ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް މަހަކު 5000 ރުފިޔާދޭން ސަރުކާރުން ނިންމަވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނިންމާފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ކުރިޔަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 5000 ރުފިޔާ ދިނުމަށެވެ.
ސަރުކާރުން މިކަން އިއުލާނުކޮށްފައި ވަނީ، މިއަދު ބޭއްވި ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއިލް ވިދާޅުވީ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސަރުކާރުން 5000 ރުފިޔާގެ އެލަވެންސެއް ދިނުމަށް ނިންމާފައި ވަނީ މި ހިނގާ އޭޕްރިލް މަހާއި އަންނަ މޭއި މަހުގެ އިތުރުން ޖޫން މަހަށް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ހާލަތަށް ރިޢާޔަތްކޮށް، ފައިސާ ހޯދާނެ ގޮތްތައް ހޯދައި އެކަންކަން ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އެފަރާތްތަކަށް އެލަވެންސެއް ދިނުމަށް ހަމަޖައްސާފައި ވަނީ، މި ހާލަތުގައި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނުކުރެވި، ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން، ވަޒީފާ ގެއްލި ނުވަތަ ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާ ފަރާތްތަށް، އެކަން "ޖޮބްސެންޓަރ" އަށް ހުށަހެޅައި އެ ސެންޓަރުގައި ރަޖިސްޓްރީ ވުމަށް ކުރިން ސަރުކާރުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މިހާތަނަށް ޖޮބްސެންޓަރުގައި 1300 އެއްހައި މީހުން ރެޖިސްޓަރ ކޮށްފައި ވެއެވެ. އޭގެތެރޭގައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ އިތުރުން ނޯޕޭ ލީވަށް ފޮނުވާލާފައިވާ ފަރާތްތަކާއި މުސާރަ ކުޑަކޮށްފައިވާ މީހުން ހިމެނެއެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ މި ދަނޑިވަޅުގައި ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށް އެކުލަވާލާފައިވާ 2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑެއްގެ ދަށުން، ވިޔަފާރިތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ފަށަން ތައްޔާރުވެފައިވާކަން ހާމަކުރައްވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ އާއި ވަޒީފާގެ ހާލަތަށް ބަދަލު އަންނަ ގިނަ ޝަކުވާތަކެއް ހުށަހަޅަމުންދާކަން ސަރުކާރުން ކުރިން ހާމަކޮށްފައި ވެއެވެ. އޭގެތެރެއިން ވަރަށް ގިނަ ވޭދަނަ (ކޭސް) ތައް ވަޒީފާގެ ޤާނޫނާއި ޚިލާފު ވެފައިވާ ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.
ކުދި ވިއަފާރި ތަކަށް ދޫކުރަން ބުނި ލޯނު ކޮބާ؟ މިހާރު ލޯނުގެ ކަންތައް ދިރޭރަހަޔަށްވީތޯ އެވެ،
ކޮން ދިރޭ ރަހަޔަ ކާ އަޅާއިގަތީ..?
ފޭސް ވެލިޔޫގައި ވަރަށް ރަނގަޅު ކަމެއް ހެން ހީވެދާނެ
ޚަރަދު ކުރަންވާނީ އަތުގައި ހުރި އެއްޗެއް. މިހާރު ޚަރަދު ކުޑަ ކުރަން ސަރުކާރުން އެބަ ވިސްނަންޖެހޭ. ކޮވިޑްއޭ ކިޔާފައި މިހާރު ކުރެވޭ ޚަރަދުތައް މާބޮޑު. އެބަޖެހޭ މަޑުޖައްސާލަން. މީހުންނަށް ކާއެއްޗެހި ފޯރު ކޮށްދިނުން ރަނގަޅު. ޢެކަމަކު ފައިސާ ޗާޕްކޮށްފައި މިހެން ހެދީމަ ފަހުން އަންނަ ރޯޅި ރަނގަޅެއް ނުވާނެ.
ތިފައިސާ ދެނީ ކޮން ގާނޫނެއްގެ ތެރޭން ކަން ވިދާލުވެ ދެއަްވިނަމަ ރަނގަލު .ގާނޫނުެަސާސީގެ 97 އާއި 250 ބުނާ ގޮތުން ބަޔަކަށް ދަވްލަތުގެ މުދަލެއް ނުވަތަ ފައިސާއެއްވެސް ދެވޭނީ ގާނޫނުގައިވާ ގޮތުގެމަތިން.
ވަޒީފާ ގެއްލޭ ބޭފުޅުންނަށް އެކަނި އެހީދިނުމަކީ އިންސާފެއްނޫ ކޮންމެފަރުދަކައްވެސް މިވަގުތު އެހީބޭނުންވާނެއެވެ
ލިބިއްޖެއްޔާ ކިތަމްމެހާވެސް ރަނގަޅު އެކަމަކު އެކަމަކު ހީނުވޭ ލިބޭނެހެން
ދެނީ އަންނަނީ ގެންނަނޫ ދޮޅުއަހަރު ތިޔަދުއްވާލީ ހަމަތިފަރިހި ކިޔާލަކިޔާލާ ބަޖެޓައްވާގޮތެއްނޭންގެ ލިބޭއެހީތަކައްވާގޮތެއް އިންގޭއިންސާނަކު ސަރުކާރުތެރެޔަޖުނެއް. ރައްޔިތުންވިކަވެ ގައުމުމިވަނީ އިންދަޖެހިފަ.
ކޮބާތޯ ނޯޕޭ އަށް ފޮނުވި މީހުންނަ ހޯދާ ދޭން ބުނި ހައްގު؟
ދައުލަތުގެ ބަޖެޓުން މީނާގެ އާއިލާއަށް އެކަނިވެސް 1.5 މިލިޔަން ރުފިޔާ މަހަކުވަދޭ.. މި އާއިލާ އެކަނިތޯ ގައުމުގައި އޮތީ.. ހުރިހާ ތަނެއްގައި އެއްބޔަކު ބައިތިއްބާގެން އެވެސް އޯލެވެލް ފެންވަރުގެ މީހުން..
ޑިގްރީ އާއި ޕީއެޗްޑީ ހެދީމަ މިލިބެނީ 30 ހާސް.. މިމީހުން އެކަނި ދައުލަތުގެ ބަޖެޓް ބަނޑު އަޅަނީ..
ދެން ކޯޗެއް ތޯ ރައިޔަތުންނަށް އެހީވަން އޮންނާނީ.. އިބޫ ކިތަންމެ ވަރަކަށް ރަގަޅު ކުރަން އުޅުނަސް ކެނެރީއާއިލާ އާއި ފަޔާމެން އާއިލާ އޮތްހާ ހިދަނކު ވެރިކަމެއް ރަގަޅަކަށް ނުކުރެވޭނެ.. ޤާބިލު ބަޔަކު ކާރިވިޔަކަވެސް ނުދޭނެ..
ވެސް ނޭވަރު ތާ މިއެގެނީ ދައުލުގެ ރިޒާވުގައި ހުރި ޑޮލަރު އިންޑިޔާއަށް އެކް ސްވޮޕްކުރީ އިންޑިޔަން ރުޕީސް ދިވެހރާއްޖޭގަ ބައްޓާފަ ޑޮލަރު އިންޑިޔާއަށް ދިނުމުން އެގޭ މިމީހުންގެ އިކޮނޮމިސްޓްކަން ހުރި މިންވަރު..
އެއްވެސް ބަޔަކު އެމީހުންގެ ރިޒާވު އެހެން ބަޔަެއްގެ ކަރަސީއަށް ބަދަލުކުރި އަޑުވެސް އިވުނު ފުރަތަމަ ފަހަރު.. އިންޑިޔާ އަކީ އަގަށް ބަދަލު ނާން (ރަން/ގޯލްޑް) ހެން މި މީހުންނަށް ހީވާކަހަަލަ..
މިއަދު މަޖިލީހުގަ އެކިޔަނީ ރައިޔަތުންގެ އަތުގައި ހުރިޑޮލަރު ސަރުކާރާ ހަވާލުކުރާށޭ.. ކޮސް ގޮވާ ގަމާރުން ތަކެއް އެވެސް..
މި ވަރުގެ ރައީސް އެއް ދުވަހަކު ވެސް ރާއްޖެ ދެކެފައެއް ނެތް. ވިސްނަބަލަ ނިކަން . ޖުމްހޫރީ ޕާޓީގެ ރައީސް ބުރުމާ ގާސިމް ނިންމީ އޭނަގެ ވަޒީފާ ތަކުގައި އުޅޭ އެންމެންނަށް އެންމެ 1000 ރުފިޔާ ދޭން .ބޮޑެތި ކުންފުނިތަކުން މުސާރަ ކުޑަކޮށް ވަޒީފާތަކުން މީހުން ކަނޑަމުންދާ މި ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރ އަށް މިއަދު ރައީސް ގުޅުއްވާފަ ވިދާޅުވީ އެއްކަމެއް ނުކުރެވުނަސް ވަޒީފާތަކުން ކަނޑާ ބިކަވަމުންދާ ރައްޔިތުންނަށް ވަގުތުން ވަގުތަށް 5000 އަށްވުރެ ކުޑަނޫން އިލަވަންސެއް ހަމަ ޖައްސަދޭން. އަދި ވިދާޅުވި ވަކި ޕާޓީއެއް ބެލުމެއްނެތި ދިވެހި ކޮންމެ ރައްޔިތަކަށް މިކަން މިގޮތަށް ހަމަ ޖައްސައިދޭން މި ރައީސް އަށް ﷲ ގެ މަދަދާ ރައްކާތެރިކަން ދެއްވާންދޭވެ . آمين !
ކިޔަވައިގެންވެސް ވަޒީފާއެއްނުލިބި ތިބީމީހުންނަނަށް ދޭންއެބަޖެހޭ. ނުކިޔަވާ މީހުންނަށް ވަޒީފާދީފައި ތިބިއިރު ޑިގްރީހަދާފައި ތިބިމީހުން އެބައުޅޭ ވަޒީފާއެއް ނުލިބިގެންއުޅޭ މީހުން ބައިވަރު.
#ޓެ ކްސީޑުރައިވަރުން ކާ ކައް ނުޖެހޭތަ
#އަމިއްލަމަސައް ކަތުން ކައިބޮއެއުޅޭމީހުންނޯ
#އޮންލައިން ވިޔަފާރިވެރިންނޯ
#ފަހާމީހުންނޯ
#ގޭގައި ކިއްލިތެޅި ނި ކަމެތިންނޯ
މީދިވެހިންނެއްނޫންތަ ލިއުމަ ކުން އެންގެން ނެތީމަ ދަތިނުވާނީތަ. ދިވެހި ދައުލަތުގެ ލާރީގެ ހައްގުވެރިންގެ ތެރެއިން ބަޔަ ކައްތަ ދަތިވީމަ ދައުލަތުގެ ލާރި ހައްގުވާނީ
ލޯނު ލިބިގެން މުސާރަ ދޭންިބި ލޯނު ލިބެނީ ކޮން ދުވަހަކުންބާ؟ އެސް.ޑީ.އެފް.ސީ ލޯނު އަވަހަށް ދޫކޮށްދެއްވުމަށް ވަރަށް އެދެން....
ޓިޔަހެއް އަދަދެއް ކަޑައެޅުމަން ވުރެއް އެމީހަކުގެ ހާލަތުބަލާފަ ބޭނުންޖެހޭފަރާތައް ދިނުންބުއްދިވެރި ސަބަކީ މިށަލަކައް ވަޒީފާ ގެއްނުމީހާއެކައުންޓް 100000 ކައިންފައިސާހުރެދާނެ ކުތައްވީކަމަކީ އެމީހެއް ޒަރޫރީ ބޭނުމައްބަލާފަ ދޭއެހީދިނުން އެހެއްނޫނީ ތިކަމުންވެސް ނާޖާއިޒް ފައިދާނަގާނީ މިސާލަކައް ތިޔަދޭ 5000 ލިބިފަ ދައުލަތުން ފަގީރުންނައްދޭބައި ހޯދާފަ ކުލިނުދައްކާފަ ފެނާކަރައްޓް ބުދައްކާ ދައުލަތުން އެއްބޭނުްޖެހިފަ ހަގީގަތުގަ ހާލުގަ ޖެހޭމީހުންނައް އަޅާހުލެވި ވަޒީފާތަކުގަ މިހާތިބި މީހުން ތިމޮޅު ކަމަކައް ހަދަ ވަޒީފާއިންވަކިވާނެ މިސާލަކައް 7000ލިބޭމީހާ ބުރަމަސައްކަތުން މަސައްކަތެއްނުކޮއް 5000 ލިބުނީމަ އެހެއ ތަނަކައް ގޮސް ކުދިކުދި މަސައްކަތް ކޮލައިގެއް 6000 ލިބުނީމަ އެގޮތް ހިޔާރުކުރާނީ
ޖޮބް ސެންޓަރުގަ ރަޖިސްޓްރީ ނުވެވޭ.. މި އޭޕްރީލް މަހު ވަޒީފާ އިން ކަނޑާލީ ކޮބާތޯ އަޅުގަޑުގެ ޙައްޤު ..ސަރުކާރު އޮފީސްތަށް ބަންދު އެހެންނަމަ މެއިލު ކުރެވުނީސް
ކޮބާވަޒީފާތެތި މަގުމަތީ އުޅޭކުނިންގެ އެލަވަންސް ؟
ވާނުވާ ނޭނގި މުސާރަ ނުދީ އަދި ކުޑަވެގެން ވަޒީފާއިން ކެނޑިކަމެއް، ނުކަނޑާކަމެއް ނޭނގޭތާނގަ، ނޯޕޭ ކަމެއް ވަޒީފާޢިން ވަކިވިކަމެއް އަނގައިދޭ ލިއުމެއްވެސް ނުލިބޭ. މީ ވަރަށް ދެރަކަމެއް.
އޮލާލޭ މެން ތިޔަ ގަންނަ ގަނޑުވެސް އެނގޭ. ކޮންމެހެން ލާރި ދޭކަށް ނޫން. ހެޑްލައިން އަޅާގެން ކޮންމެވެސް އިންޓަނޭޝަނަލް ދިމާލަކުން ލާރި ލިބޭތޯ. ނޫނީ ރިޒާވް ދަވާލަން ކަމެއް ދައްކަނީ
އެސްޑީ އފްސީ އިން ދޫކުރާ ލޯނުވެސް ލިބެނީ ވަކިބަޔަކަށް. މަށަކީ އަމިއްލަ މަސަށްކަތެއް ކުރުމަށްޓަކާ ފަހާތަނެއް ހިންގާ މީހެއް. މުވައްޒަފަކު ނުގެންގުޅެން އަމްލަޔައް މަސައްކަތް ކުރަނީ. ތިބުނާ ލޯނެއް ހޯދަން އެދި ހުށަހެޅީމަ ބުނީ ޝަރުތު ހަމަނުވެޔޯ. މައްސަލަޔަކީ މުވަޒަފުން ނުގެންގުޅޭތީ. ނުވަތަ ތިންހަތަރު ބަންގާޅީން ނުގެންގުޅޭތީ. މިއުޅެނީ މިހާރު ކަރަންޓް ބިލްވސް ދަށްކާ ނުލެވިގެން
މީގެ ތެރޭގައި ހިމެނެނީ ހަމައެކަނި ދިވެހިންތޯ؟ ބޭރުމީހުން ނުހިމެނޭނެ ދޯ؟ އެމީހުންގެ ގައުމުން އެތައް ޓަނުން އެހީ ފޯރުކޮއްދީ، އެމީހުން ހަދާފައިވާ އެތައް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން މިލިއަނުން ޑޮލަރުދޭ އިރު؟ ދެއްތޯ؟