ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު މިއަދު ކުރި ޓްވީޓަކަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. މިއަދު އަލީ ރަމީޒު ކުރި ޓްވީޓެއްގައި ލިޔެފައި ވަނީ "އިންޝާﷲ 2023" އެވެ. އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.
2023 ވަނަ އަހަރަކީ ރާއްޖޭގައި ދެން އޮންނަ ރިޔާސީ އިންތިޚާބު ބާއްވާނެވެ. އަހަރެވެ. އަލީ ރަމީޒުގެ ޓްވީޓާއި އެކު ގިނަ ބަޔަކު މީސް މީޑިއާގައި ބުނެފައި ވަނީ އަލީ ރަމީޒު އެއިޝާރަތް ކުރަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކަމަށެވެ.
އަލީ ރަމީޒުގެ ޓްވީޓަކީ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރަން ނިންނިކަން ކަށަވަރު ކުރެވޭ ޓްވީޓެއް ނޫނެވެ. އަލީ ރަމީޒުގެ ޓްވީޓާއި ގުޅިގެން ބައެއް މީހުން އަލީ ރަމީޒު ވެރިކަމަށް ގެންނަން ތާއިދުކޮށް ޓްވީޓްތައް ކުރަމުން ގެންދިޔަ ނަމަވެސް އެޓްވީޓާއި ގުޅޭ ގޮތުން އަލީ ރަމީޒު އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ.
#2023 in sha Allah.
— Ali Rameez (@aliramyz) September 30, 2020
ފާއިތުވި އަހަރުތަކުގައި އިސްލާމްދީނުގެ ކަންކަމާއި މެދު މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒު ގެންދަނީ ރައީސް ޞާލިހްގެ ސަރުކާރަށް ފާޑުވިދާޅުވެ ވަރަށް ގިނައިން ވާހަކަދައްކަވަމުންނެވެ. ހާއްސަކޮށް އުތެމަ ޖަމިއްޔާ އާއި އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ކުރަމުން ނުގެންދާތީ އޭނާ ވަނީ އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލާ ވެސް އޭނާ އާއްމުކޮށް ޓްވީޓް ކުރެއެވެ.
2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާންކުރި ހަމައެކަނި ބޭފުޅަކީ އުމަރު ނަސީރެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ވެސް އުމަރު އިއުލާން ކުރިއެވެ. ނަމަވެސް ފަހުން އިންތިޚާބުގައި ވާދައެއް ނުކުރެއެވެ.
ސީދާޗޮކުންދާނީ.
2023 ގަ ހައްޖަށް ދާންވެގެންނޭ އެއީ.. ފުކެއްބޮޑުވަރު ދިވެހިންނަށްް
އިންޝާﷲ
އަލީ އެބުނީ މިލާދީނީ ސަރުކާރުގެ ކިބައިން 2023 ގައި ސަލާމަތްވާނޭ
ލަވަކިޔުންވެސް ރީތި...ދީނަށް ލޯބިކުރުމާ ދީން ކުރިއަރުވަން ކުރަމުންދާ މަސައްކަތްވެސް ރަގަޅު..އެކަމަކު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަކަށް ކަމަކުނުދޭ...ސަބަބު ލިޔުމުގެ ބޭނުމެނެތް..ވެރިކަމަކީ ކުޅޭ ކުޅިވަރެނޫން...ކޮއްމެގޮތެ ވަރިހަމަވެ ޓެސްޓުކުރަން ކޮއްމެ ފަސްއަހަރަކު އެއްފަހަރު ގައުމުގެ ވެރިކަން ލެބޯޓަރީއަށްލާއިގެން ނުކުންނަ ނަތީ ޖާ ރަގަޅުނުވާކަން ޔަގީންވާއިރު 2023ގެ އިންތިހާބު އަނެއް ފަސްއަހަރު ލެބޯޓްރީގަ ނުބޭއްވޭނެ...
މިހާރު މި އޮތް ހާލަށްވުރެ އުންމީދު ބޮޑު
އެމްޑީޕީގައި ނެތް އަލީ ރަމީޒަށް ވުރެ ކަންތައް ރަނގަޅަށް ކުރާނޭ ފަރާތެއް. ހުސްވަގުންނާއި ގޭންގު މީހުންނާއި ކޮރަޕްޓް މީހުންނާއި ލާދީނީން އެމްޑީޕީގައި އެއުޅެނީ.
ސިޔާސީ ގޮތުން ހޭބަލިވެފަ ހުއްޓަސް ބޮޑުވަރު.
މުރުޖީ
ޝަހީމް އާއި ދެމީހުން ލަވަ އަލްބަމެއް ނެރެނީތަ؟ ސިޔާސީ ބޭނުމަށް ދީން ބޭނުންކުރާ މީހުން.
ހުސް ދޮގު.... އަލީ ރަމީޒް ނުއުޅޭ ވެރިކަން ހޯދާކަށް.. . . ޝޭޙް ޝަހީމް ވެސް ދެނެއް ހިޔެއް ނުވޭ ވައިސް ޕްރެޒިޑެންޓަކަށް ވާނެ ހެނެއް..
އައްޗި ހަހަހ ނޯވޭ
"އިންޝާﷲ 2023" މިއީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކަމަށް ވާނީ %100 އަލީ ރަމީޒަށް ތާއީދު؛ ސަބަބީ މުޅި ގައުމު މިއޮތީ ޚިޔާނާތުގެ ފަސާދައިގާ މިހާރު ރާއްޖޭގެ މަޝްރަހުން ފެންނަ ސިޔާސީ ބޮޑުން ހުރިހާ ޕާރޓީ އަކަށް ނިސްބަތްވާހެން. ވީމާ މުޅިން އައުމީހުން ނުކުމެ ގައުމު ބިނާކޮށް އިސްލާމީ ޙަޟާރަތެއް މިމުސްލިމް ދިވެހި މި ގައުމުގައި ގާއިމުކޮށް އަންނަ ޖީލުތަކަށް އެކަން ވާރުތަކޮށްދޭންޖެހޭ. މިއީ އަދުގެ ހުރިހާ ރައްޔިތުންގެ އަމާޒަކަށް ހަދަންޖެހޭ މިއީ އަންނި، ވަހީދު، މައުމޫން، ސާލިހު އަދި ޔާމީނު އާއި އެފަރާތްތައް ނިސްބަތްވާ ސިޔާސީ ޕާރޓީ ތަކުގެ ތަނެއްނޫން. މުޅި ގައުމުމިދަނީ މި ޕާރޓީ ތަކާއި ހުރެ ޚަރާބުވަމުން.
މިހާރު މިހިރަ މީހާއަށް ވުރެ ޔަޤީނުންވެސް ރަގަޅުވާނެ.
އަލީ ރަމީޒު އެބުނީ އެބުނި ލަފުޒުގެ މާނައަކީ "އިންޝާﷲ" މިގައުމަށް ދެން ވެރިކަމަށް އަންނަ މީހަކު ނުވަތަ ބަޔަކު މިގައުމު ނުވިއްކާލާނެޔޭ! އަދި ދީނާއި ގައުމާއި ރައްޔަތުންނަށް ލޯބިވާ ހަމަހަމަ އިންސާފުވެރި ވެރިޔެއްކުއަންނޭނެކަމަށް އުންމީދުކުރާވާހަކަ!
މަ ތާއީދު.
ހެހެހ އައްޔާ ތިޔަކަމެއް ނުވާނެ ރިޝްވަތު ނުދީޔެއް އެއީ ދިވެހިން ބޭރުފުށަށް ދީންވެރި ވިއަސް އިންތިހާބުގަ ރިޝްވަތުގަ ނުހިފާ ދިވެއްސެއް މަދުވާނެ
މަ ދޭނަން ވޯޓު
2023 ޖަހާފަ އިންޝާ ﷲ މިފަދައިން ލިޔުނީމަ ރައްޔިތުންނަށް އޮޅޭނެ. އަލީ ރަމީޒުފަދަ ދީނީ އިލްމުވެރިއަކު އަދި ދީނަށް އުޅެން ރައްޔިތުްނނަށް ދައުވަތު ދެމުން އުޅޭ މީހަކު މިފަދަ ގޮތަކަށް ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ވާނުވާ ނޭނގޭ ގޮތަށް އަދި އެކަމާއި އިތުރު ބަހުސް ކުރެވޭ ގޮތަށް ވާހަކަ ފެތުރީމަ ގޯސް.ކަޑަ.ކޮބާ ދީން. ތިކިޔާ އެއްޗެއް ދިމާނުވޭ. ދެއްކުން ތެރިކަން ހައްދުން ނައްޓާފަ
އިންޝާﷲ ރ ޔާމީން 2023 ކާމިޔާބު ކުރައްވާނީ މީ 94000 މީހުން ގެ ހިތުގެ ވިންދުން ބުނާ އަޑު މިވަގުތު ގައުމު ހެޔޮމިސްރާބައް ހޭރިޔާ ކޮށްދެވޭނެ ހަމަ އެކަނި ލީޑަރު އިންޑިއާ ގެ އިސްތިއުމާރާ ދެކޮޅަށް އިގްތިސާދީ ބާރަކަށް ރަާއްޖެ ހެދޭނެ ޒުވާނުންގައިގާ ބިދޭސިން ތަޅަން ފުރުސަތުނުދީ ވަޒީފާ ކަށަވަރުކޮށްދީ ޝަރަފްވެރި ދިރިއުޅުމެއް ދައްކަދެވޭނެ .ރޭޕިޝްޓުން ހުއްޓުވާނެ ކުޑަކުދިންނަނަށް މަތިވެރި އަޚްލާގައް ހިތްވަރުދެއްވާނެ ރާއްޖޭގެ އެންމެ ދެރަ ނިކަމެތި މީހާ ޔަށްވެސް ބައިތުލްމަާލުން ހިއްސާ އެއް އޮންނާނެ ކަން ޔަގީންވާނެ މިކަންތައް ކުރެވޭނީ ހަމައެކަނި ރ ޔާމީން އަށް އަމްދަކުން މައޭ ތި ރ ޔާމީނަކަށްވެސް އިބޫ އަކަށްވެސް އަދި އެހެން މީހަކަށްވެސް ތާއީދު ކޮށް ނެއްޓެން ނޭގިގެނެއްނޫން މިއުޅެނީކީ ތެދު ގަބޫލު ކުރާތީ ހަގީގަތް ބުނެލީ މަށަކީ ސިޔާސީ ކަންތައްބަލާ އޮބްޒާވަރެއްވެސް ނޫން މުހިންމުވަނީ ދިވެހި ރައްޔިތު މީހަ
ޢެކަމަކުވާ، މީހަކު އަނގައިން ބަހެއް ބޭރުނުވެގެންތަ މިތިބެނީ، ހަަ ހިތައްއެރިހާއެއްޗެއް ސުރުހީގަ ޖަހަ ޖަހައިގެން މި ލިޔަނީ. ޙޭބަލިވިޔަސް ދެންމި ފުކެއްބޮޑުވަރު