ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތް ނަމަވެސް އޮންލައިންކޮށް އަލަށް އުފަންވާ ކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓު ހައްދައިދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ލޮކްޑައުންގެ ހާލަތުގައި މާލެ ސިޓީގައި އުފަންވާ ކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އެދި އެ ކައުންސިލުގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ހުށައެޅޭނެ ކަމަށެވެ.
އެގޮތުން މި ވެބްސައިޓު މެދުވެރިކޮށް ދޫކުރާނީ ވަގުތީ ސެޓްފިކެޓުތަކެއް ކަމަށާއި މިހާރު ރާއްޖޭގައި އޮތް ލޮކްޑައުންގެ ހާލަތު އުވާލައި އާންމު ހާލަތަށް ރުޖޫއަވުމުން ކުރިން ދޫކުރަމުން ދިޔަ ގޮތަށް ދާއިމީ ސެޓްފިކެޓެއް އެ ކައުންސިލުން ދޫކުރާނެ ކަމަށް ބަޔާނުގައިވެއެވެ. މިހާރު ދޫކުރާ ސެޓްފިކެޓް ލޮކްޑައުން އުވާލުމުން މުއްދަތު ހަމަވާނެ ކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.
ދާއިމީ އުފަންދުވަހުގެ ސެޓްފިކެޓު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުން ވަގުތީ ގޮތުން ދޫކޮށްފައިވާ ސެޓްފިކެޓާއެކު، އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމަށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެ ކައުންސިލުގެ ބަޔާނުގައިވެއެވެ.
މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އާ އާންމު ހާލަތުގެ ދަށުން ވަނީ މީގެ ކުރިން ތަންތަނަށް ގޮސްގެން ހޯދަންޖެހޭ ލިއެކިއުންތައް ހޯދުމުގައި އާއި، ބޭންކުތަކުން ހިދުމަތް ދިނުން އަދި ފައިސާ ދެއްކުން ފަދަ ކަންކަން އޮންލައިންކޮށް ކުރެވޭ ގޮތަށް ހަމަޖައްސައިފައެވެ.
މިފަދައިން ސަރުކާރުން ކަންކަން ކުރަމުން ދަނީ މި ދަނޑިވަޅުގައި ވެސް ދިރިއުމޅުމުގެ މުހިންމު ކަންކަން ކުރަން މަޖުބޫރުވާތީ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
އަސްލު މިޒަމާނުގެ ހުރިހާކަމެއް ފޯންމެދުވެރިކޮށް ވާންވާނެ. ރާއްޖެ މިއުޅެނީ އަދިވެސް 18ވަނަ ގަރުނުގައި.
ކޮބައިތޯ ލޮނުޒިޔާރަތްކޮޅު ޕާކު ޕުރޮޖެކުޓުން ދަވާލި ރުފިޔާތަށް..
މމިކަހަލަ ފެންނުވަރާ މީހުންނަށް ކޮން މޭޔރު ކަމެއް ކުރެވޭނީ.
އަދި މާ އަވަހެއްނު ފުރަބަންދުގައި ތިޔަ ޚިދްމަތް ތައާރަފްކުރަން. 4 ދުވަސް ދެން އޮތީ ފުރަބަންދު ނިމެން.