އިއްޔެ އައްޑޫ އިން ހައްޔަރު ކުރި ކުރީގެ ގައުމީ ޓީމް ކުޅުންތެރިއާ ޝަމްވީލް ގާސިމް (ބޮންޑާ) ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ބަޮންޑާގެ ބަންދަށް ޖަހާފައި ވަނީ ފަސް ދުވަހެވެ.

ބޮންޑާ ހައްޔަރުކޮށްފައި ވަނީ، މަހަށް ގޮސް އައިތަނުން ބަނދަރު މަތިން އިއްޔެގެ ވަގުތެއްގައެވެ.

”ވަގުތު“ އަށް އެނގިފައިވާ ގޮތުން ބޮންޑާ ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ އަށް މަސްތުވާތަކެތި އެތެރެކުރަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފައި ވަނީ ބޮންޑާ ހައްޔަރު ކުރީ ކަނޑު މަތީގައި އިންޖީނު ހުއްޓިފައި އޮތް ލޯންޗެއް ކަފު ޖަހައިގެން ބަނދަރާއި ހަމައަށް ގެނެސްދިނުމުން ކަމަށެވެ.

ބޮންޑާގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، ބޮންޑާ އާއި މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

އެ މަސްތުވާތަކެތީގެ މައްސަލާގައި ބޮންޑާ ހިމެނޭހެން 14 މީހަކު ހައްޔަރު ކުރިއެވެ. އެ މީހުންގެ ބަންދުގެ މުއްދަތުވެސް ވަނީ ޖަހާފައެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މިހާތަނަށް 80 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ހައްޔަރު ކުރި 14 މީހުންގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ބޮޑެއްގެ ގޮތުގައި ފާހަގަކުރެވޭ ޢަބްދުﷲ އިބްރާހީމް (އަބުޗާ) އާއި ސ. ހިތަދޫ / ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ)ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސިނެކް

    ބޮންޑާ ގެފޯން ކޯލްގެ އަޑު ވަކީލަކަ އް އަދި ނޭގޭނެ
    މާ އަނގަ ދިޔާނުވޭ ވަކީލަކަސް ހެވެ އްނޫން

  2. Anonymous

    ހީލަތްތެރި މީހުންވެސް ދުނިޔޭގަ އުޅޭ، އެކަމަކު މިސަރުކާރުގަ މިތިބަ ހީލަތްތެރި ބަޔަކު މަނުދެކެން

    14
    5
    • އެމް މެމް ޕީ އާރު ސީ

      ލިބިފަ ހުރި ވަރުގިނަ ވީމަ ފެންނަ އެއްޗެހި ނުފެންނަ ކަމަށް ވެދާނެ

      އަބުދުއްރަޙީމް އުޅުނަސް ތިބޭފުޅާ އަށް ލަގްޒަރީ އެޕާރޓްމަންޓާއި ކާރު ލިބުނުތޯ

  3. Anonymous

    އެކުދިން މަހައްނިކުމެއުލެނިކޮއް ހޮވި އެއްޗެއީ .ލަފާވަނީ ކަތަރާންކަމައް