ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކޮއްފައިވާ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މާފުށިޖަލައް ބަދަލް ކުރިފަހުން އިލްހާމުއަށް ބައްޕައާ ބައްދަލް ވުމުގެ ފުރުސަތު އިއްޔެ ލިބިއްޖެއެވެ.
އިލްހާމުގެ އަނބިކަބަލުން އައިޝަތު މާޝާ ކުރެއްވި ޓުވީޓެއްގައި ވަނީ އިލްހާމް ޖަލުގަ ހުންނަތާ 73 ދުވަސް ވީފަހުން ދަރިފުޅާބައްދަލުވެ އެއުފާވެސްއިލްހާމް އަށް ލިބިއްޖެ ކަމަަށެވެ.
"އަސަރުންފުރިފަވާ ވަގުތު ކޮޅެއް..ބައްޕަ ވަރަށްހިތާމަ ކުރަންދޯ! ދެރަނުވޭ”އިލްހާމް އަށްބުނެވުނު" މާޝާގެ ޓުވީޓްގައިވެއެވެ.
މާފުށިޖަލައް އިލްހާމް ބަދަލް ކުރިފަހުންބައްޕައާބައްދަލް ވުމުގެނަސީބުއިއްޔެލިބިއްޖެ.
ޢަދި އިލްހާމް ޖަލުގަ ހުންނަތާ 73 ދުވަސް ވީފަހުން ދަރިފުޅާބައްދަލްވެ އެއުފާވެސްއިލްހާމްއަށްެލިބިއްޖެ.
އަސަރުންފުރިފަވާ ވަގުތު ކޮޅެއް..
"ބައްޕަ ވަރަށްހިތާމަ ކުރަންދޯ! ދެރަނުވޭ”އިލްހާމް އަށްބުނެވުނު. pic.twitter.com/CHXYqfQDot— Masha Ilham❤️ (@mashaAish) April 26, 2018
އިލްހާމްގެ މައްޗަށް ނިރުބަވެރި އަމަލެއް ހިންގުމުގެ ދައުވާ އުފުލާފައިވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.
އިލްހާމްގެ މައްޗަށް ނިރުބަވެރި ދައުވާ އުފުލުމަށްފަހު އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އަމުރުކޮށްފަ އެވެ.
އިލްހާމް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އޭނާ ހޯދަން އިއުލާނުކުރުމާއި ގުޅިގެން ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވުމުންނެވެ.
އިލްހާމުގެ އިތުރުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައެވެ.
ޔޭ ސަބް ޝައިޠާންކާ ކޭލްހޭ، ގަބްރާއޯ ނެހީ،
ބައްޕަ ދެރަނުވޭތަ އިލްހާމް ހޯދާފައި ހުރި އެތައް މިލިއަން ހަރާމް ފައިސާ މުޅި އާއިލާ މެންބަރުން ބޭނުން ކުރާއިރު
100ގެ ވާހަކައެއް.... އަލިފާން ކާންދެވުނީމަ ދެރަނުވަންޏާ ދެންކޮންކަމަކާ ބައްޕަ ދެރަވާންޖެހޭނީ...
"ބައްޕާ ދެރަނުވޭ. ޢަހަންނަކީ ބާގީ އެއް. ގައުމަށް ގައްދާރުވި އަދި ރިސްވަތުދީ ރިސްވަތު ހިފިމީހެއް.ޢެހެންވީމަ އަދަބު ލިބޭނެ." އިލްހާމް ބުނަންވީ މިހެން.
ޙައްގު ތެދު
ބައްޕާ ހިތާމަނުކުރޭ ހަރާމް ފައިސާ ހުންނާނެ ހެސްކިޔާފަ ހޯދާފަ ދެންކޮންކަމަކާ ދެރަވަނީ.
އިލްހާމް ޖަލަށްލީފަހުން އޭނާގެ ބައްޕަ ނުދޭ މާލެއަކަށް ، އިހަށްދުވަހު މާލެދިޔައީ ވިޔަފާރި ދަތުރެއްގައި ، އިލްހާމްގެ ހަޑިމުޑުދާރު އަމަލުގެ ސަބަބުން އޭނާގެ އާއިލާގެ ގިނަމީހުންވެސް މިހާރު އޭނާދެކެ ނަފްރަތުކުރޭ
mihaaru hoonu fenuge hihdhathikan e ihusaasu kurevenee .. konme farudhehves visnanvee furathama thedhuverikan theduverivaan thedhu bunan... konme farudhakee siyaasee meehehnoon
މީގަ އިންފޮޓޯއިން މަންމައާއި އަޅާވެސްނުލާ ބާކީކޮށްފަ.
.މަވެސް ހިތަށްއެރީ ތިހެން
ކާކުގެ ސިމްޕަތީ ހޯދަން.... ތިމާ އުޅެވުނުގޮތް ކުޑަކޮށްވެސް ހިތައްއަރާ ތިބުނާ ބައްޕައެއް މަތިން ހަދާންވިނަމަކާ މިޔަދު ތި ތޭރިތަކުގެ ތެރެޔަށް ވަންނާކަށް ނުޖެހުނީސް... އަމިއްލަޔަށް ބުއި ބިނޑިޔަށް އެހެންމީހުން ސިމްޕަތީ ވާކަށްނުޖެހޭ... މިކޮމެންޓް ކިޔާލާތި..
ބައްޕަ ދެރަނުވޭ އެއްޕާޓީން އަނެއްޕާޓީއަށް މި ދުވަނީ ކޮމިސަން ނަގަމުން! މިފަހަރުވީ ގޮތަކީ ކޮމިސަން އެރި ވަގަުތު ގާނޫނުވެސް އަރާ ހަމަކުރީ! ބައްޕަ ދެރަނުވޭ! އަހަރެން ރުފިޔާ އާޢި ހެދި މުރުތައްދުވީ! ބައްޕަ ދެރަނުވޭ! ހަމަ ރުފިޔާ ހެދި މުރުތައްދުވީ! މީ ރިއަލިޓީ! ބައްޕަ ދެރަނުވެ!
އިލްހާމް ބުނަންވީ، ބައްޕާ ދެރަނުވޭ. މިއީ ރިއަލިޓީ. އަހަރެން މިގައުމު ހަލާކުގެ ތެރެއަށް ވެއްޓުމުގަ ބައިވެރިވިން. އަދި އަހަރެން މިސަރުކާރަށް ސަނާ ކިޔާ އެމީހުންނާއި ބައިވެގެން އިދިކޮޅުމީހުން ފުނޑާލަން ކުރެވެން ހުރިކަމެއްކުރިން. މިއަދު އަހަރެން މިދެކެމުންދަނީ އެނުބައި އަމަކުގެ ޝަޒާ. އަދި މިއީ އެމީހުންކުރި ބަދު ދުއާ.
ފޮޓޯގާ މަންމަ ހާދަބޮޑަކަށް ފޮރުވާލާފައޭ އެހުރީ. މަންމަމަތިން ހަނދާންނެތީކަންނޭގެ.
ދެއްކުން ތެރުކަން.. ކާކަށް އަގަންތަ ފޮޓޯ ނަގާފަ ޓްއީޓް ކުރަނީ...
ދެރަވާނެކަމެއް ނެތް! މިކަމުގައި ވަރަށް ބައިވަރު ފައިސާ ލިބުނު.