ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޯއްޗެއްގައި ބަގީޗާއެއް ހެއްދުމަށް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ލަފާދީފިއެވެ.

އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އިން މިކަން ހުށަހެޅުމަށް ނިންމާފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށާއި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒު ކުރުމަށާއި، ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށާއި، އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އެހީތެރިވުމަށް ކުރެވޭ ކަމެއްގެ ގޮތުގައެވެ.

އެ ހުށަހެޅުމުގައި ވަނީ، ރާއްޖޭގައި މީހުން ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގައި ކޮންމެވެސް ވަރެއްގެ ބަގީޗާއެއް ހެދުމުގެ ޤަވާއިދެއް އެކުލަވާލަން ހުށަހަޅާ ކަމަށެވެ. މީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންކުރާ ގަސްކާނާ އާއި އޯގަނިކް ބޭސް ރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ހިންގުމަށްވެސް ހުށަހަޅާފައި ވެއެވެ.

މިކަމާއި ގުޅިގެން އެކޮމިޓީ އިން އެކުލަވާލައިފައިވާ ރިޕޯޓުގައި ވަނީ ޖުމްލަ 25 ކަމެއް ފާހަގަކޮށްފައެވެ. އެގޮތުން ކޮންމެ ގޯއްޗެއްގައި ބަގީޗާއެއް ހެއްދުމަށް ޤަވާއިދު ކަނޑައެޅުމަށް ހުށަހަޅާފައިވާއިރު، ދެލައްކަ ރުއް އިންދުމުގެ ޕްރޮގްރާމް ހިންގުމަށާއި، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކޮންމެ ފަސް އާއިލާ އަކަށް ބަނބުކެޔޮ ގަހެއް ހެއްދުމަށް ހުށަހެޅުމަށް ކޮމިޓީން ނިންމާފައި ވެއެވެ.

ހަމައެހެންމެ ކުރިޔަށް އޮތް އަހަރެއްހާ ދުވަސް ތެރޭ ރާއްޖޭގައި ދެލައްކަ ރުއް އިންދުމުގެ ޕްރޮގްރާމެއް ހިންގުމަށްވެސް އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ލަފާދީފައި ވެއެވެ. އެފަދަ ޕްރޮގްރާމެއް ހިންގުމަށް އި ވަނީ، ރާއްޖޭގައި ހުރި ރުއްތަކަކީ މުސްކުޅި ވެފައިވާ ރުއްކަތެއް ކަމަށް ތަޖުރިބާކާރުން ބުނާތީ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

މިކަންކަމުގެ އިތުރުން ރަށު ފެންވަރުގައި ކޮވިޑް-19 އިން ރާއްޖޭގެ އިގްތިސާދަށާއި ތިމާވެއްޓަށް ކުރާ ނުރައްކާތެރި އަސަރުތައް ކުޑަކުރުމަށް އެހެން ބައެއް ކަންކަން ވެސް އެކޮމިޓީ އިން ހުށަހަޅާފައި ވެއެވެ. އެގޮތުން، ރަށްރަށުގައި ކުކުޅު ގެންގުޅުމަށާއި، ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެންވަޔަރަމެންޓު އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި އޮންނަނީ އެމްޑީޕީގެ އަޣުލަބިއްޔަތެވެ. ކޮމިޓީގެ މުގައްރިރަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ. ދެން ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންނަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ، މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން، ގެމަނަފުށީ ދާއިރާގެ މެންބަރު އަހްމަދު ސައީދު، ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރުއެވެ. އޭގެ އިތުރުން ޕީޕީއެމްގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ޖޭޕީ އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަދި މިނިވަން މެންބަރު ވިލިގިނލީ ދާއިރާގެ ސައުދު ހުސައިން ވެސް އެކޮމިޓީގައި އިންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަސްލު

    މަޖިލިހަށް މަ ލަފައެއް ދެންތަ؟ ކުދިކުދި ކޮމިޝަންތައް އުވާލަބަލަ. ހާދަ ބޭކާރު އިސްރާފެކޭ އެތަންތަން ހަދައިގެން އެކުރަނީ. ޕްރޮޑަކްޓިވް މަސައްކަތެއް ނުކުރޭ. އެންމެ ކޮމިޝަނެއް ހަދާފަ އެތާނގެ ސެކްޝަން ތަކަކުން މި ކުދި ކޮމިޝަންތަކުގެ މަސައްކަތް ކުރާ ގޮތަށް ހަދައިފިނަމަ މަދުވެގެން 50 މިލިއަން ރުފިޔާ އަހަރަކު ސަލާމަތް ކުރެވޭނެ. މިހާ ދަތު ދުވަސްވަރެއްގަ ފައިސާއިން އިސްރާފު ކުރުން ހުއްޓާލަން ކެހޭ.

    16
  2. Anonymous

    ސައްލެއަށް ގުޅާލަން ބޭނުންވެގެން ވަރަށް ދުވަސްވެއްޖެ. މެންބަރު ކަމަށް ހޮވުނީމަ މާ ބޮޑަށް ބިޒީވީދޯ! ދާއިރާއަށް ލިބުނު ޖަވާހިރު ގަނޑެއް ހަމަ ތިއީ.

  3. ހުސޭނުބޭ

    ދާދި ކުޑަކުޑަ ތަންކޮޅަކު އާއިލާއެއް އުޅެންޖެހޭ! ކޮންތާކުތަ ބަގީޗާ ހެއްދޭނީ! ބުނަން އޮތް އެތި ބޮޑުކަމުން ރޯދަމަހު މަޑުޖައްސާލީ!

    19
  4. ނަންނުގަތި

    ރޯނުއެދުރުން

    16
    1
  5. ނަައީމް

    މިފަހަރު ދޭނީީީީީ ހިލޭދޭ ލޯނެއް ކީއްކުރާނީ އަނެއްކާ އަނެއްލާރިގަނޑު ކާލަނީ ކޮންމެ މުއައްސަސާއަކުންވެސް މިހާރުބަކަލަނީ މޮޅުވާހަކައެއްދައްކައިގެންވެސް ރުފިޔާގަނޑެއްލިބޭތޯ ..ނިކަންބަލާބަ ޕެންސަންފަންޑު އަތްނުލާނަމޭކިޔާފަ އެވެސްއެދަވާލީ ފައްޔާޒުމެން

    11
  6. ބުތު

    ރުކާ، ބަބުކެޔޮ، ކައަޓަލަ، ބަރަބޯ، އެކިވައްތަރު އަލަ މީހުސް ހައްދާލެވޭނެ ..މިހުރިހާ ގަހަކާ ރުކާ ކަޑަފަ މިތިބެނީ އައިސް މާލާގަ...އަދިވެސް މިކަހަލަ ދުވަސް އަންނާނެ...

  7. ރާވެރިބެ

    ކޮންމެގެެއެއްގައި ކިހިނެއްތޯ ޕާ ރކްއެއްހަދާނީ ދެމަފި ރިންނާ ދެދަ ރިންބޯހިޔާ ކޮއްލާނެ ތަނެއްވެސް ގިނަގެތަކުގަނެތް އަތާއަގަޔާ ދިމާނުވޭ. އަަހަ ރެމމެންގެ ޕާކުތައް ހުންނާނީ މާލޭގަ ތަ ރައްގީީކޮޮއްފަ ކޮންމެއަހަރަކު ބޮނޑު ބަންދުގަ ދަނީ އެތަންތަނަށް،

  8. ދަރަނި ދަންތުރަ

    ޑޮކުޓަރަށް ދެއްކީމަ ޑޮކުޓަރުވެސް ބުނޭ މޭވާޔާ ތަރުކާރީ ގިނައިން ކާށޭ އެކަމަކު އަހަރެމެންއަތުގައި އެވަރަށް ރުފިޔާއެއްނުހުރޭ ޑޮކުޓަރ ރުފިޔާއެއްނުދޭ ، ހަމައެގޮތަށް އަހަރެމެން ކައިރީ ތިބުނަނީ ކޮންމެ ގެއެއްގައި ބަގީޗާ ޔާ ސްވިމިން ބޫލް ހަނދާށޭ މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން ތިބޭފުޅުންނަށް މަހަކު 84000 ރުފިޔާ އަދި އިތުރު އެތަށް ކަޓެއް...

    10
  9. މާލޭ މީހާ

    ނިދާނެ ތަކިޅެ ނެތިގެން އުޅޭއިރު ބަބުކެޔޮ ގަހާ ދެންހުރި އެއްޗެއް އިންދޭތަ ރަށަކުން މީހަކަށް ދެނީ ދެފައި ގޯޅި ވަރުވާ ގޯއްޗެއް އެވަރުވެސް ނުލިބިގެން މިއުޅެނީ މިހާލަތުގަ އުޅެނިކޮން ހުޅުމާލެ ދެވަނަ ފިޔަވަހިން ލިބުނު ތަންކޮޅަށްވެސް ނުވަދެވިގެން މިއުޅެނީ ސަރުކާރުން އެކަމަށްވެސް އުދަގޫ ކުރާތީ

  10. ރޯދަ މުބާރިކް

    ވަޓް އަ ލަފާ!

  11. ތާރަބޭ

    ޥާވާ. ކިޔާ ބާތްހޭ. . ކޮންމެ 5 އާއިލާ އަކަށް ބަބުކެޔޮ ގަހެއް. ކޮންމެ ގޯއްޗަކު ކު ބަގީޗާއެއް. ޚޮންމެ އަންހެނަކަށް ފެންއަރުވާވަޑަމެއް. ޚޮންމެ ފިރިހެނަކަށް ފަޅޯ ގަހެއް . ކޮންމެ ބަންގާޅީއަކަށް ސައިކކަލެއް. މާތްކަލާކޯ. ތިއޮއް މަޖިލީހެއްތާދޯ

  12. ޢަޙްމަދު

    ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގޯއްޗެއްގައި ބަގީޗާއެއް ހެއްދުމަށް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ލަފާދީފިއެވެ.
    ވަރަށް މޮޅު ޙިޔާލެއް........
    މިކަން އެއްމެފުރަތަމަ ކުރަން ފަށަން ވާނީ މާލޭގެ ގެތަކުގައި އެވެ.

  13. މާނާ

    ތިވާހަކަ ރަނގަޅު ކޮން އަމަލަކުން ތިކަން ފެންނަނީ އަބަދުވެސް މާލެ ތަރައްގީ ވަނީ މިއޮތްހާ ދުވަހު ތި ރިސޯރޓްތައް ހިންގީމަ ވީ ކޮންފައިދާއެޢް ދިވެހިން ހާލުގަ ޖެހުނީ ހުރިހާ ރަށްތައް ދީބަލަ މަސް ހިއްކުމާއި ދަނޑުވެރިކަމަ ހަމަގައި ފައިދާ ވާނެ މިކަހަލަ ދަނޑިވަޅުގައި ޖަލްސާ ބާއްވައިގެން ހުސް މޮޅުވާހަކަ ދައްނީ ކުރެވޭ އެއްކަެއްވެސް ނެތް

  14. ބަގީޗާގެ ރަސްގެފާނު

    ކަލޯމެން ހަމައިގަ ތިބެވޭތޯބަލާތި އެހެން ނޫނީ އެފައި ހަރުނުލާ ގޮތްވެދާނެ،

  15. ބިންބި

    އެވަރުގެ ބިމެއް ދީބަލަ ދޯ