ކޮވިޑް-19 އާ ގުޅިގެން ކަރަންޓީންކޮށްފައިވާ ނ. ކެނދިކުޅަދޫއަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ 00:53 ހާއިރު އެ އަތޮޅޫ މާޅެންދޫން ދެ މީހަކު އެރަށު ކޮވިޑް-19ގެ ޓާސްކު ފޯސްއަށް ނޭނގި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކެނދިކުޅަދޫއަށް ހުއްދަ ހޯދުމެއް ނެތި ދިއުމަށް ފަހު އެނބުރި މާޅެންދޫއަށް އައިސްފައިވާ ކަމަށެވެ.
އަދި އެ މީހުން އެރަށް ގޮސްފައި ވަނީ ކުޑަ ދޯންޏެއްގައި ކަމަށާއި، އެ މީހުން ދިޔައީ ދޯނީގެ ވެރިފަރާތުގެ ހުއްދަ ހޯދުމެއް ނެތި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި، އެމައްސަލަގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ މީހަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަދި ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ،
ކިހާ ދެރަކަމެ އް. ކޮންމެހެންވެސް ވާނެ އެތިކޮޅު ވި އްކާލަން.