބިދެވެން ޖެހޭނެ.
ވިޔަފާރި ދަށްވީއްޔެ ކިޔާފަ ދަމާސް ގަ ހިދުމަތުގާ ދުވަސްވި ވަރަށް ގިނަމީހުން މިހާރު ކަޑާފި
ވިޔަފާރި ދަށްވީއްޔެ ކިޔާފަ ދަމާސް ގަ ހިދުމަތުގާ ދުވަސްވި ވަރަށް ގިނަމީހުން މިހާރު ކަޑާފި
ޕާޓީ މީހުންގެ ރިޒޯޓްތަކުގެ ވެރިންނަށް ލިބިދޭ ބޮޑު އިނާޔަތެއް. މިއޮއް ހާދުވަހު ރިޒޯޓުން ލިބުނު ލާރިކޮބާ. އެލާރި ޖީބަށް ލާފަ ފައުލަތުން ބޮޑު އެއްޗެއް ނަގަނީ